އަހްމަދު އިގްބާލް ނުވަތަ އާންމު ނަމުންނަމަ އައިކިއު ވާހަކަލިޔުމުގެ ދުނިޔެއަށް ވަނީ އުމުރުން އެންމެ 17 އަހަރުގައި މީޑިއާނެޓް އެންޓަރޓެއިމެންޓް ގައިޑް މެގަޒިންގައި މަސައްކަތް ކުރަމުން ދަނިކޮށް ލިބުނު ފުރުސަތެއްގެ ތެރެއިންނެވެ. އެ މަޖައްލާއަށް ލިޔުނު ކުރުވާހަކަތަކަށް ލިބެމުންދިޔަ ތަރުހީބާއި އެކު 2010 ވަނަ އަހަރު އިގްބާލް އެވާހަކަތަށް ވާހަކަ.ކޮމްގައި ޝާއިއުކުރަން ފެށިއެވެ.

ވާހަކަ.ކޮމްގައި އައިކިއުގެ ވާހަކަތަށް ޝާއިއުކުރުމާއި އެކު ވަރަށް އަވަހަށް އެވާހަކަ ވައިގެ ތެރޭގައި ހިފައިގެން ދިޔައެވެ. އެހެންކަމުން ދެން އޭނާ މިސްރާބުޖެހީ އެވާހަކަތަށް އަމިއްލަ ގޮތުން ޕަބްލިޝްކޮށް ނެރުމަށެވެ.

"2012 ވަނަ އަހަރު "އެހެނަސް ހަމަ ލޯބިވެޔޭ އަދި ލޯބިވާވަރު ބުނަން ހާދަ ބޭނުންވެޔޭ" ކިޔާ ވާހަކައެއް ފުރަތަމަ ޕަބްލިޝްކުރީ. އެއަށްފަހު އޭގެ ތަރުހީބު ބަލާފަ ދެންތިބި ފޮތްތައް" "ވަގުތު"އާ ވާހަކަ ދައްކަމުން އައިކިއު ބުންޏެވެ.

އައިކިއު ބުނި ގޮތުގައި އޭނާ ޝައުގުވެރިކަން ހުންނަނީ އޭނާގެ ވަށައިގެންހިނގާ ހާދިސާތަކާއި އަދި ހަގީގީ ހާދިސާތަކުގެ މައްޗަށް ބިނާކޮށް ކަމަށެވެ.

ވާހަކަ ޕަބްލިޝާރސްގެ ފަރާތުން ނެރޭ ފުރަތަމަ ފޮތުގެ މުސައްނިފަކަށް އައިކިއު ވުމުގެ ފަހަތުގައިވެސް އޮތީ މިފަދަ ކަމެކެވެ. ބަސްނާފުށީގެ ނަމުގައި ނެރޭ މި ކުޑަކުދިންގެ ވާހަކައަކީ އައިކިއުއަށް ވަރަށް ޚާއްސަ ފޮތެއްކަމަށް އޭނާ ބުންޏެވެ.

"ބަސްނާފުށި އަހަރެން ލިޔުނީ އެއީ އަބަދުވެސް ޝައުގުވެރިކަން ހުރޭ ކުޑަކުދިންނަށް. އެކުދިންނާއި އެއްކޮށް އުޅެން. އެކަމު ލިޔެވިފައި މި ހުންނަނީ ހުސް ބޮޑެތި މީހުންގެ ވާހަކަ. މިހެން އުޅެނިކޮށް އެއްދުވަހު ކޮއްކޮއަކަށް ލިބިއްޖެ އެންމެ ކަމުދާ ލިޔުންތެރިޔާއާއި ބެހޭ ގޮތުން ލިޔަން. ކޮއްކޮ ޖެހީ އަހަރެންގެ ނަން."
އިގްބާލް ބުންޏެވެ.

"ނަމަވެސް ކޮއްކޮ ކައިރީ ބުނެފިން އަހަރެންގެ ނަން ކިހިނެއްހޭ ލިޔާނީ ކޮއްކޮއަށް މަގޭ ވާހަކަތައް ކިޔާލެވެން ލައްކަ ޒަމާން އެބައޮތޭ. ދެން އެހެން ބުނެފަ ހިތަށް އެރީ މިފަހަރު އާ ކަމަކަށް ކުޑަކުދިންގެ ވާހަކައެއް ލިޔެލާނީއޭ" "ވަގުތު"އަށް މައުލޫމާތު ދެމުން އިގްބާލް ބުންޏެވެ.

