އިންތިހާބަށް އެމްޑީޕީންް ކެމްޕޭން ކުރާނެ އެއްވެސް ފުރުސަތެއް ނުލިބޭ ކަމަށާއި އެކަން ކުރުމަށް ލިބިފައި އޮތީ ހަމައެކަނި އެ ޕާޓީގެ ހަރުގޭގެ ހަތަރު ފާރުން އެތެރެ ކަމަށް އެމްޑީޕީން މިއަދު ބުނެފި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އަލީ ނިޔާޒު ވިދާޅުވީ އިންތިހާބު ބޯމަތިވެ، ސަރުކާރުން ފޯރިއާއެކު ކެމްޕޭން ކުރި ނަމަވެސް އެމްޑީޕީއަށް އެ ފުރުސަތު ނެތް ކަމަށެވެ.

"ކެމްޕެއިން ކުރަން، ހަރުގޭގެ ޕޭވްމަންޓާ ހަމައަށް ވެސް އެ ޕާޓީގެ މެމްބަރުންނަށް ބޭރަށް ނުނިކުމެވޭ. މަގުމައްޗަށް ނިކުތަސް ޓްރެފިކަށް އުނދަގޫވޭ. ނޫނީ ކޮންމެވެސް ގާނޫނަކާ އެބަ ހިލާފުވޭ. " ނިޔާޒް ވިދާޅުވި އެވެ.

ނިޔާޒު ވިދާޅުވީ ބައްދަލުވުންތަކުގައި އިލެކްޝަންސް ކޮމިޝަނުން ވާހަކަ ދައްކަނީ ވަރަށް ރީތިކޮށް ކަމަށާއި އެކަމަކު، ބައްދަލުވުން ނިންމައި ނިކުންނަ ހިސާބުން އަމަލުތައް ހުންނަނީ އެއާ އިދިކޮޅަށް ކަމަށެވެ.

"އީސީން އެ ތަންފީޒު ކުރަނީ ކޮންތަނަކުން އަންނަ އަމުރުތަކެއްތޯ. އީސީގެ ރައީސް އަހުމަދު ޝަރީފް ފޯނު ނަންގަވާނެ. އެޕޮއިންޓްމެންޓް ވެސް ދެއްވާނެ. އެކަމަކު ދައްކަވާ ވާހަކައެއްގެ ނަތީޖާއެއް ނުނިކުންނާނެ " ނިޔާޒު ވިދާޅުވިއެވެ.

ނިޔާޒު ވިދާޅުވީ އިންތިހާބާ ދެމެދު އޮތީ ވަރަށް މަދު ދުވަސްކޮޅެއް ކަމަށާއި އެހެންވެ، ކެމްޕޭން ކުރުމަށް ހުރި ދަތިތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރަން އަދިވެސް ބޭނުންވެ ވަޑައިގަންނަވާ ކަމަށެވެ.

" އަޅުގަނޑުމެންނަށް އެނގޭ އީސީއަށް ކުރިމަތިވެފައިވާ ނުފޫޒުތައް. އެހެންވެ، ފުލުހުންނަށާއި އީސީއަށް ވެސް ދަންނަވަން ނުފޫޒުތަކުން އެއްކިބާވެ ރައްޔިތުންނަށް ހިދުމަތް ކުރުމަށް،" ނިޔާޒް ވިދާޅުވި އެވެ.

ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިން މެނޭޖަރު މުހައްމަދު އަސްލަމް ވިދާޅުވީ އެމްޑީޕީން ކުރިއަށް ގެންދާ ހަރަކާތްތަކަކީ ގަނޫނާ އެއްގޮތަށް ކުރިއަށް ގެންދާ ސުލްހަވެރި ސިޔާސީ ހަރަކާތްތަކަކަށް ވާއިރު އެ ހަރަކާތްތައް ހުއްޓުވަން ޖެހޭ ސަބަބެއް ކަމަށް ދެކެނީ ރައީސް ޔާމީންގެ ނުފޫޒުން ފުލުހުންނަށް އެކަން އެގޮތަށް ކުރުމަށް ލަފާދޭތީ ކަމަށެވެ.

މިދިޔަ ހަފުތާގައި އެމްޑީޕީން ބާއްވަން އުޅުނު ދުވުމަކަށް ވެސް ފުލުހުން ހުރަސްއަޅައި އެ ޕާޓީގެ އިސް ބޭފުޅުންތަކެއް ހައްޔަރުކުރި އެވެ. އަދި ޕޯސްޓަރު ހިއްޕަން އުޅުމުން، ފުލުހުން ވަނީ އެކަން ވެސް ހުއްޓުވައިފަ އެވެ.
އެމްޑީޕީން ވަނީ ރިޔާސީ އިންތިހާބަށް އީސީން އެކުލަވާލާފައިވާ ގައުމީ ލަފާ ދޭ ކޮމެޓީގެ ބައްދަލުވުންތައް ވެސް، މިކަމާ ގުޅިގެން ބޮއިކޮޓްކޮށްފަ އެވެ.

