ކޮވިޑު-19 އިން ދިފާއުވުމަށް ރާއްޖޭގައި ތިން ވަނަ ޑޯޒެއް ދިވެހިން ޖަހަން ޖެހޭނެ ކަމަށް ހެލްތް މިނިސްޓަރު އަހުމަދު ނަސީމު ވިދާޅުވެއްޖެއެވެ.

ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް، ޖަޕާން ސަރުކާރުން ރާއްޖެއަށް 112،000 ޑޯޒްގެ އެސްޓްރާޒެނެކާ ކޮވިޑް-19 ވެކްސިން ހަދިޔާ ކުރުމަށް ބޭއްވި ރަސްމިއްޔާތަށް ފަހު ނޫސްވެރިއަކު ކުރި ސުވާލެއްގެ ޖަވާބުގައި ހެލްތު މިނިސްޓަރު ނަސީމް ވިދާޅުވީ ވެކްސިންގެ ތިން ވަނަ ޑޯޒެއް ނުވަތަ ބޫސްޓަ ޑޯޒެއް ޖެހުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އެކަމަކު، އެ ބޫސްޓަ ޑޯޒް ޖަހަން ފަށާނީ ކޮން އިރަކު ކަމެއް އޭނާ ވިދާޅެއް ނުވެއެވެ.

މިނިސްޓަރު ވިދާޅުވީ، މިހުރިހާ ކަމަކަށް ބަލާ އިރު، 112،000 ޑޯޒްގެ ވެކްސިނަކީ ލިބުނު ރަނގަޅު ވެކްސިންތަކެއް ކަމަށެވެ.

ކޮވިޑުގެ ހާލަތު ފެށުނީއްސުރެން ކަންތައްތައް ވަރަށް ގާތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ބައްލަވަމުން ގެންދަވާ ކަމަށާއި އެކަމުގެ ސަބަބުން ކާމިޔާބީތައް ލިބެމުންދާ ކަމަށް ވެސް މިނިސްޓަރު ނަސީމް ވިދާޅުވިއެވެ. ދުނިޔޭގެ ނިސްބަތުން ބެލި ނަމަވެސް ރާއްޖެއަކީ ވެކްސިން ޖެހި ގައުމުތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ގައުމަކަށްވާނެ ކަމަށް ވެސް މިނިސްޓަރު ނަސީމް ވިދާޅުވިއެވެ.

މީގެއިތުރުން ނަސީމް ވިދާޅުވީ ދުނިޔޭގެ ގިނަ ގައުމުތަކުން ބަލައިގަންނަ ވެކްސިން ޕާސްޕޯޓެއް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިނިސްޓަރު އެހެން ވިދާޅުވި އިރު، ރާއްޖޭގައި ވެކްސިން ޖަހައިދޭ ސެންޓަރުތަކުން ދޫކުރާ ވެކްސިނޭޝަން ކާޑުގެ އިތުރުން "ކޯވިޑް ސޭފް"ގެ ނަމުގައި ޑިޖިޓަލް ވެކްސިން ޕާސްޕޯޓެއް ދާދިފަހުން ރާއްޖޭގައިވެސް ވަނީ ތައާރަފްކޮށްފައެވެ.

ނަމަވެސް ރާއްޖޭގައި ދޫކުރާ ވެކްސިނޭޝަން ކާޑާއި، ޑިޖިޓަލް ވެކްސިން ޕާސްޕޯޓް ބައެއް ޤައުމުތަކުގައި ބަލައިނުގަންނާތީ، އެކަމުގެ ކަންބޮޑުވުން ބައެއް ފަރާތްތަކުން ވަނީ ކުރަން ފަށައިފައެވެ.