ވާހަކަ ލިޔުމަށްޓަކައި ގިނަ ދިރާސާތަކެއް ކުރެވިފައިވާނެކަމަށް އިގްބާލް ބުންޏެވެ. އެގޮތުން ކުޑަކުދިން ޝައުގުވެރިވާނެ ގޮތަކަށް ވާހަކަ ބައްޓަންކުރުމަށާއި ދިވެހިބަހާއި ކުދިން ގާތްކުރުމަށް ވާހަކައިގެ ޒަރިއްޔާއިން މަސައްކަތް ކޮށްފައިވާނެކަމަށް އިގްބާލް ބުންޏެވެ.

ވާހަކަ.ކޮމް އިންނެރޭ ފުރަތަމަ ވާހަކަ - ބަސްނާފުށި.

އިގްބާލް ބުނިގޮތުގައި ވާހަކަ.ކޮމްއާއި އޭނައާއި ދެމެދު އަބަދުވެސް ގާތް ގުޅުމެއް އޮވެއެވެ. "ވެބްސައިޓްގެ އެންމެ ކަމުދާ ކަމަކީ އަބަދުވެސް ހިންގާ މީހުންނާއި ލިޔުންތެރިންނާއި ދެމެދު އޮންނަ ގާތް ގުޅުން. ހިޔެެއް ނުވޭ ހިލޭ ސާބަހަށް ކުރާ ކަމެއް ހެންވެސް. ހީވަނީ ވެބްސައިޓަކީ ލިޔާ މީހާގެ އަމިއްލަ އެއްޗެއް ހެން. އެހާވެސް ގާތްކޮށް އުޅެނީ" ވާހަކައިގެ ޓީމްއަށް ޝުކުރު އަދާކުރަމުން އިގްބާލް ބުންޏެވެ. ވާޙަކަ.ކޮމްއަކީ އިގްބާލް ދެކޭ ގޮތުގައި އޭނާގެ ވާހަކަތައް އާންމުންގެ މެދުގައި މަގްބޫލް ކުރުވުމުގެ މެދުވެރިޔާއެވެ.

ވާހަކަ ޕަބްލިޝާރސްއާއި މެދު ވާހަކަ ދައްކަމުން އިގްބާލް ބުނީ މިއީ ދިވެހި ލިޔުންތެރިން ވަރަށް އިންތިޒާރުކުރަމުންއައި ދުވަހެއް ކަމުގައިއެވެ. އެއީ އެ ލިޔުންތެރިންގެ ލިޔުންތަކަކީ އިތުބާރުހުރި، ހަމައެކަނި ވިޔަފާރީގެ ނަޒަރިއްޔާތުން ނުބަލައި ފެންވަރު ހުރި ލިޔުންތައް އާންމުންނަށް ފޯރުކޮށްދިނުމުގެ މަދަދުގާރަކު ހުރުމެވެ. ވާހަކަ ޕަބްލިޝާރސްއަކީ އެސިފަތަައް އެކުލެވިގެންވާ ތަނެއްގެ ގޮތުގައި އިގްބާލް ފާހަގަކުރިއެވެ.

އިގްބާލްގެ ފަރާތުން މިދާއިރާއަށް އަލަށް ތަޢާރަފްވާ ފަރާތްތަކަށް ވަރަށް ޚާއްސަ މެސެޖެއް އެބައޮތެވެ. އެއީ ލިޔާނެ މީހުން ލިޔުމުން ކިޔާނެ މީހުން ގައިމުވެސް ކިޔާނެ ކަމެވެ. އެއީ ދިވެހި ވާހަކަ ކިޔުންތެރިންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުންދާތީ ކަމަށްވެސް އޭނާ ބުންޏެވެ. އަދި ކިޔުންތެރިން އިތުރު ކުރަން އޮތް ހަމައެކަނި މަގަކީ ގިނަ އަދި ތަފާތު ދިވެހި ލިޔުންތައް ނެރުންކަމުގައިވެސް އޭނާ ބުނެފައިވެއެވެ.

