މަރާލުމަށް ފަހު ފޮއްޓަކަށް ލާފައި އެއްލާލާފައި އޮއްވާ ފެނުނު 13 އަހަރު ކުއްޖާގެ މައްސަލައިގެ ޝަރީއަތް އަވަސް ކުރެވިއްޖެނަމަ މި މައްސަލަ ސާބިތު ކުރުމުގެ ރަނގަޅު ފުރުސަތެެއް އެބަ އޮތް ކަަމށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

އެ ކުއްޖާގެ ޕޯސްޓްމޯޓަމް އިންޑިއާގައި ހެދީ ޖުލައި މަހުގެ 10 ވަނަ ދުވަހު އެވެ. އާއްމު ގޮތެއްގައި ޕޯސްޓްމޯޓަމްގެ ޕްރެލިމިނަރީ ރިޕޯޓް ޕޯސްޓްމޯޓަމް ހަދާތާ 48 ގަޑިއިރުގެ ތެރޭގައި ލިބެއެވެ. ނަމަވެސް ހަށިގަނޑު އިންފެކްޝަން ވެފައި އޮތްނަމަ ރިޕޯޓް ލިބުން ލަސްވެއެވެ. ޕޯސްޓްމޯޓަމްގެ ފައިނަލް ރިޕޯޓް ލިބެން އާއްމު ގޮތެއްގައި 14 ދުވަހާއި 60 ދުވަހާއި ދެމެދުގެ މުއްދަތެއް ނަގައެވެ.

ކުޑަކުއްޖާ ރަހީނު ކޮށްގެން ގެންގުޅުމަށް ފަހު އޭނާ މަރާލާފައި އެއްލާލާފައި އޮއްވާ ފެނުނީ ޖޫން މަހުގެ 22 ވަނަ ދުވަހުގެ ރޭ މެންދަމު އެވެ. އޭނާގެ މަރާ ގުޅިގެން 17 އަހަރުގެ ދިވެހި ފިރިހެން ކުއްޖަކާއި 27 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރު ކޮށްފައެވެ.

މިހާރު ޕީޖީ އޮފީހުން ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޝަމީމް ވިދާޅުވީ، އެ ކުއްޖާގެ މަރުގެ ވަގުތީ ރިޕޯޓް ލިބިފައިވާ ކަމަށާއި، އެ ރިޕޯޓުން ލިބޭ މައުލޫމާތުތައް ދައުވާ ކުރުމުގައި ބޭނުން ކުރާނެ ކަމަށެވެ.

އަދި ރާއްޖޭގައި ހެދި ޑީއެންއޭ ރިޕޯޓްތައްވެސް ބޭނުން ކުރަމުންދާ ކަމަށް ޝަމީމް ވިދާޅުވިއެވެ.

"މީގެ ތެރޭގައި އަޅުގަނޑުމެންނަށް ނުލިބޭ މައުލޫމާތުތައް އެބަހުރި، އެ މައުލޫމާތުތައް ލިބުނީމަ ކޯޓަށް ހުށަހަޅާނީ، އެއީ ދެން ގާނޫނުގައިވެސް ހުއްދަ ކުރާ ކަމެއް".

ޝަމީމް ވިދާޅުވީ، މައްސަލައިގެ ޝަރީއަތް އަވަސްވެއްޖެނަމަ، މި މައްސަލަ ސާބިތު ކުރުމުގެ ރަނގަޅު ފުރުސަތެއް އެބަ އޮތް ކަމަށެވެ. އަދި މި މައްސަލައިގައި ގިނަ ދައުވާތައް ސާބިތު ކުރުމަށް ރަނގަޅަށް ލިބޭ ކަމަށް ޝަމީމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހުސޭނުބޭ

    މީ ވަރަށް ނޫސްތަކަށް އަރަން ބޭނުންވާ މީހެއް! ކަލޭމެން ކޮންމެ ދުވަހަކު މީނަގެ ފޮޓޯގަނޑެއް މި ނޫހުގައި ޖަހާދީފައި ބައިންދާ! އެވަރިހަމަ އެއްކަމެއް ނުކުރިޔަސް!