ސަރުކާރުން ހިންގަމުންދާ ޖަރީމާތަކުން ސަލާމަތްވުމަށް އޮތް ހައްލަކީ ވަރުގަދަ އިދިކޮޅު އިއްތިހާދަކާއިއެކު ކުރިއަށްދިއުންކަމަށް ކުރީގެ ނާއިބު ރައީސް އަދި ގާސިމް އިބްރާހިމްގެ ޕޮލިޓިކަލް އެޑްވައިޒަރު ޑރ.މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޖަމީލު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ސަރުކާރުން މަސައްކަތް ކުރަމުންދަނީ ގާނޫނޫ އަސާސީއާއި ޚިލާފަށް ގާނޫނުތައް ހަދާ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނާއި ވާދަކޮށްފާނެހެން ހީވާ ކޮންމެ ބޭފުޅަކުވެސް ރިޔާސީ ރޭހުން އެކަހެރިކުރުމަށްކަމަށެވެ.

ޖަމީލް ވަނީ މި ހުރިހާ ކަންކަމަށް އޮތް ހައްލަކީ ވަރުގަދަ އިދިކޮޅު އިއްތިހާދެއްކަމަށް ވިދާޅުވެފައެވެ. އަދި މިއީ ރައްޔިތުންގެ އުންމީދުތައް އޮތްގޮތްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ސަރުކާރުން ރިޔާސީ އިންތިޚާބުގެ ނަތީޖާ އޮޅުވާލުމުގެ އިތުރަށް ބައިނަލްއަގްވާމީ ފިއްތުންތަކަށްވެސް ގޮންޖަހަން ވަނީ ނިންމާފައި" ޑރ.ޖަމީލް ވިދާޅުވިއެވެ.

ޖަމީލު މިހެން ވިދާޅުވެފައިވާއިރު އެ ކެންޑިޑޭޓް މައްސަލާގައި އިދިކޮޅު ޕާޓީތައް ގުޅިގެން އުފައްދާފައިވާ ކޯލިޝަންގެ އެންމެ ބޮޑު ދެޕާޓީ ކަމަށްވާ އެމްޑީޕީ އާއި ޖޭޕީގެ ދެމެދުގައި ޚިޔާލުތަފާތުވުން އުފެދި އެއްބަޔަކު އަނެއްބަޔަކަށް ބަހުގެ ހަމަލާތައް ދަނީ ބަދަލު ކުރަމުން ނެވެ. ނަމަވެސް އިދިކޮޅުން ބުނަމުންދަނީ ވަކިވަކި ޕާޓީތަކުން ޕްރަމައިރީ ބާއްވާ ކެންޑިޑޭޓު ކަނޑައެޅިނަމަވެސް ރިޔާސީ އިންތިޚާބުގައި ޕާޓީތައް ތަމްސީލްކުރާނީ އެއް ކެންޑިޑޭޓުކަމަށެވެ.

ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ވަނީ ޕާޓީތަކަށް އެއް ކެންޑިޑޭޓަކު ނުނެރެވޭނެކަމަށް ބުނަމުންނެވެ. އަދި ޕާޓީތަކުގެ މެދުގައި އޮތް އެކުވެރިކަން ގެއްލި، ވަކިވަކިން އިންތިޚާބުގައި ވާދަކުރަން މަސައްކަތްކުރަމުންދާކަމަށް ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ރިޔާސީ އިންތިޚާބަށް އެއް ކެނޑިޑޭޓަކު ނެރުމުގެ މައްސަލައިގައި ޚިޔާލު ތަފާތުވުންތަކެއް ހުރި ނަމަވެސް ކޯލިޝަން ރޫޅިގެން ނުދާނެ ކަމުގައި ޕާޓީތަކުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ކާފަދ

    ތިބުނާވަރަށް ވަރުގަދަވެލަން ޖަމީލަށް އަދި ކިހާ ދުވަހެއް ބޭނުންވާނެތަ؟ މިއޮތްހުރިހާ ދުވަހު އުޅެގެން އެވަރު ނުވީތާދޯ

  2. ކޯލިޝަން

    ކޯލިޝަން ނުރޫޅައި ބާއްވާ. އަދި ވަކިވަކީން ވާދަކުރޭ. މިކިޔަނީ ކީކޭތަ؟ ކައިގެންނޭ ފުރާނީ ނުކައެއް ނުފުރާނަމޭ.