އިލެކްޝަންސް ކޮމިޝަނުން ތަކުރާރުކޮށް ބުނަމުން އަންނަ ގޮތުގައި، ސެޕްޓެމްބަރު 23 ގައި، އޮންނަ ރިޔާސީ އިންތިޚާބަކީ މިނިވަން، އިންސާފުވެރި އިންތިޚާބަކަށް ވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ޙަމެ

    ކަލޭމެން ކާކައްހޭ ތި ކެމްޕެއިން ތިކުރަނީ. ކުއްވެރި އަކައްތަ އެހެން ވިއްޔާ ޕޭމަންޓް ކީއްކުރަން ހަރުގޭގަ ވެސް ކެމްޕޭން ކުރެވިގެން ނުވާނެ

  2. ދަރުހޮވާ

    ކޮބާ ތަމެން ރަންރީނދޫ ޓްވިޓަރޭ މެން އެންމެ ފަހުން ސައިޒުން ކަނޑާ ތިރިއަރުވާލަނީ ކަން މިހާރު ތަމެންނަށް އިނގެންވާނެ ނޫންތޭ ތަމެން ދެން ބޮޑު ތަނުން ކޯއްޗެއްތޭ ބަލި ކުރާނީ ތަމެން ދެން ރިޔާސީ ކެންޑިޑޭޓް ނެރުން ހުއްޓާލާ ކަޅު ކަނޑިކި އަނދެގެން ދަގަ ވަލަށް ދަރުހޮވަން ދަގަ ދަގަ ދަގަ ދަރުހޮވަން ދަރުހޮވާ ދޯ.

    • ލޮލީ

      ދަގަ ކޮޔާ ދަގަ...

  3. ދަލޭކަ

    ގައިދީގެ ޕޯސްޓަރު ނުހިއްޕާ އަސްލަމްގެ ޕޯސްޓަރު ހިއްޕަބަލަ. މާރީތިވެސްވާނެ. ވީދާނުލާ ބަލަންވެސް ތިބޭނަން.

  4. ޝަރފު

    އެމްޑީޕީއޮތް ނަމަ އޮތް ހުރަހަކީ ޤާނޫނު ތަކާއި ގަވާޢިދުތައް. ދެން އުފެދޭ ސުވާލަކީ އެއްވެސް ގައުމެއްގަ ޤާނޫނުތަކާއު ގަވާޢިދުތަކާ އުސޫލުތައް މުގުރާލާފަ ވެރިކަން ކުރެވިދާނެތޯ. ނުވާނެ ދެއްތޯ. މިހާތަނަށް އެމްޑީޕީން ޚިޔާރު ކޮށްފަ އޮތީ ގާނޫނަށް ގޮންޖެހުން. ހުއްޓުވާފަ އޮތީ ޤާނޫނާ ޚިލާފަށް ހިންގަން އުޅުނު ކަންކަން. ސުލްޙަވެރިކޮށް ޢާންމުންނަށް އުދަގޫ ވެވިދާނެތޯ. މަގުމަތި ބޭނުންކުރާ ދުއްވާ އުޅަދުތަކަށް ދަތިވާގޮތަށް މަގު ބޭނުން ކުރެވޭތޯ. މީހުންގެ އަބުރަށް އަރާ ގަނެވިދާނެތޯ. މިފަދަ ޢަމަލުތައް ހުއްޓުވާނެ. އެއީ ހުރަސް އެޅުމެއް ނޫން.
    މިފަދަ ކޮންމެ ކަމަކުން އެގި ހާމަވަނީ އެމްޑީޕީ އަކީ ސިޔާސީ ގޭންގެއްކަން. ރައްޔިތުންނަށް ހެވާ ލާބައަށް މަސައްކަތްކުރާ ފަރާތެއް ރައްޔިތުން ހަލާކުގެ ތެރެއަށް ވައްޓާނުލާނެ. އެމީހުނަށް ދެރަވާފަދަ ކަންކަމެއް ނުކުރާނެ.
    އެއްވެސް މީހަކު އެމްޑީޕީ އަށް ވޯޓް ނުދޭތި. ޖޭޕީއަށް އެއްމެން މިފަހަރު ވޯޓް ދެއްވާ.

  5. ރަނދަ

    ޤާނޫނާ އެއްގޮތަށް މިއަށްވުރެ އިންސާފުކޮށް ކަންކަން ކުރާ ސަރުކާރެއް ނެތް.

  6. ކޮސްލަމް

    ކަލޭމެން ކޮންކެމްޕޭނެްނެއް ކުރަންއޮތީ؟ ރާއްޖޭގެ ރއްޔިތުން އުޅެނީ ކަލޭމެންގެ ދުއްޕާނުން ސަލާމަތްނުވެގެން...ތި އުޅެނީ ކަލޭމެންކަހަލަ ބުރާންޗީންގެ 3ން 4ރު ކަލްޓް ބުރާނތިން..ކަލޭމެންޖެހެނީ އަސްލު ހައްޔަރުކުރަން..އިތުރުގޮތެއްނޫން ވާންޖެހެނީ..!

  7. Anonymous

    ޢެންމެ އިންޗިއެއްވެސް ނުދޭތި

  8. ބުރުމާ

    އެމް.ޑީ.ޕީ އަށް ފުރުޞަތު އެބައޮތް، އެކަމަކު ޖަރީމާ ހިންގަން ފުރުޞަތެއް ދެން ދިވެހިރައްޔިތުން ނުދޭނެ، ތިއުޅެމީ ޖަރީމާ ރައީސޭ ކިޔައިގެން ޖަރީމާ ހިންގަން އެކަމެއް ނުވާނެ

  9. މަލަކުރި

    ގައުމެއްގައި ހިންގަން ހެދޭ އެންމެހާ ގާނޫނުތަކާއި ޤަވާޢިދުތައް ހުންނަންޖެހޭނީ ތިމާއަށް އެކަމެއް ލިބިގަތުމަށް އެދޭފަދަައިން އަނެއް މީހާއަށް އެކަން ވުމަށް އެދެވޭގޮތަށް ، މި ހަމަޔަށް އިންކާރުކުރާ އަދި މިނޫންގޮތްގޮތަށް އަމަލު ކުރާމީހުންނަކީ، އީމާންކަން ފުރިހަމަ ނުވާމީހުން.

    "މި ގައުމުގައި މިހާރު އިޖުތިމާޢީ އަދާލަތު ގެއްލި ނިމިއްޖެ" މިއީ ބިރުވެރިކަމެއް