އިންޑިއާގެ 75 ވަނަ މިނިވަން ދުވަހުގެ ތަހުނިޔާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފޮނުއްވުމާ ގުޅިގެން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރައީސް ސޯލިހަށް ޝުކުރު ދަންނަވައިފިއެވެ.

އިންޑިއާގެ ރައީސް ރާމްނަތް ކޯވިންދް އަށާއި ބޮޑު ވަޒީރު ނަރެންދްރަ މޯދީއަށް ތަހުނިޔާ ފޮނުވައްމުން ރައީސް ސޯލިހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިންޑިއާގެ ސަގާފަތާއި އެއްބައިވަންތަކަން ދެމެހެއްޓުމުގެ މަސައްކަތް ކުރުމުގައި ދެމި އޮންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

މި ޓްވީޓަށް ޖަވާބުދެމުން މޯދީ ވަނީ ރައީސްއަށް ޝުކުރު ދަންނަވައިފައެވެ. އަދި ރާއްޖެއަކީ އިންޑިއާއާއި ކަނޑުގެ ގޮތުން ގުޅިފައިވާ ވަރަށް މުހިންމު އަވައްޓެރި ގައުމެއް ކަމަށް ވަނީ ވިދާޅުވެފައެވެ.

ރާއްޖެއަކީ ކާމިޔާބު، ހުރިހާ ފެސިލިޓީތަކެއް ގާއިމްވެފައިވާ ތަނަކަށް އިންޑޯ-ޕެސިފިކް ރީޖަން ހެދުމަށާއި، މި ރީޖަން އަކީ ރައްކާތެރިކަން ކަށަވަރު ކުރެވިފައިވާ ސަރަހައްދަކަށް ހެދުމަށް އިންޑިއާއާ އެކުގައި މަސައްކަތް ކުރަމުންދާ ބައިވެރިއެއްކަން ވެސް މޯދީ ކުރެއްވި ޓްވީޓްގައި ފާހަގަ ކުރައްވާފައިވެއެވެ.

މުޅި ދުނިޔޭ ހިސޯރު ކުރަމުން ދިޔަ އިނގިރޭސިންގެ އަތް ދަށުން އިންޑިއާއަށް މިނިވަންކަން ލިބުނީ 1947 ވަނަ އަހަރުއެވެ. ކޮންމެ އަހަރެއްގެވެސް މިނިވަން ދުވަސް ދަނީ އިންޑިއާގައި ވަރަށް ކުލަގަދަކޮށް ފާހަގަކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ހައްވަ

    ސުބްހާނަﷲ! މި ގައުމުގެ ޘަޤާފަތާ ދީނާ ވަޙްަދަތު އޮޔާލާފި! މީއަޅެ ގަމާރުވެ ވިކުނަސް ބޮޑުވަރު! ގައުމުދިރުވާލާގެން 2023ގައި ރައްޔިތުން ކުރިމަށްޗަށް ނައުން ރަނގަޅުވާނީ!

    17
    • Anonymous

      މުސްލިމުންގެ ޖައްލާދެއްގެ ފަސްބައިގަ އެލިގަނެގެން އުޅޭ ސަރުކާރެއް. ﷲ އިރާދަފުޅު ނިކަމެތިވެގެންވާ ހާލު މިނުބައި ބައިގަނޑު ނިމިގެން ދާނެ. އާމީން.

  2. ކައުންސެލަރު 🙌

    އިންޑިޔާ އައުޓް!

    17
  3. ރާއްޖެތެރެ

    އިބޫ ނޮހޮވޭނެ ދެނެއް އިންޝާﷲ

    11
  4. ނާސިރު ބުނިބަސް އެހިންތަ؟

    ރައްޖޭގަ އިންޑިޔާގެ ސަގާފައްތައް ދިރުވަން އިބޫ ސޯލިހު ތި އުޅުއްވަނީ. މީތި ކަޑައޭ

    11
  5. މިލިޓަރީ

    މީ ވަރައް ކަޑަ ސަރުކާރެއް ދިވެހިން ނުވިސްނާފިއްޔާ ޤައުމުގެ މިނިވަންކަން ގެއްލި އިންޑިޔާގެ ބާރުގެ ނުފޫޒުގެ ތަނަކައް ރައްޖެ ވެދާނެ

    11
  6. ޗޗޗޗޗޗ

    އެމްޑީޕީގަ އުޅެނީ ގަމަރުން. އިންޑިޔާ އައުޓް

    11
  7. މަޑަވެލި

    ރައްޖެ ދެކެ ލޯބިނުވާ އެމްޑީޕީ ސަރުކާރު އިސްތިއުފާ

    12