  3. މަލަކުރި

    ޔާމީން ގެންދަވަނީ ގާނޫނުތަކަށް އަންދާ ގާނޫނު ހިންގަމުން
    ޔާމީން ގެންދަވަނީ ގާނޫނުތަކަށް އަންދާ ގާނޫނު ހިންގަމުން
    ޔާމީން ގެންދަވަނީ ގާނޫނުތަކަށް އަންދާ ގާނޫނު ހިންގަމުން
    ޔާމީން ގެންދަވަނީ ގާނޫނުތަކަށް އަންދާ ގާނޫނު ހިންގަމުން
    ޔާމީން ގެންދަވަނީ ގާނޫނުތަކަށް އަންދާ ގާނޫނު ހިންގަމުން
    މިއީ ހުރިހާ ދިވެހިން މިކަމަށް ވިސްނާ ކުރިއަށް އޮތް އިންތިޚާބަށް މަގު ކޮށަންވީ ވަގުތު
    މިއީ ހުރިހާ ދިވެހިން މިކަމަށް ވިސްނާ ކުރިއަށް އޮތް އިންތިޚާބަށް މަގު ކޮށަންވީ ވަގުތު

    • ލޮލް

      މޮޔަވީތޯ ބޯގޯސް

  4. ޙަފްޞާ / މާލެ

    މާތްﷲގެ ބާރުވެރިކަން ހަނދާން ނައްތާނުލާ ބ ޖަމީލް!!! ެކަލާންގެ ރަހްމަތްފުޅާއެކު ރައީސް ޔާމީން ފުރަތަމަ ބުރުން އިންތިޚާބު ކާމިޔާބުކުރާނެ! ކަލޭމެން ހެދި އެމްޔޫއޯ ވަޅުލީތަ؟

  5. އަޙްމަދް

    ހެހޭ:ކޮން ވަރުގަދަ އިއްތިހާދެއްތޯ؟
    ތީ ބަލިކަށި ގުނބޯ އިއްތިހާދު.
    ކަލޭމެންނަށް ކުރެވޭނެ ހާވެސް ކަމަކީ މީހުން ގުނބޯ ހެއްދުން.

  6. ނިޒާރު

    މިވަރުގެ ބޮޑާ ކިބުރުވެރި މީހަކު މުޅި ފުވައްމުލަކުގަވެސް ނުހުންނާނެ.

  7. ހަސަންނުބޭ

    ޖަމީލު ބާކީ ކޮއްފީ ޔުނައުޓެޑް އޮޕޮޒިޝަން ތޮޅިއަށްވެ ނިމިއްޖެ

  8. ނުރަބޯ

    އެއްވެސް އިޚްލާޞްތެރިކަމެއް ހެޔޮނިޔަތެއްނެތް ބައިގަނޑެއް. ދެންކޮން ވަރުގަދައެއް ވާނީ؟ އެހެންނޫނަސް ތިޔަ ބައިގަނޑުގައި ތިޔަތިބި އެކަކަށްވެސް ރައީސް ޔާމީން މިގައުމަށް އެގެނައި ބަދަލާ ކުރި ތަރަށްގީ ނުކުރެވޭނެ. ބޮނޑިބަތް ޖަމީލަކީވެސް އެއްވެސް ހިންގުންތެރިކަމެއްނެތް ބޮޑު އަނގައެއް. އޭނާގެ ނައިބުރައީސް ކަމުގައި ސަރުކާރުން އޭނާއާއި ޙަވާލުކުރި ހުރިހާކަމެއް ދިޔައީ ފޭލްވެގެން. އެހެންކަމުން ގައުމު މިއަދު މިދެކޭ ތަނަވަސް ކަމާ ފާގަތިކަމާ ފަސޭހަ ކަމަކީ ރައްޔިތުންނަށް ރައީސް ޔާމީނާމެދު ލިބިފައިވާ ޔަގީންކަމެވެ. އޭނާއަކީ ހިންގުންތެރި ވިސްނުންތެރިި ވެރިއެކެވެ.

  9. ޤަމަރު

    އިންތިޚާބުވިޔަސް ހަވާލުނުކުރާތި!

  10. ދީދީ

    ރައީސް ޔާމީން ވޯޓަކުން ބަލި ނުކުރެވޭނެކަމަށް މިސޮރު މިއެއްބަސްވީ، މާފަހުންވިއްޔަ ތިވިސްނެނީ، ކުރިންވެސް ތިވިސްނުން އައިނަމަ ނައިބުރައީސްކަން ނުގެއްލުނީސް

  11. ބޮނޑިބަތް

    ތިމާޔަށް ކުރެވޭވަރުގެ ކަންތަކުގެ ވާހަދައްކާ...މަސްއޫލިއްޔަތު އުފުލަން ނުކުޅެދުނީމަ ދެންނުކުތީ ބަގާވާތްކުރަން..މިހާރު ތިއޮތީ ބިރުންގޮސް ފިލާ ހޮރުގަ..ދެންތިކިޔަނީ ބިރުފަހަނަޅާ ދާށޭ..! ހެއްވާ ދޯ؟

  12. މޮހަދު

    ކަލޭގެ ބަހެއް މިޤައުމށް ނުވިކޭނެ ފިލާތިބޭ ފިނޑީން ބަސް ވިކޭނީ ކެތިގެން ކަންތަކަ ކުރިމަތި ލާމީހުނައް

  13. ނަދާ

    މިސަރުކާރު ބަލިކުރެވޭނީ ތަންތަނައްވަދެ ފިލާބޮނދާ އޮތީމަ ދެންލަލަ