އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެފައިވާ ކަމަށް ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުމަށް އަދާލަތު ޕާޓީ އިން ގޮން ޖަހައިފިއެވެ.

ފަނޑިޔާރުންނާއި ގުޅޭގޮތުން ރޭ ރައްޔިތުންގެ މަޖިލީހުން ނިންމި ނިންމުމާއި ގުޅޭގޮތުން ޢަދާލަތު ޕާޓީގެ މީޑިއާ ކޮމެޓީގެ ޗެއާ އަލީ ނަޒީރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފަނޑިޔާރު އަބްދުﷲ ސައީދާއި ސްޕްރީމް ކޯޓްގެ ފަނޑިޔާރު އަލީ ހަމީދު މުހައްމަދުގެ މަޤާމު ނުގެއްލޭ ކަމަށާއި މަޖިލީހުން ކުރީ ސަލާމަތް ބުއްދިއަށްކުރި ފުރައްސާރައެއް ކަމަށެވެ.

ނަޒީރު ވަނީ އުއްތަމަ ފަނޑިޔާރުގެ މަޤާމަށް ސްޕްރީމް ކޯޓްގެ ފަނޑިޔާރު ޑރ އަހުމަދު އަބްދުﷲ ދީދީ އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ރޭ ރުހުން ދިނުމާއި، އެކޯޓަށް އިތުރު ދެ ފަނޑިޔާރަކު އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ރޭ ރުހުން ދިނުމުން އެކަމަށް ފާޑު ވިދާޅުވެފައެވެ.

https://twitter.com/alynazeer/status/1012172507464400897?s=19

"ޤާނޫނު ބުނާ އުސޫލުން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ނިހާއީ ހުކުމެއް ކޮށްފައެއް ނުވޭ" ނަޒީރު ވިދާޅުވިއެވެ.

ސުޕްރީމް ކޯޓްގެ އިދާރީ މުވައްޒަފަކަށް ނިޔާ ކަނޑައެޅުމުގެ ބާރު ނުނެގޭނެ ކަމަށާއި އުއްތަމަ ފަނޑިޔާރު އބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު މުހައްމަދުގެ މަޤާމު ދުސްތޫރީ އިޖްރާއަތްތަކުގެ މަތިން ނުގެއްލޭކަމަށް ނަޒީރު ވިދާޅުވިއެވެ.

"ފަނޑިޔާރުން އެކަހެރި ކުރުމަށް ރައީސް ޔާމީންގެ އަމުރަށް މުޅި ދައުލަތް ގުޅިގެން ހިންގާފައިވާ ޖަރީމާތައް އެކަހެރިކޮށްފައި، ހަމައެކަނި އިޖްރާއީ ނަޒަރަކުން ބަލާއިރުވެސް މަޖިލީހުން ރޭ ހިންގީ ތަރުތީބު ގެއްލި، ވާނުވާ ނޭނގި ހަމަގެއްލިފައި އޮތް ހާސަރެއް" ނަޒީރު ވިދާޅުވިއެވެ.

https://twitter.com/alynazeer/status/1012173930361057281?s=19

ރޭ އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އިދިކޮޅު މެންބަރުންގެ ވޯޓާއި ނުލައި އުއްތަމަ ފަނޑިޔާރު ކަމަށް ޑރ. ޑީޑީ އައްޔަން ކުރުމަށާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް، ހައި ކޯޓުގެ އިސް ފަނޑިޔާރު ކަމުގައި އަބްދުﷲ ދީދީ އާއި ހައި ކޯޓުގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު އައްޔަން ކުރުމަށް ވަނީ ސަރުކާރުގެ މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ޢަހްމަދް

    ހަމައިނެއްޓި ފައިވާ މި އަދާލަތޭ ކިޔާ ޕާޓީ އުވާލާނޭ ދުވަހަކަށް އެދި އުއްމީދުކުރަން.

