ހުއްދަ ނެތި ތަންތަނުގައި ފަތުރުވެރިން ބޭތިއްބުމަކީ ފަތުރުވެރިކަން ނޫން ކަމަށާއި އެއީ އިންސާނީ ވަގުފާރި ކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

މައުސޫމް ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިންސާނީ ވަގުފަރިއާއި ޓޫރިޒަމާ ވަރަށް ތަފާތު ކަމަށެވެ. ޓޫރިސްޓުން ބޭތިއްބުމުގެ ހުއްދަ ނެތް ތަންތަނުގައި އެމީހުން ބޭތިއްބުމަކީ އެއީ ޓޫރިޒަމެއްނޫން ކަމަށާއި، އެއީ އިންސާނީ ވަގުފާރި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ކަމާގުޅޭ އިދާރާތަކުން އެފަދަކަންތައްތައް ބަލައި ފިޔަވަޅު އަޅާނެކަމުގެ ޚަބަރު ލިބުމުން ކުޑަކޮން ހިތްހަމަޖެހުން ލިބުނު ކަމަށް އޭނާ ވިދާޅުވިއެވެ.

ހުއްދަ ނެތް ތަންތަނުގައި ފަތުރުވެރިންގެ ގޮތުގައި އަންނަ މީހުން ބައިތިއްބާކަމުގެ ގިނަ ޝަކުވާތަކެއް ވަނީ ކުރަން ފަށައިފައެވެ. އެނގިފައިވާ ގޮތުގައި ފަތުރުވެރިންގެ ގޮތުގައި އަންނަ ބައެއް މީހުން، މާލޭގެ ގެސްޓްހައުސްތަކާއި ހޮޓާތަކަށް ދިއުމުގެ ބަދަލުގައި މީހުން ދިރިއުޅޭ ގެތަކުގައި ވަނީ އުޅެން ފަށައިފައެވެ. އޭގެ ތެރޭގައި ގިނައީ އިންޑިއާ ފަތުރުވެރިން ކަމަށްވެއެވެ.

މިފަދަ ޝަކުވާތަކެއް ފުލުހުންނަށް ހުށަހަޅާފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. މި ޝަކުވާ ކަމާ ގުޅުންހުރި އިދާރާތަކާ ހިއްސާކޮށް އެ އިދާރާތަކާ ގުޅިގެން މިކަންކަން ހައްލުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން މިހާރު މިފަދަ ތަންތަން ބަލައި ފާސްކުރަން ފަށާފައިވާކަމުގެ މައުލޫމާތު ވެސް ދަނީ ލިބެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. Anonymous

    ފަތުރުވެރިން ބެއިތިއްބުމަށް ހުއްދަ ދޫކޮށްފައިނުވާ ތަންތަނުގައި މީހުން ބޭތިއްބުމަށް ތަންތަން ހޯދުމުގެ މަސަތްކަތުގައި އުޅެނީ ރާއްޖޭގައި އުޅޭ ބިދޭސީން ކަމީ އެންމެން ވެސް ދަންނަ ބޮޑު ސިއްރެއް. އަދި ކޮރަންޓީން ވާން ރާއްޖެ އަންނަ ބިދޭސީން ތިބުމަށް މިއުސޫލުން ރާއްޖޭގައި އުޅޭ ދަމަކަނޑާ ބިދޭސީން ތަންތަން ހޯދުމުން އެތަންތަނަށް ދައްކަން ޖެހޭ ފައިސާ ދޫކުރަނީ ޖެނީވާ ކޮންވެންޝަންގެ ދަށުން ރައްކާތެރިކަން ލިބިފައިވާ އިދާރާ އަކުން ކަމީ ވެސް އެންމެން ދަންނަ ބޮޑު ސިއްރެއް. ވީމާ ކަމުގެ ރޫޓް ކޯސް އަށް ވާސިލު ނުވެ މިކަމެއް ނުހުއްޓުވޭނެ. އިންސާނީ ވަގުފާރީގެ ނަމުގައި އަޅުވައި ތަންތަން ކުއްޔަށް ދޫކުރާ މީހާ ކުއްވެރިކުރުމުގެ ބަދަލުގައި ފައިސާ ދޫކުރާ ފަރާތަށް އެކަން އެގޮތަށް ނުކުރުމަށް ދަންނަވައިގެން ހައްލު ހޯދަން މަސައްކަތް ކުރުން ވެސް ބުއްދިވެރި. ކަމުގެ ހަޤީޤަތް އެނގިހުރި މީހެއްގެ ހައިސިއްޔަތުން މިވާހަކަ ލިޔެލީ.

    6
    1
  2. އައްޑޫ މީހާ

    ރާއްޖެއަށް އެތެރެވާ އިންޑިއާ ޓްއަރިސްޓުން މާލޭގެ ގެސްޓް ހައުސްތަކުގައި 24 ގަޑިއިރަށް 300 ރުފިޔާ ހޭދަކޮށްފަ ރާއްޖެއިން ފުރައިގެން ދަނީ އެއްވެސް ޓެކުހެއް ނުދައްކާ މައުސޫމުއަށް އެކަން ބެލޭތަ ކޮބާ އެއަރޕޯޓް ޓެކްސް ކޮބާ އެހެނިހެން ޓެކްސް މިގައުމަކީ ކޮރަޕްޓް ކަމުގެ އެންމެ މަތީ ގައުމު

  3. ބަބޫ

    މަހުލޫފް އެކުރީ ވަގުފާރިއޭ ދޯ ތިބުނީ

  4. މާމީ

    ރައްރަށުގެ އަތިރި މަތީގަ ވެސް ކަރަންޓީނުވާ އައިސްގެން އުޅޭ އިންޑިއާ މީހުން. މީތިބޭފުޅާ އައްނޭގިތޯ؟؟؟

  5. ކާފަބޭ2020

    މިއީ އަޅެފަހެޑޮކްޓަރކިޔާ ބުރާސްފައްޗެއްތަ! އެމީހުނަށްއެހީވީކީއްވެކަން ބުނެކިޔާލިޔެހެދީމަ ނޭގުމަކީ؟؟؟؟؟ އަވަހަށް މަހުލޫފަށްދައުވާކުރަންފޮނުވާފަ ރައީސަށްދަންނަވާ ކޮށީގައޮތްގިތެޔޮފުޅު ދެބަކަރި ވިހައިފިޔޭ😆😆😆😆😆😆

  6. ހުސޭނުބޭ

    ނ.މަނަދޫގަވެސް ވަރައްގިން ގެތަކުގަ އިންޑިޔާ ފަުރުވެރިން އެބަތިބި އެމީހުން ރަށުތެރޭގަވެސް އުޅޭ މާސްކްވެސް ނާޅާ މަނަދުއަކު ގެސްޓްހައުސް ނުހުރޭ