މެލޭޝިއާ އެމްބަސީގައި ވަޒީފާއެއް ނެތި ނަމަވެސް ވަޒީފާއެއް އޮތް ކަމުގެ ލިޔުމެއް ދިވެހި ސަރުކާރުން ޝައިހް އިލްޔާސް ހުސެއިނަށްދީ ޑިޕްލޮމެޓިކް ޕާސްޕޯޓެއް ދިން މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ހުށަހަޅައިފިއެވެ.

ކްލަބް ހައުސްގައި އޮތް ސެޝަނެއްގައި ބައިވެރިވެވަޑައިގެން އިލްޔާސް ވިދާޅުވެފައި ވަނީ އޭނާގެ ދަރިކަލުން މެލޭޝިޔާގައި ކިޔަވަން ހުންނާތީ މެލޭޝިއާގައި މަޑު ކުރުމަށް ވިސާ އެއް ހޯދަން އެދިގެން އެކަން ނުވެފައި އޮންނާތީ ދިވެހި ސަރުކާރުގެ ސަމާލުކަމަށް އެކަން ގެންނެވި ކަމަށެވެ.

މެލޭޝިޔާގެ އެމްބަސީގެ ވަޒީފާއެއްގައިވެސް ނުހުންނަ ކަމަށާއި ހަމައެކަނި ލިޔެކިޔުމުން ވަޒީފާއެއްގައި އޮންނަ ކަމަށް ޖަހާފައި އޮންނަނީ ޑިޕްލޮމެޓިކް ޕާސްޕޯޓާއި ވިސާ ހޯދުމަށް ކަމަށް އިލްޔާސް ވިދާޅުވިއެވެ. މިއާއެކު އެއީ ގާނޫނީ ކުށެއް ކަމަށް ސެޝަންގައި ތިބި ގިނަ ބަޔަކު ވެސް ފާހަގަކުރިއެވެ.

ޚާރިޖީ ގުޅުންތަކުގެ ކޮމިޓީގައި ވެސް އިންނަވާ ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެއްވެސް ފަރާތަކަށް ވިސާގެ ބޭނުމަކަށް ކަމަށް ބުނެ އުސޫލުން ބޭރުން ވަޒީފާ ދިނުމާއި ޑިޕްލޮމެޓިކް ޕާސްޕޯޓް ދިނުމަކީ ގާނޫނާ ޚިލާފު ކަމެއް ކަމަށެވެ.

"މި ކަން ހިނގާފައިވާ ގޮތެއް ބަލަން މިއަދު ވާނީ މަޖިލީހުގެ ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީއަށް ހުށަހަޅާފައި،" މެންބަރު އުޝާމް ވިދާޅުވިއެވެ.

ކްލަބްހައުސްގައި ކުރިމަތިވި ފާޑުކިޔުންތަކާއި ގުޅިގެން އެއްފަހަރު އިލްޔާސް ވިދާޅުވީ ބައެއް ފަރާތްތަކުން ސުވާލު އުފައްދަމުން ގެންދާތީ އޭނާ ޑިޕްލޮމެޓިކް ޕާސްޕޯޓް ދޫކޮށްލަން އެދިފައިވާނެ ކަމަށެވެ. އަނެއް ފަހަރު ވިދާޅުވީ ބައެއް ފަރާތްތަކުން ސުވާލު އުފައްދަމުން ގެންދާތީ ޑިޕްލޮމެޓިކް ޕާސްޕޯޓް ދޫކޮށްލަން އެދޭނެ ކަމަށެވެ.

މެލޭޝިއާގެ ގާނޫނުތައް ބުނާ ގޮތުން ތައުލީމް ހާސިލް ކުރަން ތިބޭ ކުދިންގެ މައިންބަފައިންނަށް ވިސާ ދޫކުރަނީ އެކުދިންގެ އުމުރުން 18 އަހަރު ނުފުރޭ ނަމައެވެ. 18 އަހަރު ފުރިފައިވާ ކުދިންނާއިއެކު ބެލެނިވެރިން އެގައުމުގައި މަޑުކުރާނަމަ ޖެހެނީ ވަޒީފާއެއް އަދާކުރާށެވެ. ވަޒީފާއެއް އަދާކުރާ ފަރާތްތަކަށް އެމްޕްލޯއީމެންޓް ވިސާ ލިބެއެވެ.

