ޝަހުސު އޮޅުވާލި މައްސަލަ ފާރިސް މައުމޫންގެ މައްޗަށް ސާބިތުވެ އޭނާ ހަަތަރު މަހާއި 24 ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ.

ދައުލަތުން ފާރިސްގެ މައްޗަށް ޝަހުސު އޮޅުވާލުމުގެ ދައުވާ ކުރީ 2017 ވަނަ އަހަރުގެ މާޗް 22 ވަނަ ދުވަހު ބައެއް ސިޔާސީ ޕާޓީތަކުން މޫކައި ސޫޓްސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭނާ ބައިވެރިވިއިރު ޕީޕީއެމްގެ ލޯގޯ އާއި ދިދަ ބޭނުންކޮށްފައި ވާތީ، އާއި އަދި ޕީޕީއެމް ތަމްސީލްކޮށް އޭނާ ވާހަކަ ދައްކާފައި ވާތީއެވެ.

ކްރިމިނަލް ކޯޓުން މިރޭ އިއްވި ޙުކުމުގައި ވިދާޅުވީ ފާރިސް ޝަހުސު އޮޅުވާލާފައިވާ ކަން ދައުލަތުން ހުށަހެޅި ހެކިންގެ ހެކި ބަހުން ޝައްކެތް ނެތް މިންވަރަށް ޝަރީޢަތައް ސާބިތުވާތީ ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލުމަށް ޙުކުމް ކުރީ ކަމަށެވެ.

ހުކުމް އިއްވަމުން ގާޒީ ވިދާޅުވީ، 2016 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 13 ވަނަ ދުވަހު ޕީޕީއެމް އިން ފާރިސް މަޢޫމޫން ވަކިކޮށްފައި ވަނިކޮށް، 2017 މާރިޗު 22 ވަނަ ދުވަހު ބައެއް ސިޔާސީ ޕާޓީތަކުން މޫކައި ސޫޓްސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމްގެ ލޯގޯ އާއި ދިދަ ބޭނުންކޮށްފައިވާކަން ސާބިތުވާ ކަމަށާއި، އެ ނޫސްވެރިންގެ ބައްދަލުވުމުގައި ފާރިސް އިށީންދެގެން އިން ގޮނޑިއާއި ދިމާލު ފަހަތުގައި ޕީޕީއެމްގެ ލޯގޯ ޖެހި ދިދަ ބަހައްޓާފައި ހުރިކަން އަދި ޕީޕީއެމް ތަމްސީލު ކޮށް ފާރިސް ވާހަކަ ދައްކާފައިވާކަން މި މައްސަލައިގައި ހެކިބަސް ދިން "ސިއްރު ހެކި 1" އަދި "ސިއްރު ހެކި 2' ގެ ހެކިބަހުން އެނގެން އޮންނަ ކަމަށެވެ

ފާރިސް މަޢުމޫން ޕީޕީއެމް އިން ވަކިކުރަން އެ ޕާޓީން ނިންމި ނިންމުން އެ ޕާޓީގެ އަސާސީ ގަވާއިދުގައިވާ ގޮތަށް ފާރިސް އިސްތިއުނާފު ކޮށްފައި ނުވާއިރު، ޕީޕީއެމް އިން ވަކި ނުކުރެވޭނެ ކަމަށްބުނެ ފާރިސް ސިވިލް ކޯޓަށް ވެއްދި މައްސަލައިގައި ވަކި ގޮތެއް ކަނޑަނާޅަނީސް އެ މައްސަލަ އިތުރަށް ކުރިއަށް ގެންދަން ބޭނުން ނުވާކަމަށްބުނެ ފާރިސް ކޯޓަށް ހުށަހެޅުމުން އެ މައްސަލަ ކޯޓުން ބޭރުކޮށްފައި ވުމުން އެ ނިންމުމަށް ފާރިސް ތާއީދު ކުރާކަން ހާމަވާކަމަށްވެސް ކްރިމިނަލް ކޯޓުން ދެންމެ ކުރެއްވި ހުކުމުގައި ވެއެވެ.

