ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް އުފުލާފައިވާ ޝަހްސު އޮޅުވާލުމުގެ ދައުވާގެ ހުކުމް މިރޭ އިއްވުމަށް ނިންމައިފިއެވެ.

މި ދައުވާ ފާރިސްގެ މައްޗަށް އުފުލާފައިވަނީ ޕީޕީއެމްގެ ދިދައާއި ލޯގޯ ގަވާއިދާއި ހިލާފަށް ބޭނުން ކުރި ކަމަށް ބުނެއެވެ.

މި މައްސަލައިގައި މިއަދު ހެނދުނު ބޭއްވި އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ހުލާސާ ބަޔާން އިއްވާފައިވާއިރު މިއަދު ހަވީރު 17:00 ގައި ފެށި ޝަރީއަތުގެ އަޑުއެހުމުގައި ފާރިސްގެ ފަރާތުން ވަނީ ހުލާސާ ބަޔާން އިއްވާފައެވެ.

ހުލާސާ ބަޔާން އިއްވުމަށް ބޭއްވި އަޑު އެހުމުގައި ފާރިސް މަޢުމޫންގެ ވަކީލު މަޢުމޫން ހަމީދު ވިދާޅުވީ، ހުލާސާ ބަޔާން އިއްވުމުގެ ކުރިން ފާރިސް މަޢުމޫނާ ބައްދަލު ކުރުމަށް ވަގުތު ދިނުމުގެ ގޮތުން ފަސް ގަޑިއެއްހާއިރުގެ ވަގުތު ދިނުމުގެ ގޮތުން ހުލާސާ ބަޔާން އިއްވުން ހަވީރަށް ފަސްކޮށްދެއްވި ނަމަވެސް އެ ފުރުޞަތަށް ކަރެކްޝަންސް އިން ހުރަސް އަޅާފައިވާ ކަމަށެވެ.

ފާރިސް މަޢުމޫނާ ބައްދަލު ކުރުމަށް ކަރެކްޝަންސް އިން ހުރަސް އެޅުމުގެ ގޮތުން އެހެން މައްސަލައެއްގެ ވަކީލުންގެ ބައްދަލުވުމެއް މާފުށީގައި އޮތްކަމަށް ބުނެ އެ ވަގުތުގެ ތެރޭގައި ފާރިސް މާފުއްޓަށް ގެންގޮސްފައިވާ ކަމަށާއި، ގެންގޮސް އެ ބައްދަލުވުންވެސް ދީފައި ނުވާ ކަމަށް މައުމޫން ވިދާޅުވިއެވެ.

ހަވީރުގެ ޝަރީއަތް ފެށުމުންވެސް މަޢުމޫން ހަމީދު ވިދާޅުވީ، ކަރެކްޝަންސް އިން ގަސްތުގައި ފާރިސް މަޢުމޫންގެ ހައްޤުތަކަށް އަރަގަނެފައިވާ ކަމަށާއި، އެކަމުގެ ސަބަބުން ގެއްލިގެންދަނީ ފާރިސްގެ ހައްޤުތަކެއް ކަމަށްވާތީ ހުލާސާ ބަޔާން އިއްވުމުގެ އަޑުއެހުން ފަސްކޮށްދެއްވުން އެދޭ ކަމަށެވެ. އަދި ފާޅުގައި ހައްޤުތަކަށް އަރައިގަންނަމުންދާތީ، ކަރެކްޝަންސްގެ މައްޗަށް ފިޔަވަޅު އަޅައިދިނުމަށް އެދޭކަމަށްވެސް މަޢުމޫން ހަމީދު ވިދާޅުވިއެވެ.

ހުލާސާ ބަޔާން އިއްވުން ފަސް ކޮށްދިނުމަށް ފާރިސްގެ ވަކީލުން އެދިލެއްވި ނަމަވެސް ގާޒީ ވިދާޅުވީ، ހުލާސާ ބަޔާން އިއްވުން ފަސްކޮށްދެވެން ނެތް ކަމަށެވެ. އެހެންކަމުން ފާރިސްގެ ފަރާތުން ހަވީރު ވަނީ ހުލާސާ ބަޔާން އިއްވާ ނިންމާފައެވެ.

