ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫންގެ މައްޗަށް އިއްވާ ބޭއިންސާފު ޙުކުމެއްގެ ސަބަބުން ފާރިސްގެ އަޒުމް ނުގުޑާނެ ކަމަށް ފާރިސްގެ އަނބިކަނބަލުން މަރިޔަމް ލީޝިޔާ ވިދާޅުވެއްޖެއެވެ.

ލީޝިޔާ މިހެން ވިދާޅުވީ ދައުލަތުން ފާރިސް އާއި ދެކޮޅަށް ދައުވާ ކުރި ޝަހުސު އޮޅުވާލި މައްސަލަ ސާބިތުވެ ފާރިސް ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލުމަށް މިރޭ ކްރިމިނަލް ކޯޓުން ޙުކުމް ކުރުމުން ކުރެއްވި ޓްވީޓެއްގައެވެ.

ލީޝިޔާގެ ޓްވީޓްގައި ފާރިސްގެ ފޮޓޯ އަކާއި އެކު ވިދާޅުވީ "ބޭއިންސާފު ކިތަންމެ ޙުކުމެއް ކުރިޔަސް ފާރިސްގެ އަޒުމެއް ނުގުޑާނެ" ކަމަށެވެ.

https://twitter.com/MLmariyam/status/1012036007045132288

ލީޝިޔާ ވެސް ގެންދަނީ އޭނާގެ ފިރިކަލުން ދޫކޮށްލަން ތަފާތު ފޯރަމްތަކުގައި ގޮވާލަމުންނެވެ. އޭނާ ވަނީ މީގެ ކުރިން އިދިކޮޅު ފަރާތްތަކުގެ ސިޔާސީ އެއްވުމެއްގައި ވެސް ބައިވެރިވެފައެވެ.

ދައުލަތުން ފާރިސްގެ މައްޗަށް ޝަހުސު އޮޅުވާލުމުގެ ދައުވާ ކުރީ 2017 ވަނަ އަހަރުގެ މާޗް 22 ވަނަ ދުވަހު ބައެއް ސިޔާސީ ޕާޓީތަކުން މޫކައި ސޫޓްސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭނާ ބައިވެރިވިއިރު ޕީޕީއެމްގެ ލޯގޯ އާއި ދިދަ ބޭނުންކޮށްފައި ވާތީ، އާއި އަދި ޕީޕީއެމް ތަމްސީލްކޮށް އޭނާ ވާހަކަ ދައްކާފައި ވާތީއެވެ.

ކްރިމިނަލް ކޯޓުން މިރޭ އިއްވި ޙުކުމުގައި ވިދާޅުވީ ފާރިސް ޝަހުސު އޮޅުވާލާފައިވާ ކަން ދައުލަތުން ހުށަހެޅި ހެކިންގެ ހެކި ބަހުން ޝައްކެތް ނެތް މިންވަރަށް ޝަރީޢަތައް ސާބިތުވާތީ ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލުމަށް ޙުކުމް ކުރީ ކަމަށެވެ.

ފަނޑިޔާރުންނަށް ރިޝްވަތު ދީގެން ވެރިކަން ވައްޓާލަން އުޅުނު މައްސަލައިގައި ފާރިސް މިހާރު ވެސް ހުންނެވީ ފުލުހުންގެ ބަންދުގައެވެ. އޭނާގެ މައްޗަށް ވަނީ ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމުގެ ދައުވާ އުފުލާފައެވެ. އެދައުވާ ސާބިތުވެއްޖެނަމަ 17 އަހަރުގެ ޖަލު ޙުކުމެއް ފާރިސްގެ މައްޗަށް އައުން އެކަށީގެންވެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޢައިޝާ

    ޝަޙުސް ައޮޅުވާލީ ޔާމީން.ޕީޕީއެމް އަކީ ރައީސްމައުމޫން އުފެއްދެވި ޕާޓީއެއް.ޔާމީންގެ ޕާޓީއެއްނުން އެއީކީ.

  2. ކައިލީ

    ސީޔާސީ އެއްވެސް ބޭފުޅަކަށް އިންސާފުން ހުކުމެއް ކުރިއަޑެއް ނާހަން. ނިކަމެތި ރައްޔިތުންނަށް އެކަނި އިންސާފުން ހުކުންކުރަނީ.

  3. ބުއްބޭ

    ޕޯޑިޔަމްތަކަށްއަރާ ހަޅޭފަޅޭ ޖަހާ މީހުންނަކީ ގާނޫނަށްވުރެ މަތީގަ އުޅޭބައެއް

  4. އަނދަވަޅު

    ތި ކުށް ޖެހޭނެ ކޮންމެހެންވެސް ސާބިތުކުރަން.. އޭރުން ޔާމީނަށް ރައީސް ކަމުގައި ދެމިހުރެވޭނީ....

  5. އަޒޭކެރީމާ

    ތިމާ އޮރިޔާމުން ހުރެފައި އެހެންމީހުންނަށް އިންސާފު ދަސްކޮށްދެނީ ތޯ ؟ ބަލަ ކޮބާތަ ނަފްސުގެ ހައްޤް ...

  6. މަލަކުރި

    ދާދި އަވަހަށް ފާރިސް ރާއްޖޭގެ ވެރިކަމަށް އަންނާނެ އަދި ކިރިޔާ މީހަކަށް ތިޔަވެވުނީ.

  7. ގުނބޯ

    މިފަހަރު ކަލޭމެންގެ އަޒުމު ގުޑުވާލާނަން އިގޭ! މިހާރު ސޭޓު އެހަރަގެން މައިތިރިވަނީ!