ރާއްޖޭގެ ބާޒާރުގައި ވިއްކާ ކަނޑުމަހުގެ ބައެއް ބާވަތްތައް އޭގެ ރަތް ކުލަ ހިފެހެއްޓުމަށްޓަކައި ކާބަން މޮނޮކްސައިޑް ޓްރީޓް ކޮށްގެން ލޭބަލްގައި އެ މައުލޫމާތު ނުހިމަނާ ވިއްކަމުން ދާ މައްސަލައެއް ފެންމަތިވެއްޖެއެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން ބުނީ، އެ އޮތޯރިޓީން ނެގި ސުންކުން އެކަން ކަށަވަރު ކުރެވިފައިވާ ކަމަށެވެ.
އެމްއެފްޑީއޭއިން ބުނީ، ކާބަން މޮނޮކްސައިޑް ޓްރީޓްމަންޓް ދިނުމުން ކަނޑުމަހުގެ ބާވަތްތަކަށް ގެނެސްދޭ ތާޒާ ރަތްކުލައަކީ ރޯ މަހުގެ ތާޒާކަން ގެއްލުނަސް އެކުލަ ބަދަލުނުވާ ކުލައެއް ކަމަށެވެ. އަދި ރޯމަހުގެ ކުލައަކީ އޭގެ ތާޒާކަން ބެލުމަށް ބަލާ އެއްމިންގަނޑު ކަމުން، ކާބަން މޮނޮކްސައިޑުން ޓްރީޓް ކުރުމަކީ މަހުގެ އަސްލު ކުލަ ފޮރުވި ގަންނަފަރާތަށް އޭގެ ތާޒާކަން އޮޅޭނެ ފުރުސަތު އޮތް ކަމެއް ކަމަށްވެސް އެމްއެފްޑީއޭއިން ބުނެފައި ވެއެވެ.
އެހެންކަމުން މަސް ވިއްކާ އަދި ގަންނަ ފަރާތްތަކުން މިކަމަށް ސަމާލުވުމަށް އެމްއެފްޑީއޭ އިން ވަނީ އަންގާފައެވެ.
އަދި މިފަދަ އުފެއްދުން ވިއްކަން ހުރިނަމަ ނުވަތަ ޝައްކުވާނަމަ އެ އޮތޯރިޓީގެ ވައިބަރ ނަންބަރު 7603204 އަށް ފޮޓޯއާއެކު މައުލޫމާތު ހިއްސާ ކުރުމަށް އެދިފައި ވެއެވެ.
އަޖައިބު ހީވޭ ތި މޮނޮކް އެއްކޮއްފަ ހުންނަކަން އާންނު މީހާ ކިހިނއެއް ދެނެގަންނާނީ
ކަނޑުމަހުގެ ބާވަތްތަކަކީ ކޮބާޔޯ؟ ކޮންތާކުން ވިއްކަން ހުރި ބާވަތަކުން ނެގި ސުންކެކޯ؟ ކީއްވެބާ ތަފްސީލު ނުކޮށް ސުންކުނެގީމޭ އެބަހުއްޓޭ މޮ ނޮކޮކްސައިޑޭ ބުނެ ނިންމާލީ! އަނގަ ބިޑިއަޅުވާ ވަރުގެ ވަރު ގަދަ ޝަހުސަކީތަ؟؟
ނުވިތާކަށް ރަތްކުލައިގެ ކާކުލަވެސް އަޅާ...ބަންގާޅު ކުދިން
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން ބުނީ، އެ އޮތޯރިޓީން ނެގި ސުންކުން އެކަން ކަށަވަރު ކުރެވިފައިވާ ކަމަށެވެ.
ކޮންތާކުން ހޯދިމައްތޯ އެވެ؟
އެމް.އެފް.ޑީ.އޭ އިން ކީއްވެ ތިޔަފަދަކަންތައް ކުރާފަރާތްތައް ހާމަނުކުރަނީ..ތިއީ ކިހާބޮޑު އޮޅުވާލުމެއް އަދި ކިހާ ނުރައްކާތެރި ކަމެއް..ތިކަންތައްތިގޮތައް ކުރާފަރާތްތަކާމެދު ސަރުކާރުން ވަގުތުން ފިޔަވަޅުއާ އެއީ ކޮން ފަރާތެއްކަން ހާމަކުރުމައް ގޮވާލަން...
ދެން އެހެން ޕެކްކޮށްގެން ވިއްކަނީ ކޮންބައެއްކަން ބުނީމަދޯ އިންގޭނީ ނުގަންނަން
އާނމުކޮށް ކަންނެލި ހުންނާނީ ތިޔާބުނާ ގޮތައް ހަދާފަ. ބަޱް ނެވާ އިން މޯޑސް، ކުރިން ލަންކާ އައް އެތެރެކޮއްފަ ޔޫރަޕް ގެ މާރުކޭޱުގަ މަހުގެ އަގު މައްޗައް ޖައްސަން ކޮށް އުޅުނު ކަމެއް.
ދަނެ ގަންނާނެ ގޮތްކިޔާނުދީ ސަމާލުވާނެ ގޮތެއްނޭގެ؟
ގުުޫގުލް އިޓް
ޚޮބާހ ކާބަކާބަން މޮނޮކް