މާލޭގެ އިންޑަސްޓްރިއަލް ޒޯންގައި ޒަމާނީ ފެންވަރުގެ ފިއުލް ޝެޑެއް ގާއިމްކުރަން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިފިއުލް ޝެޑް މާލޭ އިންޑަސްޓްރިއަލް ވިލެޖްގައި ޤާއިމުކުރުމުގެ ގޮތުން ޕްލޭނިން މިނިސްޓްރީއާއި އެކު ވެވޭ އެއްބަސްވުމުގައި ފިއުލް ސަޕްލައި މޯލްޑިވްސް(އެފްއެސްއެމް) އިން މިއަދު ވަނީ ސޮއިކޮށްފައެވެ.

ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ބުނީ މި ޝެޑަކީ އެންމެ ޒަމާނީ ފެންވަރަށް ގާއިމްކުރެވޭ ޖާގައިގެ ގޮތުން ބޮޑު ޝެޑެއް ކަމަށެވެ. އެގޮތުން މި ޝެޑުން 4 ފުރޮޅުލީ 8 އުޅަނދަށާއި 2 ފުރޮޅުލީ 16 އުޅަނދަށް އެއްފަހަރާ ޚިދުމަތް ލިބިގެންދާނެކަމަށް އެފްއެސްއެމް އިން މައުލޫމާތު ދިނެވެ.

އެފްއެސްއެމް އިން ގެންދަނީ މާލެއާއި އަތޮޅު ތެރޭގެ ގިނަ ރަށްތަކަކަށް ތެޔޮ ސަޕްލައި ކޮށްދިނުމުގައިވެސް މުހިއްމު ދައުރެއް އަދާކުރަމުންނެވެ.