އއ. ހިމަންދޫ ސިއްހީ މަރުކަޒުގައި ބަލި މީހުން އުފުލަން ގެންގުޅޭ އެމްބިއުލާންސް ހަލާކުވެއްޖެއެވެ.

އެ ރަށު ސިއްހީ މަރުކަޒުން ބުނީ އެމްބިއުލާންސް ހަލާކުވެގެން މިހާރު ބަލި މީހުން އުފުލަނީ ބަގީއެއްގައި ކަމަށެވެ. ބަގީ ހަދިޔާކޮށްފައިވަނީ ހިމަންދޫގެ އަމިއްލަ ފަރާތަކުންނެވެ. އެމްބިއުލާންސް އަށް ދިމާވި މައްސަލައެއް ނުބުނެއެވެ. މޭމަހުގެ ތިނަކުން ފެށިގެން ހިމަންދޫ އޮތީ މޮނިޓަރިންއަށް ލާފައެވެ.

މިއީ ރާއްޖޭގެ ސިއްހީ މަރުކަޒުތަކުގެ އަބަދުމެ ހާލެވެ. އެމްބިއުލާންސެއް ހަލަކުވެއްޖެއްޔާ އިތުރު އެމްބިއުލާންސްއެއް ލިބެން ނުވަތަ މަރާމަތަށްވެސް އެތަކެއް ދުވަހެއް ނަގައެެވެ.

ކޮވިޑްގެ ބަލިމަޑުކަމުގެ ހާލަތުގައި މިފަދަ މައްސަލަތައް ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ.

އެގޮތުން ދާދި ފަހުން ގދ. ނަޑެއްލާގައި އެމްބިއުލާންސް ހަލާކުވެގެން ބަލި މީހާ ގޯންޏެއްގައި އުފުލި މަންޒަރު ފެންނަ ފޮޓޯތަކެެއް މީސް މީޑިއާގައި ދައުރުވިއެވެ. އަދި އޭގެ ފަހުން އެރަށަަށް ގެންދިޔަ އެމްބިއުލާންސްގައިވެސް މައްސަލަތަކެއް ދިމާވެ ބަލި މީހަކު ރަަށު ޕިކަޕްގައި އުފުލާފައިވެެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ްއަލިބެ

    އެކަމަކުވެސް މި ތިބެނީ ހެލްތް މިނިސްޓަރ ނަސީމުވަރެއް ނެތިފަ

  2. ރަން ރީނދޫ

    ގައުމު މިއޮތް ކުރިއަރަނީ ހައިރާން ވާހާ ބާރު ސްޕީޑްގަ.