މި ކުށް ޝައްކެއް ނެތް މިންވަރަށް ޝަރީއަތަށް ސާބިތުވާކަމަށް މައްސަލަ ބެއްލެވި ގާޒީ ނިންމެވުމުން ދައުލަތާއި ދިފާއުންވެސް އަދަބާ ބެހޭގޮތުން ވާހަކަ ދައްކާފައިވެއެވެ. އަދަބާ ބެހޭގޮތުން ވާހަކަ ދެއްކުމަށް ފަހުން އަޑު އެހުމެއް ބާއްވައިދިނުމަށް އަޙްމަދު ފާރިސް މަޢުމޫންގެ ވަކީލުން އެދުނު ނަމަވެސް ގާޒީ ވިދާޅުވީ އަދަބާ ބެހޭގޮތުން ވާހަކަ ދެއްކުމަށް އިތުރު އަޑު އެހުމެއް ބާއްވައިދެވެން ނެތް ކަމަށެވެ. އަދަބާ ގުޅޭގޮތުން ދައުލަތުން ވިދާޅުވީ މި ކުށުގެ އަސާސީ އަދަބު ކަމަށްވާ ހަތަރު މަހާއި 24 ދުވަހުގެ ހުކުމެއް އިއްވަންޖެހޭ ކަމަށާއި، އަދަބު ބޮޑުވާނެ އަދި ލުއި ވާނެ ހާލަތެއްވެސް ނެތް ކަމަށެވެ. ނަމަވެސް ފާރިސްގެ ވަކީލުން ވިދާޅުވީ ފާރިސް މަޢުމޫނަކީ މީގެ ކުރިން ކުށެއް ކޮށް ކުށުގެ ރެކޯޑް ނޯންނަ ފަރާތަކަށް ވާތީވެ، ކުށުގެ ދަރަޖަ 3 ދަރަޖަ ލުއި ކޮށް ގޭބަންދަށް ނުވަތަ ޖޫރިމަނާއަކަށް ލުއި ކޮށްދިނުމަށް އެދޭ ކަމަށެވެ. އަދަބާ ބެހޭގޮތުން މައްސަލަ ބެއްލެވި ގާޒީ ނިންމެވީ އަދަބު މަތިވާނެ އަދި ލުއި ވާނެ ހާލަތެއްވެސް މެދުވެރިވެފައި ނުވާ ކަމަށާއި، ކުށުގެ އަދބެއްގެ ގޮތުން އަޙްމަދު ފާރިސް މަޢުމޫން ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލުމަށް ހުކުމް ކުރުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ޔަދުލް

    އެހެންވީމާ މީހާރު އޭނަ ތީޔައް ވުރެ ގީނަ ދުވަހު ހައްޔަރުގަ ބަހައްޓާފަ ވާތީ ތީޔަ ކުރީ ހުކުމް ތަންފީޒު ކުރެވީފައީވާކަމައް ބަލާފަ ދޫކޮއްލުން އެއީ އެންމެ އީންސާފުވެރީ ގޮތް ކަމުގައީ ދެކެން..

  2. ހަދާތި

    ކޮބާ ރަންރީނދޫ ޓްވިޓަރޭ ހުންނާނެ ރަނގަޅަށް ރާކަނި މަސްކެވިފައި އިނގޭތޭ. ދެން މަޖްލިސް އިންތިޚާބު ކުރާ ގޮތަށް ގާނޫނަށް ބަދަލު ގެންނަންވީ އެއީ ނޮން ސިޔާސީ ޕާރޓީއެއްގެ މީހަކު މަޖްލިސް އިންތިޚާބުގައި ވާދަ ނުކުރެވޭނެ ގޮތް ހަދަންވީ.

  3. ނަސްރީނާ

    ތިކަންވެސް ތިނިމުނީދެން، އެހާފަސޭހަކަމެއް 8މަސްދުވަހުން؟

  4. ޢަހްމަދް

    ހެހޭ:
    ސަޅި!

  5. ލިންކް

    ހާދަ ކުޑަގޮތެއް މިހަދާލީ.

  6. ފާތުމަ މެޑަމް

    ހާދަ ކަމެއް ނެތޭ........

  7. ފާތުމަ މެޑަމް

    ހާދަ ކަމެއް ނެތޭ......އެންމެ އަށްމަސް ދުވަސް

  8. ސޮއްބެ

    އޯކޭ.....

  9. Anonymous

    ފިޅަންނޫޅޭތި ޔަގީން މާފުދޭނެ

  10. ޖައްސާތި

    ރާއްޖެ ވާން ޖެހޭނީ ޖަޒީރާ އިން ނިކުމެ ސިޓީ އަކަށް. އެއީ ދަ ރާއްޖެތެރެއަންސް އިން ވެސް މިއަދު ބޭނުންވާ ގޮތަކީ. އައްޑޫ މީހުން ސިޓީގެ ލަގަބް ހޯދީ މާލޭގައި މުޒާހަރާ ކޮށްގެން. މިއިން އެގިގެން މިދާ އެއްޗަކީ ސިޓީ ލައިފް ކަން އެމެން ބޭނުން ވަނީ. ދަ ރާއްޖެތެރޭގައި މީހުން ދިރިއުޅޭ ރަށްރަށުގެ އާބާދީ 15 ހާހަށް ވުރެން ދަށް ނަމަ އޮވެގެން ނުވާނެ އިތުރު އެއްވެސް ޗޮއިސް އެއްވެސް އަދި އެކްސްކިއުޒެއް ވެސް އެ ހުރިހާ ރަށްރަށުގެ މީހުން ޖެހޭނީ މާލެ ސަރަަހައްދަށް ބަދަލު ކުރަން އެއްގޮތަަކަށް ވެސް ސަރުކާރުން އެރަށްރަށަށް ކެޕިޓަލް އިންވެސްޓްމެންޓް ކޮށްގެން ނުވާނެއޭ އެއީ ސީދާ ކަނޑަށް އަޅާލެވޭ ފައިސާ ތަކެކޭ އެފައިސާ އިން މާލެ ސަރަހައްދުގައި ހުރި ފަޅު ތައް ހިއްކައިގެން ބިން ތައް ކުއްޔަށް ދޭންވީ އަކަފޫޓަކަށް މަހަކު 1 ރުފިޔާ ސަރުކާރަށް ލިބޭގޮތަށް މަހަކު 1 ސެންޓިލިއަން ރުފިޔާ ސަރުކާރަށް ލިބެން ދެން. މަަހަކު 1 ސެންޓިލިއަން ރުފިޔާ ސަރުކާރަށް ހޯދަން މާލެ އާއި ވިލިގިލިއާއި ދެމެދު ކަނޑުއޮޅިވެސް ހިއްކާލާ ނިއުމާލެ ފޯރމް ކުރަންވީއޭ މިކަމުގައި ސަރުކާރުން ކުޑަ ވެސް ދުލެއް ދީގެން ނުވާނެއޭ.