އަޙްމަދު ފާރިސް މަޢޫމޫން ޖިނާއީ ކުށަކަށް އަރައިގެންފައި ނުވާކަން ޝައްކެއްނެތް މިންވަރަށް ސާބިތުކޮށްދެވިފައިވާ ކަމަށާއި، މި ދައުވާއަކީ ކުރިއަށް ނުގެންދެވޭނެ ދައުވާއެއްކަމަށްވެސް ފާރިސްގެ ވަކީލުން މިރޭގެ ޝަރީއަތުގައި ވިދާޅުވިއެވެ. އަދި މި މައްސަލައިގައި ފާރިސްގެ މައްޗަށް ކުށް ސާބިތުވާކަމަށް ހުކުމް ކޮށްފިނަމަ ސިޔާސީ ޕާޓީތަކުގެ ޤާނޫނުގެ ބާރު ކަނޑުވާލެވިގެންދާނެ ކަމަށްވެސް މަޢުމޫން ހަމީދު ވިދާޅުވިއެވެ.

ނަމަވެސް އަޑު އެހުން ނިންމަވާލައްވަމުން ގާޒީ ވިދާޅުވީ، މި މައްސަލައިގައި ހުކުމް އިއްވުން މިރޭ 08:30 ގައި ކްރިމިނަލް ކޯޓުގައި އޮންނާނެ ކަމަށެވެ.

މި މައްސަލައިގެ އިތުރުން ފާރިސްގެ މައްޗަށް ވަނީ ޓެރަރިޒަމްގެ ދައުވާ ވެސް އުފުލާފައެވެ. އެ ދައުވާ އުފުލާފައިވަނީ 2013 ވަނަ އަހަރުން ފެށިގެން ފަނޑިޔާރުންނާއި މަޖިލިސް މެންބަރުންނަށް ރިޝްވަތު ދީގެން ސަރުކާރު ވައްޓާލަން އުޅުމާއި ސުޕްރީމް ކޯޓުގެ އަމުރު ނެރުމުގައި ބައިވެރިވި ކަމަށް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އިނގޭދޯ

    ކޮބާ ރަންރީނދޫ ޓްވިޓަރޭ ދަ ބަތާހަރާމީ ދަހަރާމްކޯރޭ ދަ ބަނޑު ދޮންނައޭ ދަ ވޯޓްވަގޭ ރާކަނި މަސްކެވުނުތޭ މިތާނގައިވަމުން ދާ އެެއްޗެއް އެެއީ ކޯއްޗެއް ކަން ތަމެންނަށް އިނގޭތޭ އިނގޭދޯ، އިނގޭތޭ އިނގޭދޯ، އިނގޭތޭ އިނގޭދޯ، އިނގޭތޭ އިނގޭދޯ، އިނގޭތޭ އިނގޭދޯ، އިނގޭތޭ އިނގޭދޯ، ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް.

  2. ބައްޕާފުޅު

    ދަރިފުޅު ތިޔަގޮޅިއަށް ފެއްތީ ބައްޕާފުޅު ފިޔަވާ ދެވަނަ މީހެއްނޫން. ދެވަނައަތެއްވާނަމަ އެއީ ނަސީދު.

  3. ބުރުހާނުއްދީން

    ކިހާވަރެއްޖަހާލާނެބާ؟

  4. ޙަމި

    ޙުކުމް ވރަށް ސާފް ، ކުށް ސާބިތު ވާނީ ލިޔެފަ އިން ގޮތަށް ، ތިއީ ރައްޔިތުންނަށް އޮޅިފަ އޮތް ކަމެއް ނޫން މާކުރިން އާރަށުގައި ހުކުމް އޮތީ ލިޔެވިފަ