ކޮވިޑުން ރައްކާތެރިވުމަށް މިހާތަނަށް 364،847 މީހުން ފުރަތަމަ ޑޯޒު އަދި 289،418 މީހުން ވަނީ ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ބީރުމީހާ

    މިނިސްޓަރަށް ވެދުން ލިބޭ މިންވަރަކުން ރައްޔިތުން ގަޔަށް ތިޔަ ބުނާ ތަކެތި އަޅަމުންދޭ އޭރުން ޑޮލަރު ލިބެމުންދާނީ ނަމަވެސް ޑޮލަރުގެ ކަޅު ބާޒާރު އިތުރު ވާތީ އެކަމުގެއުފާ ސަރުކާރު އިސްތިހާރު ކުރަމުންދާތީ ހިތާމަ ކުރަމެވެ އަދި ހުޅުމާލޭގެ މޫދަށް އެރި ނުލެވިގެން އުޅޭ ވާހަކަވެސް ދަންނަވަމެވެ. ޑޮލަރާހެދި މަގުތައްވަނީ ރައްޔިތު މީހާއަށް ބިރުވެރި ތަނަކަށްވެފައެވެ
    ވީމާ ތިތަފަރާތުން މިކަމުގައި ވިސްނާނެކަމަށް އުއްމީދުކުރަމެވެ.

    57
    3
  2. ކޮމެންޓު

    މީދެން ބލއެއްނު. ދެޑޯޒޭ ބުނީ ދެޑޯޒު ޖަހައިން ވެކްސިން ފުރިހަމަ ކޮށްގެން މިހިރީ. އަނެއްކާ ބަޔަކު ވެކްސިން ދިނީމަ އަނެއްކާ ޖަހަންވީ. ބޮޑޫ ދުއްޕާނެއް މިވެރިން މީ

    81
    6
  3. ކޮމެންޓު

    ތިޔަ ބޭކާރު ނުކޮށް ވެކްސިން ފުރިހަމަ ނުކުރެވިގެން އުޅޭ ގައުމަކަށް ދީބަލަ މޮޔަ ނުގޮވާ

    70
    3
  4. އަހުމަދުބޭ

    ކަލޯ ދިންވަރަ ކަށް ޖަހަން މިތިބީ ތައްޔާރަށް......ބޮޑު ބާޤީ

    7
    2
  5. ނަވާރަ

    ރައްޔިތުން މިކަމާ އޯކޭ ވެގެން ހުރިހާހިނދަކު މި ކަށިހެރުމެއް ނުހުއްޓޭނެ. މި ކަންތައް ނިމޭނީ 2 ޑޯޒް އަކުން ނޫން. 2 ޑޯޒްއަކީ މިބިރުވެރިކަމުގެ ފެށުން.

  6. ނަޥާރަ

    ރައްޔިތުން މިކަމާ އޯކޭ ވެގެން ހުރިހާހިނދަކު މި ކަށިހެރުމެއް ނުހުއްޓޭނެ. މި ކަންތައް ނިމޭނީ 2 ޑޯޒް އަކުން ނޫން. 2 ޑޯޒްއަކީ މިބިރުވެރިކަމުގެ ފެށުން.

  7. ޖިމީ

    ބޮޑު ނޮހޮރުއްޕާނެއް މިއޮތީ

  8. ހަސަންބެ

    ވަކަހަންގަޑު ފެނުނީ ވަރަށް ދުވަސްކޮށްފައި!

