ރާއްޖޭގެ އަވަށްޓެހި ބައެއް ގައުމުތަކުން، ހާއްސަކޮށް އިންޑިއާއާއި ސްރީލަންކާގެ ކޮލެޖުތަކާއި ޔުނިވާސިޓީތަކުން ރާއްޖޭގެ ދަރިވަރުންނަށް މެޑިސިން ކިޔެވުމުގެ ފުރުސަތު މިހާރު އެއްވެސް ވަރަކަށް ނުލިބޭ ކަމަށް ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ސިއްހީ ދާއިރާ ހަރުދަނާކޮށް ސިއްހީ ގޮތުން އެހީތެރިކަން ހޯދުމަށް މެލޭސިއާގެ ކެބަންގްސާން ޔުނިވާސިޓީއާއި ހެލްތް މިނިސްޓްރީއާއި ދެމެދު މިއަދު ވެވުނު އެއްބަސްވުމަށް ފަހު ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ނާޒިމް ވިދާޅުވ،ީ ރާއްޖޭގައި އެންމެ ބޮޑަށް ކުރިއަރުވަން ޖެހޭ އެއް ދާއިރާއަކީ ސިއްހީ ދާއިރާ ކަމަށާއި ސިއްހީ ދާއިރާ ކުރިއެރުވުމަށް ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އެކަމަށް ބޭނުންވާ ފަންނީ މީހުން ބިނާކުރުމުގައި ހުރި ގޮންޖެހުންތަށް ކަމުގައެވެ.

އަދި މިހާރު ރާއްޖޭގެ އަވަށްޓެރި ބައެއް ގައުމުތަށް، ހާއްސަކޮށް އިންޑިއާއާއި ސްރީލަންކާއިން ރާއްޖޭގެ ދަރިވަރުންނަށް މެޑިސިން ކިޔެވުމުގެ ފުރުސަތު އެއްގޮތަކަށްވެސް ނުލިބޭ ކަމުގައި މިނިސްޓަރ ނާޒިމް ވިދާޅުވިއެވެ.

"ރާއްޖޭގެ އަވަށްޓެރި ބައެއް ގައުމުތަށް، ހާއްސަކޮށް އިންޑިއާއާއި ސްރީލަންކާއިން ރާއްޖޭގެ ދަރިވަރުންނަށް މެޑިސިން ކިޔެވުމުގެ ފުރުސަތު މިހާރު އެއްގޮތަކަށްވެސް ނުލިބެއޭ ބުނުމަކުން ދޮގަކަށް ނުވާނެ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެއީ އެތަންތާގައިވެސް ކިޔަވަން ތިބި ދަރިވަރުން ގިނަވުމުގެ ސަބަބުން، އެތަންތަނުގެ ޔުނިވާސިޓީތަކުން ފޮރިން ސްޓޫޑަންޓުންނަށް ޖާގަދިނުމުގައި ދަތިތަކެއް ހުރީމަ،" މިނިސްޓަރ ނާޒިމް ވިދާޅުވިއެވެ.