"ބަސްނާފުށި-އެނދު ދަށުން"ނަކީ ވާހަކަ.ކޮމްގެ ވާހަކަ ޕަބްލިޝާގެ ކުޑަ ދަށުން ނެރޭ ފުރަތަމަ ވާހަކައެވެ. މިފޮތް މިހާރު ބުކްޝޮޕްތަކުން ލިބެން ހުންނާނެ ކަމަށާއި އޮންލައިންކޮށްވެސް އޯޑަރ ކުރެވޭނެކަމަށް ވާހަކަ.ކޮމްއިން މައުލޫމާތުދެއެވެ. އަދި "ރެޑް ބޮކްސް"ގެ ފަރާތުން މިފޮތް ގަތުމުން މުޅިރާއްޖެއަށް ހިލޭ ގެންގޮސްދޭނެ ކަމަށްވެސް ވާހަކަ.ކޮމްއިން ބުނެއެވެ. މިފޮތް މިހާރު ބުކްޝޮޕްތަކުން ލިބެން ހުންނާނެ ކަމަށާއި އޮންލައިންކޮށްވެސް އޯޑަރ ކުރެވޭނެކަމަށް ވާހަކަ ޕަބްލިޝަރއިން މައުލޫމާތުދެއެވެ. ރީޓެއިލްކޮށްް 150 ރުފިޔާއަށް މިފޮތް ލިބެން ހުންނަ އިރު ހޯލްސޭލްކޮށް މިފޮތް ލިބެން ހުންނާނީ 120 ރުފިޔާއަށް ކަމަށް ވާހަކަ ޕަބްލިޝާރގެ ފަރާތުން މައުލޫމާތުދެވެ. އަދި "ރެޑް ބޮކްސް"ގެ ފަރާތުން މިފޮތް ގަތުމުން މުޅިރާއްޖެއަށް ހިލޭ ގެންގޮސްދޭނެ ކަމަށްވެސް ވާހަކަ ޕަބްލިޝާރއިން ބުނެއެވެ

ރާއްޖޭގައި ވާހަކަ ޕަބްލިޝް ކުރުމުގެ ވައްޓަފާޅިއަށް އިންގިލާބެއް ގެނެސް ކޮލެޓީ ރަނގަޅު ފޮތްތަކެއް އާއްމުންގެ ތެރެއަށް ނެރުމަށް އަމާޒުކޮށް ދިވެހިންގެ ތެރެއަށް ވިޖޫދުވި ވާހަކަ ޕަބްލިޝަރއިން ވާހަކަ ފޮތްތަށް ޗާޕުކޮށް ނެރެން ބޭނުންވާ ކުދިންނަށް އެފުރުސަތު ފަހިކޮށްދޭނެކަމަށްވެސް ބުނެއެވެ..

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. އަލީ

  ދިސްއިޒް ސޯ ގުޑް. ވާހަކަ.ކޮމް ފެށިއިރު ހީވީ ޖަސްޓް އަނަދަރ ވާހަކަ ސައިޓެއްކަމަށް. ދިސް އިޒް އަ ރިއަލީ ގުޑް ކޮންޓްރިބިއުޝަން ޓުދި ސޮސައިޓީ. ގުޑްޖޮބް ގައިސް.

 2. ޖުމާ

  އިއްޔެ ލިބުނު މިފޮތް. ދަރިފުޅަށް ވަރަށް ކަމުދިޔަ. ރޭގައ ނިދަން އޮށޯންނަމުން ކުރުސި ވެސް ކިޔައިފި ނުބުނަނިސް. ވަރަށް އިބުރަތްތެރި ރީތި ވާހަކައެއް މިއީ.

 3. ހައިފާ

  އަހަރެންގެ ދެކޮއްކޮއަށް ގައިފިން މިފޮތް. އެއްރެއިން 170 ގެ ފޮތެއް 8 އަހަރުގެ ކުއްޖާ ކިޔާ ނިންމާލައިފި. ދެން މިހާރު އަހަނީ ދެވަނަ ފޮތް ކޮންއިރަކުންހޯ. ވަރަށް ސަޅިކޮށް ނިންމާލާފަ އޮތީ. ފޫހިކަމެއް ނެތި ކުރިޔަށް ދެވޭ. ރީތި ދިވެހި ކުރެހުންތަކެއް ހުރީ. 3>

 4. މަރީ

  ހިޔެއް ނުކުރަން ދިވެހި ވާހަކައެއް މިހާ ކުއަލިޓީ ކޮށް ލިބޭނެކަމަށް. ގުޑްޖޮބް

 5. ސީމާ

  އައިކިއުގެ ވާހަކަތައް އަބަދުވެސް ކިޔަން. މިވާހަކަ ދަރިޔަށްވެސް ގައިންދިނިން. އޭނަ ކިޔުމުގެ ކުރިން ކިޔާލިން. ވަރަށް ހިތްހަމަ ޖެހޭ. ޙާއްސަކޮށް ލިބޭ މެސެޖު ވަރަށް ސަޅި. ކުރެހުންތައް ސުޕާބް

 6. އީރަމް

  މައި ކިޑްސް އެންޖޯއިޑް އިޓް. ވާހަކަ ޕަބްލިޝަރގެ އިތުރު ވާހަކަތަކަށް އިންތިޒާރުކުރަން. ކޮންގްރާ އައިކިއު

 7. ސީތަލް

  ފަހުރުވެރިވާ ވަގުތު ކޮޅެއް. ވ އުފާވޭ ހިއްވަރާ އެކީ އައި ކިއު ކުރިއައް ދާތީ. މުސްތގްބަލް ގަވެސް މިކަހަލަ ކުރިއެރުން ތައް ދެކެން ބޭނުން.