  11. ވާނެއޭ

    ޖަޒީރާ ރާއްޖެ ޖަޒީރާ ދިިރިއުޅުން އެއީ ބޯދާ ދިރިއުޅުމޭ އެއިން ދުނިޔެ މޭކް ނުުކުރެވޭނެއޭ ރާއްޖޭގެ ރައްޔިތުންނަށް ރާއްޖެ ބެޓަރ ކަންޓްރީ އަކަށް ހެދޭނީ އެއީ ރާއްޖެތެރޭގަައި މީހުން ދިރިއުޅޭ އާބާދީގައި 15 ހާހުން ދަށް ހިމެނޭ ހުރިހާ ރަށްރަށުގެ މީހުން މާލެ ސަރަހައްދަށް ބަދަލު ކޮށްގެންނޭ އެކަން ކުރަން ހަދަންވީ ގޮތަކީ މަސްވެރިންގެ ޕާރކް އިން ފެށިގެން އުތުރަށް އޮތް ކަނޑުއޮޅި ހިއްކަން ފަށަންވީއޭ އެގޮތަށް ހިއްކަމުން ދާންވީ މާލޭގެ އުތުރުގައި އޮތް ކަނޑުއޮޅި މާލެ ސައިޒުގެ 100 މާލެ ނެގެން ދެން ދެން އެ 100 މާލޭން ރާއްޖޭގެ ކޮންމެ ރައްޔިތަކަށް މަހަކު އަކަފޫޓަކަށް 1 ރުފިޔާ ސަރުކާރަށް ދައްކާ ގޮތަށް 5 ހާސް އަކަފޫޓް ކޮންމެ މީހަކަށް 5000 އަހަރަށް ކުއްޔަށް ދީ ހަދާ ރާއްޖެތެރޭގެ ރަށްރަށް ޗައިނާ އަށް 5000 އަހަރަށް އެސްއީޒެޑްގެ ދަށުން އިންޑަސްޓްރިއަލް ޕާރކްސް ހަދަން ދޭންވީއޭ އެއިރުން ރާއްޖޭގެ އިގްތިސާދު އިންޑިއާގެ އިގްތިސާދުގެ މައްޗަށް ކުރި ހޯދާ ރާއްޖެ އަކީ އެއީ ލިޓިލް ސިންގަޕޯރ އަށް ވެގެން ދާނެއޭ.

  12. ޖޫލީ

    ބަފާ ބޮލަށް ޗިޕް ޖަހާގެން ވެރިކަމުގެ ދަހިވެތިކަމުގައި ހަލާކުވެ ދަނީ

  13. ޙަފްޞާ / މާލެ

    ހިތާމަކުރަމެވެ. ވެރިކަމާ ޖާހުގެ އެދުންގަނޑު މައުމޫނުގެ ބޮލުތެރޭގައި އެބުރެގަތްހިނދު ފައިދާ ނަގައި އޭގެ ދަޅދައްކައިގެން އަންނި ކުޅެލި ގޭމް ވަރަށް ކާމިޔާބެވެ. އަންނިގެ މަކަރުވެރިރޭވުމުން މައުމޫނައި މައުމޫނުގެ ދަރިން ސަލާމަތްކުރެވޭތޯ ރައީސްޔާމީން ވަރަށް މަސައްކަތްކުރެްވިއެވެ. އެހެނަސް ފައިސާގެ ދަޅަޔާ ވެރިކަމުގެދަޅަ ދައްކާ މައުމޫނަށާއި ޢާއިލާއަށް ކެއްސެއްދިނުމަށް ރޭވި އަންނިގެ ޕްލޭން ތަމްފީޒްކުރުމަށް އެމްޑީޕީގެ ވެރިން ކުރި މަސައްކަތް ކާމިޔާބެެވެ.

  14. ތާރީޚު ދިވެހި ރާއްޖެ

    ޙަފްޞާ/މާލެ، ކުރައްވާފައި ކޮމެންޓަކީ ޙަޤީ ކޮމެންޓެއް!!!!

  15. Anonymous

    ބާޣީ ރިޝްވަތޭ.