  2. ާބުއްޅަބެ

    ޖަހާލަތު ޕާޓީ. މިދެން ކޮން ބައެއް؟ީ ސަމާލުކަން ހޯދަން ވެގެން

  3. ނުރަބޯ

    ކުރީގެ އުއްތަމަ ފަނޑިޔާރުގެ މަޝްހޫރު ފެބް1ގެ ބަޣާވާތުގެ އަމުރަކީ ސަލާމަތް ބުއްދި އަށް ކުރި ފުރައްސާރައެއްކަން 3މީހުނާ ފަޅި ކިރިޔާ ހަމަވާ ކުރީގެ ޢަދާލަތު ޕާޓީ މިހާރު ޖަހާލަތު ޕާޓީގެ އަލީނަޒީރު (ފޮންޏޭ) އަކަށް ނޭނގޭބާ......؟؟؟؟

  4. މަރޭ

    އަދާލަތު އުވާލާ

  5. އަބްދުއްލާ

    އަދާލަތާ އެމްޑީޕީ އުވާލަ ބަލަ އޭރުންގައުމަށް ވަރށް ބޮޑު ހަމަޖެހުމެއް އަންނާނެ.ރައްޔިތުންނަށް ހިތްހަމަޖެހުމާ ތަރައްގީވެސް ލިބިގެންދާނެ.

  6. އހ

    މިސަރުކާރުންވެސް ވަނީ ސުޕްރީމްކޯޓަށް ގޮންޖައްސަވާފަ އުއްތަމަ ފަޑިޔާރު ކޯޓުގަ ހުންނަވަނިކޮށް ދަންވަރު ފުރާޅުން ޓިނުނަގާގެން ވަދެ 2 ފނޑިޔާރުން ވަގަށްނަގާފަ..

  7. އާބިދާ

    މިސޮރުމެން ގިނަ ޢަދަދަކުން ފައިސާ ދިން ސޮރުގެ މަޤާމު ގެއްލުނީމަ، ދެން ކިހިނެތް އެކަން ޤަބޫލުކުރާނީ، އެހެންވިޔަސް އެއީ މިހާރު މާސީ، ކުރިޚަރަދު ބޭކާރުވީ ހެހެހެ ޖަހާލަތު ޕާޓީ

  8. ބުރުމާ

    keekuraa party eh mibaimeehun govaa kosvaahakathah ves ?headlineah araaviyyaa boa halaaku

  9. Anonymous

    މަޝްހޫރުވާން ވެން އެރެސްޓް

  10. ލާދީނީ

    މަޝްހޫރު ވާންވެގެން އެރެސްޓް ވާ ހިތުން. ދެން ބުނަންވީ ސިޔާސީ ލީޑަރެކޭ . ވެރިކަމަށް ލާންވީޔޭ.

  11. ހަސަނު

    މި އެއްކަލަ އަނާރާގެ ސީކްރެޓް ރެޝިޕީ ދޯ ؟

  12. ކުޑަބެ

    ތީ އާދާވަތު ޕާޓީއޭ ކަލޭމެންނަކީ ސީދާ މިގައުމު ފަސާދަ ކުރަން އުޅޭ ބައިގަނޑެއް މިޕާޓީ އަވަސް ގޮތަކައް އުވާލާ

  13. ނައިންޓީ

    ޢަލީ ނަޒީރު ބުނިމަ އެ ރަނގަޅޫ. ސަރުކާރުނ ބުނެފިނަމަ އެ ޙަރާމް. މިތިބަ ތެޅޭ ވައްތަރެއްއުތަ.. އަމިއްލަ ހަފްސު ވިއްކަން އުޅޭ ކުއްޖެއް.

  14. އަހޭ

    ސަރުކާރުން ސުޕްރީމް ކޯޓުގެ އަމުރަށް ގޮން ނުޖަހާ ކަމަކައް ނުވާނެ ކިތަންމެ ވަރެއް ކުރިޔަސް.

  15. ބަާނި

    އަދާލަތު ޕާޓީ އަކީ ލާދީނީ ޕާޓީ އެއް އަދާލަތާ ހެދި މިގައުމުގެ ދަންނަ ބޭކަލުންގެ އަބުރާ އިއްޒަތަށް ގެއްލުންވޭ މި ޕާޓީ އުވާލުމަށް ސަރުކާރަށް ގޮވާލަން.

  16. މަތާރަން

    އަލީނަޒީރު ބުނެފިއްޔާ ހުރިހާކަމެއްވެސް ހުދުކާފޫރު އެހެންވިއްޔާ ބުނަންވީނު ކެނެރީގޭ ނަޝީދު ކީރިތި ރަސޫލާއަށް ފުރަށްސާރަ އެއް ނުކުރެއޭ ޑެންމާކައްވެސް ނުދެއޭ. ބޯހަލާކު......