ކޮވިޑް-19 ގެ ބަލިމަޑުކަން ހުއްޓުވުމަށް، ރާއްޖޭގައި އަޅާފައިވާ ސަލާމަތީ ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކުރުމަށް ވެރިކަން ކުރާ ކޯލިޝަންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އެމްއާރުއެމްގެ ލީޑަރު، އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ގޮވާލައްވައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ޓެގް ކުރައްވާ މައުމޫން ދެންމެ ކުރެއްވި ޓްވީޓެއްގައި ވަނީ މި ބަލިމަޑުކަން ހުއްޓުވުމަށް އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. އެމަނިކުފާނު ވަނީ ކޮވިޑް ފެތުރުން ހުއްޓުވުމަށްޓަކައި އަވަށްެޓެރި ސްރީލަންކާގައި ރެއިން ފެށިގެން މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ކާފިއު އިއުލާނުކޮށްފައިވާކަން ފާހަގަކުރައްވާފައެވެ.

"ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ޝްރީލަންކާގައި ރޭއްސުރެފެށިގެން މިމަހުގެ 30 ވަނަދުވަހުގެ ނިޔަލަށް ފުރަބަންދު (ލޮކްޑައުން) އިޢުލާންކޮށްފި. ރާއްޖޭގައި އަޅާފައިވާ ފިޔަވަޅުތައްވެސް އިތުރަށް ހަރުދަނާކުރަން ޖެހޭ" 30 އަހަރު ރާއްޖޭގައި ވެރިކަން ކުރެއްވި ރައީސް މައުމޫން ވިދާޅުވިއެވެ.

ރާއްޖޭގައި ހަލުވި ކަމާއި އެކީ ކޮވިޑް ފެތުރެން ފެށިއިރު، ހަރުކަށި ފިޔަވަޅުތަކެއް އެޅިއެވެ. އެގޮތުން ބަލާއިރު، ކާފިއު ވަގުތު އިތުރުކޮށް، ބޭރުގައި އުޅުމަށް ވަކި ހާއްސަ ހުއްދައެއް ބޭނުންވާ ގޮތަށް ހެދިއެވެ. މީގެ އިތުރުން ބައެއް ބޭރު ގައުމުތަކުން ރާއްޖެއަށް މީހުން އައުން ވެސް ހުއްޓުވާއި، ރާއްޖޭގެ ބޯޑަރުވެސް މިދިޔަ އަހަރު ތެރޭގައި ބަންދު ކުރިއެވެ.

އެހެންނަމަވެސް މިހާރު ވަނީ އެ ހުރިހާ ފިޔަވަޅުތަކަށް ލުއިދީފައެވެ.

މީގެ ދެދުވަސް ކުރިން އޮމަދޫ ބަނދަރު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް ވަނީ ރާއްޖޭގައި ކޮންޓްރޯލު ކުރެވިފައިވާ ކަމަށްވެސް ވިދާޅުވެފައެވެ.

އިއްޔަ 95 މީހުން ކޮވިޑަށް ފައްސިވެފައިވާއިރު، މިހާރު މުޅި ޖުމްލަ 79،754 މީހުން ވަނީ ރާއްޖެއިން ކޮވިޑަށް ފައްސިވެފައެވެ. ބަލި ޖެހުނު މީހުންގެ ތެރެއިން 97.5 އިއްތަ މީހުން ބަލިން ރަނގަޅުވެފައިވާއިރު، މިހާރު މި ބައްޔަށް ފަރުވާ ހޯދަމުން ދަނީ 1750 މީހެކެވެ.

ކޮވިޑްގައި މިހާތަނަށް 222 މީހަކު ރާއްޖެއިން ވަނީ ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ޅަތީފާ

    މިވެސް ވަރުގަދަ މުސީބާތެ އް

    9
    1
  2. ނނނ

    އުހުނއ މައުމޫނު މަޑުން އިނދޭ

  3. ހައްލު

    މަނިކުފާނުގެ ޕާޓީ ތަމްސީލއކުރަށްވާ ވަރަށް ވިޔާނުދާ ހަޑި މުޑުދާރު އަމަލުހިންގަވާ ބެފޅުނ ސަރުކާރުގެ ސިޔާސީ މަގާމްތަކުގައި މިއަދުވެސް އެބަ ތިއްބެވި. ފުރަތަމަ އެމީހުން ވަކިކުރުން މުހިންމީ

  4. މައުމޫން

    މައުމޫން ގޭގަ އޮވެބަލަ، ދެރަވެއްޖެ ކަމެއް، ކާކުތަ މައުމޫން ދައްކާ ވާހަކަ އަޑުއަހަން އުޅެނީ، ބާރާއި ނުފޫޒު ބޭނުން ކުރުމުގައި އަދި ކިހާ ދުވަހެއް ބޭނުންވޭތަ، ބޮޑު ކަމެއް މިވެސް ޖެހިފައި އޮތް

    10
    1
  5. މިތުރާ

    ވ ރަގަޅު ވާ ހަކަ އެއް، އެތަކެެއް އާއިލާ ތަކުގެ މައިންބަފައިން ކޮވިޑުބަލީގެ މަރުވެ ކުޑަކުދިން ދުނިޔެ އަށް ބިކަވެއްޖެ. 😔

    5
    2
  6. އަލީ

    މައުމޫނުގެ ނުހުރުއްޕާން ހާދަބޮޑެ، ކަލޭ ދަރި މިނިސްޓަރުކަމުން ކަނޑައެއް ނުލާނެ. މަޑުން ހުރެބަލަ

  7. މަސްއޫދު

    އެންފިރަތަމަ ކުރަންވީ ކަމަކީ 30 އަހަރު ރައްޔިިތުންގެ ލޭބުއި މީހާ ހިެާ ހައްޔަރކޮށް ޖަލަށް ލާންވީ

  8. Anonymous

    މަނިކުފާން މަޑުން އިނނަވާ އަތައް ފަޅައިގެން ދިޔައީމަ ކުރަން ހުރި ކަމެއް ކުރާނެ.

  9. ޑަރޯގާ

    ޕީޕޕއެމް އާއި ޕީއެންސީ ލީޑަރުން ރަށްރަށަށް ދާންފެށީމާ މޭކަރައިގަތީދޯ. ތިބޭފުޅާއަށް އެންމެމަތީދަރަޖާގައި ސިއްޙީޚިދުމަތްލިބޭނެއެއްނު. ނިކަމެތިމީހާއަށްއޮންނާނީ ކޮންމެ ކަމެއްގަނިކަމެތިކަން. މިބޭފުޅާޔާހެދި މިގައުމު ތަރައްގީނުވަނީ. ޢާއްމުރައްޔިތުން ކުރިއަރާ ޖަޖެހޭދިރިއުޅުމެއް އުޅެދާނެތީ މީނާ އައްނިޔާ އުޅެނީ.