އިސްލާމް ދީނުގެ ނަމުގައި ނިރުބަވެރި ހަރުކަށި ފިކުރު ފެތުރުމުގައި ބޮޑަށް އުޅެނީ އިސްލާމް މާއްދާ ކިޔަވައިދޭ މުދައްރިސުންނަށް ވުރެ ބޮޑަށް އެހެން މާއްދާތައް ކިޔަވައިދޭ މުދައްރިސުން ކަމަށް އައްޝައިޚް މުހައްމަދު އަނީލް ވިދާޅުވެއްޖެއެވެ.
އައްޑޫގައި އިމާމެއްގެ ގޮތުގައާއި ހިރާ ސްކޫލްގައި މުދައްރިސެއްގެ ގޮތުގައި މަސައްކަތް ކުރައްވާ އަނީލްއަށް އައްޑޫގައި ހަރުކަށި ފިކުރުގެ މީހުން ނުރުހުން އަމާޒުވެ، ފައިވާނަށް ގެއްލުން ދީފައިވެސް ހުއްޓެވެ. މިހާރު އޭނާ އުޅުއްވަނީ ސަލާމަތީ ޚިދުމަތްތަކުގެ ސެކުއިރިޓީ ވެސް ލިބިގެންނެވެ.
އަނީލް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މުދައްރިސުންގެ ތެރެއިން ހަރުކަށި ފިކުރަށް ލެނބިފައިވަނީ އިސްލާމް ނޫން އެހެން މާއްދާތަކުގެ މުދައްރިސުން ކަމަށް ތައުލީމީ ދާއިރާގެ އިސް ބޭފުޅު މައުލޫމާތު ދެއްވި ކަމަށެވެ.
"ދީނުގެ ސައްޚަ މައުލޫމާތު އެނގި ތިއްބެވި އިސްލާމް މުދައްރިސުން މި ކަހަލަ ފިކުރުތަކުގައި ޖެހުން ވަރަށް ދުރު،" އަނީލް ލިޔުއްވާފައިވެއެވެ.
mudharrisunge therein ginain harukashi fikurah lenbifaivanee Islam noon maadhdhaa thakuge mudharrisun kamah #education dhaairaage is-beyfulhaku alhugandu gaathu vidhaalhuvi.
Dheenuge sahha mauloomaathu libi thibbevi Islam mudharrisun mikahala fikuru thakugai jehun varah dhuru.— Aneel 🇲🇻 (@aneelmv) August 21, 2021
އަނީލް މިހެން ވިދާޅުވެފައިވަނީ، ހަރުކަށި ފިކުރު ފަތުރަމުންދާ އިސްލާމް ޓީޗަރުން ހޯދަން ޖެހޭ ކަމަށް އެމްޑީޕީގައި އެކުލަވާލާފައިވާ "މޭ ހައެއް" ކޮމިޓީގެ މުގައްރިރު އަދި ވިލިފުށި ދާއިރާގެ މެންބަރު ހަސަން އަފީފް ވިދާޅުވެފައިވަނިކޮށެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ހޯމް މިނިސްޓަރުގެ މަގާމު ވެސް ފުރުއްވި އަފީފް މިފަދަ މޭރުމަކުން ވިދާޅުވެފައިވަނީ، ނަޝީދު އަވަހާރަކޮށްލަން މިދިޔަ މެއި މަހު ދިން ބޮމުގެ ހަމަލާގެ ތަހުގީގަށް ފަރާވެރިވާން އަފީފް ހުންނެވި އެ ކޮމިޓީން ކުރައްވާ މަސައްކަތްތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުންނެވެ.
ނަޝީދު އަވަހާރަކޮށްލަން ބޮމުގެ ހަމަލާއެއް ދީފައިވަނީ ހަރުކަށި ފިކުރުގެ ބަޔަކު ކަމަށް ފުލުހުން ވިދާޅުވެއެވެ. ދީނީ އިލްމުވެރިޔާ އަދި މަޖިލީހުގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމާއި، ބްލޮގަރު ޔާމީން ރަޝީދާއި ނޫސްވެރިޔާ އަހުމަދު ރިލްވާން މަރާލުމުގެ ފަހަތުގައި ވަނީ ވެސް މިފަދަ ވިސްނުމެއްގެ ބަޔަކު ކަމަށް ފުލުހުންނާއި އެ މަރުތައް ތަހުގީގު ކުރާ ރިޔާސީ ކޮމިޝަނުން ވިދާޅުވެފައިވެއެވެ.
ތީ 1
ހަރުކަށި ފިކުރުރައް ވުން އންމެ ގާތީ އުތެމާގެ މީހުން.
އަނިލްއަކީ މިޒަމާނު ޝޭޚެއް. ޢައްޑުއަށް އަންނަ ދާއީ ޓީމްތަކުގައި މުއްސަނދި މީހުން އުޅޭކަމަށް ވަންޏާ އޭނާ ފެންނާނެ. ޢެހެން ނޫނީ އެއިން މީހަކާއި އެއްކޮށް އުޅޭތަނެއް ނުފެންނާނެ.
މީނަ ކާކަށް އޮޅުވާލަންށޯ އެ ހެން މާއްދާތަކޭ މިކިޔަނީ؟ ތި ހެން ވާ ހަކަ ދެއްކީމަ ޖަ ހަނީ މޮޔައެއް ފާޑު
ބަލާލީމަ ވެސް އިގޭ ތީ އަފްޢާން ބާގައިގެ މީހެއް ކަން! ދެން ކޮން ދޮގެއް!