މި މައްސަލަ މިހާރު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ވެސް ވަނީ ހުށަހަޅައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ދިވެހިރައްޔިތުން

    އެއީ ވައްކަމާއި ޓެކުމާއި މަކަރާއި ހީލަތާއި ޚިޔާނާތް ހިމެނިގެންވާ ބޮޑު މައްސަލައެއް އަދި ނާޖާއިޒު ފައިދާ އެއް ހޯދުމަށް ދޮގު އިންތިހާ އަށް އޮތް ކަމެއް. ސާބިތު ކާފިއު ހެކި އެކަމުގައި އެހުރީ ފެނަން އިއުތިރާފުވެސް. ބޮޑު ފިރުނަ އުފައްދާ ބައަކަށް ތިހެރަގެންވެ ނިމެނީ-

    2
    1
  2. ކޮވިޑް

    އިސްލާމް ދީނުގާ ނުހައްޤު މަންފާ ހޯދުމާ ، އަމިއްލަ ނަފުސަށް އޮޅުވާލެވިގެން ގަސްތުގައި ނާޖާއިޒް ފައިދާ ނެގުމަކީ ކޮންކަހަލަ ކަމެއްކަން މި ޤައުމުގާ ޝޫހު ހެދިގެން އުޅޭ މީހަކު އަޅެ ޖަވާބު ދީބަލަ؟ މިހާރު ދެން ދީނީ ޢިލްމުވެރިން ގެ ތެރެއިން ކާކު ދައްކާވާހަކަ އެއް ގަބޫލު ކުރަންވީ؟ ދެރަ ކަންކަން.........

    2
    1
  3. ކިޔު

    ޖަހާ ރީތި، ނަލަ އެހެނަސް ކެހިވެރި ދަލެއްގައި ނުޖެހިވޭތޯ ޝޭޚް ބައްލަވަންވާނެ ނޫންތޯ؟! އަމުދުން ކަޅިބިއްފަރާތު ޖަހާފަ ހުންނަ ދަލެއްގައި ޖެހިއްޖެއްޔާ، އަންނަ ބިޔަ ރާޅުތަކާއި ގަދަ އޮއެވަރުގެ ސަބަބުން ދަލުގައި އޮޅި، ގަލުގައި ތެޅި ގޭނި ހަޅާކުވުމުގެ ބިރު ވ ބޮޑުވެދާނެ ކަމަށް ބައެއްމީހުން ދެކޭ.

  4. އަޙުމަދު

    ދެލޯކޮޅު މީނަވެސް މިހިރީ ކޮރަޕްޝަންގެ ބޮޑު ޖަރީމާއެއް ހިންގާފައި ދޯ.. ޝައިޚް ، ސައި ޚު، ސޭހު، ސޭކު....

    2
    1
  5. Anonymous

    އިލްޔާސް އެއްވެސް މަސަތްކަތެއްނުކޮއް ދިރިއުޅުއްވާގޮތެއް ބައްލަވައިދެއްވުން އެދެން

    1
    1
  6. އުސާމް

    ވަރަށް ބަރާބަރު

  7. ޅަވިޔަނި

    އެމްޑީޕީގެ އަވާމެންދުރުން ވަރަށް ރަނގަޅަށް ދަލުގައި ތިޔަ އޮތީ ބަނދެވިފައި ޝައިޚް. ދޮގާ ހީލަތާ މަކަރާ ދީނާ އަޚްލާާޤިއްޔާތެއް ނެތް ޕާޓީއެއް ގެ އިސްވެރިންނާއިއެކު ޝައިޚްގެ އަގުވެސް ބިމާ މޮޑެވުނީ! އެމްޑީޕީއަކީ އެމްޑީޕީ! ހަލާކުވެެފައި ހުރި މީހެއް ހުރީ ހުންގާނުގައި! ދެން އޮޑި ދަތުރުކުރާނީ ކިތަންމެ މޮޅު ފަޅުވެރިިންތިއްބަސް ހުޅަނގަށް! 2023 ގެ ކުރިން ސަރ މެންވެސް ކަފުން ކުރާނެ! އެއީ އާޚިރުގެ ނަތީޖާ!

  8. ބެއްޔާ

    މަސްއޮޑި

    9
    1
  9. ކޮމެންޓު

    ސޭޚަށް ނޭންގެ އަމިއްލަ އަށް ސޯޓޫ ބޭލޭ އިރުވެސް. އަދިވެސް ތިމާވަރު މީހެއް ނެތިގެން އިންޓަވިއުދީ. މިފެންވަރު މީހުން ގައުމާއި ދީނުގެ ކަންކަމަށް ބަސްބުނަން މިއުޅެނީ.

    18
    2
  10. ނަނީ

    ތިޔައީ ސިޔާސީ މީހެއް މިހާރު އެއްވެސް އަގެއް ހުރި މީހެއްނޫން

    14
    2
    • ބިންގޯ

      އިލިޔާސޫ. ބަލަ ރިސްވަތާ ބެހޭގޮތުން މޮޅު ތަގުރީރެއް ލިޔެފަ ރައީސް އަށް ފޮނުވަބަލަ.

  11. ޑަރޯގާ

    އަދި އުޅޭނެ މިއާާޖެހުނު ޝޭޚެއް. ލާދީނީ ބައިގަނޑު ދިފާޢު ކުރާޝޭޚު ހުސެން ރަޝީދު. އޭނާއަށްވެސް ހުންނާނީ ޑިޕްލޮމެޓިކް އިމުނިޓީ ދީފަކަން ޔަގީން.