  9. ލޫޓުވާ

    3 ފުރިހަމަވީމަ 4 ކިހިނެއްވާކަމެއްމީ. މިދައުރުނިމެންދެން ތިޖަހަޖަހާ ތިބެންވީތަ

  10. ރުފިޔާ

    ޙުތިހާވެސް އެއްޗަކީ ރުފިޔާ، ރުފިޔާ ަަ އެއްކޮން ވެކްސިން ހަދިޔާކުރީމަ، ތަހުލީލް ކޮއްދެން، ލެބްރެޓްސް ތަކެއްގޮތަށް ދިވެހިން ބޭނުންގޮތަކަށް ބޭނުންކޮއްލަދީފާނަމޯ، ލާރިކޮޅަށް ވާނުވާވެސް ނޭގޭ. އެތްބަޔަކު ކިޔާހާ އެއްޗަކަށް ހެއލިގެން ވެކްސިން ޖަހަނީ، އަނެއްބަޔަކު ވަޒީފާގެ ބިރު ދައްކުވައިގެން ޖަހުވާ ނިންމާލައިފި، ދެރައީ، ތުއްތު ކުދިންވެސް މިމީހުން ލާރިހޯދާ ވަސީލަތަކަށް ހަދާލާތީ، އެކަމު ކީއްކުރާނީ، މަޖުބޫރުކުރުވާފަ ޖަހުވަނީ. ދެން ބުނާނެ އެހެން ނޫނަސް ވެކްސިން ޖަހައެއްނޫންހޭ، އެހެން ނޫނަސް އެ ޖަހާ ވެކަސިން އާ މިޔާ ތަފާއުވާނެ ދޯ. ޢެ އީ އެތަށް އަހަރަކު ތަހުލީލު ކުރުމަށްފަހު ރަނގަޅު އެއްޗެއް ލިބުނީމަ، މުޅިފުނިޔެ ގަބޫލުކޮށް، ހުރިހާ ގައުމުތަކަކުވެސް ކުޑަކުދިންނަށް ދެވެމުން އަންނަ ވެކްސިންތަކެއް ވީމާ، އެޔާ، މިޔާ ތަފާތުވާނެ ދޯ. މީ އެމެޖެންސީކޮށް ދޭން ވެސް ޑަބްލިއް.އެޗް.އޯ އިންވެސް ހުއްދަނުދީ ހުއްޓާ މިގައުމުން ފަށްއިގަނއގެންމިއުަޅެނީ، އަދި މުޅި ދުނިޔެއިންވެސް، ކުޑަކުދިންނަށް، ދޭން ބަލައިނުގަނޭ. މިހުއަނަނީ މިމީހުންގެ ރަހުމުކުޑަކަން، އަމިއްލަ ގައުމުގެ ޅަޖީލު ގސްތުގާ ހަލާކު ކޮއްލަންވެސް މައްސަލައެއް ނެތޯ، ކޭޝް ވާވަރަށް ލިބެނިކޮން.

    10
  11. ނިޒާރު

    ކިހާ ބޮޑު ވެއްޖެ ވަބާއެއް މީ! ތި ބޫސްޓާއެއް ތީގެ ގަޔަށް ޖަހާބަލަ! އޭރަށް ސިކުނޑީގެ ތެތްކަން ބޫސްޓުވެ ތަންކޮޅެއް ހަމަޖެހޭ އެއްޗެކކޭ ކިޔާފާނެ!

    11
  12. ދިރާސާ

    އެއް ގޮތެއްގައި ހިފަހައްޓާނުލެވޭ، ކިޔާއެއްޗެއް ދިމާނުވޭ، އިރުއިރުކޮޅުން އުސޫލުތައް ބަދަލު ކުރޭ،، މީ ދެން ބޮޑުވަރު.. ޒުވާން މިނިސްޓަރ ބޯސްޓަރ ޑޯޒޭ ބުނީމާ އަނެއް ކާވެސް ވެ ކްސިން ޖަހަންވީ..ދުނިޔޭގެ ބޮޑެތި ވިޔަފާރިވެރިން ޑަބްލިޔު އެޗް އޯ އާއި ގުޅިގެން ހިންގާ ބޮޑު ޖަރީމާ ގަނޑެއް.. ގްލޯބަލް ޕެންޑަމި ކާކަށް ޑީ ކްލެޔަރ ކުރާ ވަރުގެ ރޯގާއެއް ނޫން މިރޯގާއަ ކީ.. މިއަށްވުރެ މާ ނުރައް ކާތެރި ބަލިތައް ދުނިޔޭގައި އެބަ އުޅޭ...

    13