އިންޑިއާ އިން ރާއްޖެ އަށް ހަމަޖައްސައިދިން، ކަރަންސީ ސްވޮޕްގެ ތެރެއިން 150 މިލިއަން ޑޮލަރު އަނބުރާ ދައްކައިފި ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހާމަކޮށްފިއެވެ.

މިކަން ހާމަ ކޮށްފައިވަނީ މިއަދު އެމްއެމްއޭއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގަވަރނަރ ޢަލީ ޙާޝިމެވެ.

އެގޮތުން ޙާޝިމް ވިދާޅުވީ، އިންޑިއާއިން ރާއްޖެއަށް ހަމަޖައްސައިދިން 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕްގެ ތެރެއިން 150 މިލިއަން ޑޮލަރު މިހާރު އަނބުރާ ދައްކާފައިވާ ކަމަށެވެ. ބާކީހުރި 250 މިލިއަން ޑޮލަރު ވެސް ވަރަށް އަވަހަށް ދައްކާނެ ކަމަށް ޢަލީ ޙާޝިމް ވިދާޅުވިއެވެ.

ރާއްޖޭގެ އިގްތިސާދު ރަނގަޅުވަމުން އަންނަ ކަމުގެ ނިޝާންތައް ފެންނަމުންދާކަން ފާހަގަ ކުރައްވަމުން ޙާޝިމް ވިދާޅުވީ، ކަރަންސީ ސްވޮޕް އަނބުރާ ދެއްކުމަށް ޚާއްސަ އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރައްވާ ކަމަށެވެ.

ރާއްޖެއާއި އިންޑިއާއާ ދެމެދު 400 މިލިއަން އެމެރިކާ ޑޮލަރުގެ ކަރަންސީ ސްވޮޕް އެގްރީމެންޓެއްގައި ސޮއިކޮށްފައިވަނީ 2019 ވަނަ އަހަރުގެ ޖުލައިމަހުގެ 22 ވަނަ ދުވަހުއެވެ.

އިންޑިއާޔާއި ރާއްޖެއާ އެކު 2012 އިން ފެށިގެންވެސް ކޮންމެ އަހަރަކު ކަރަންސީ ސޮވްޕްތައް ހަދާފައިވެ އެވެ. މިއީ އިންޑިއާއިން ރާއްޖެއަށް ދިނުމަށް އެއްބަސްވި، 1.4 ބިލިއަން ޑޮލަރުގެ އިގްތިސާދީ ޕެކޭޖްގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ކަރަންސީ ސްވެޕް އެގްރިމަންޓަކީ، ދެ ގައުމެއްގެ ފައިސާ ބަދަލު ކުރުމަށް، އެ ދެ ގައުމުގެ ސެންޓްރަލް ބޭންކުގެ ދެމެދުގައި ސޮއިކުރާ އެއްބަސްވުމެކެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ކޮރަލް

  އެކި ނަމުގަ ދަރަންޔަށް ފައިސާ ނެގުމެވެ.

 2. އައްމަޑޭ

  ދައްކަންޖެހޭ ހުރިހާ ފައިސާއަކާ އެއްކޮށް އިންޑިއާގެ އަތްގަދަކުރުންވެސް އަނބުރާ އިންޑިއާއަށް ދީ އިންޑިއާގެ ކިބައިން ސަލާމަތްވާންވީ. އެހެންނޫނީ އަބަދުގެ އަބަދަށް ދިވެހިން ކަރުނަ އަޅަންޖެހޭނެ.

 3. ސަނީ

  މިހާރު ތީން އެއްވެސް ކަމަކީ އާކަމެއް ނޫން، މާދަމާ ބޮޑު ދިދައިގަ އިންޑިއާ ދިދަ ނެގިޔަސް މިހާރު ދިވެހިން ހައިރާން ނުވާނެ ވަރައް އިބޫ ވަނީ ގައުމުގެ ހާލަތު ގޯސްކޮއްފަ.

 4. ސަޓޯބޯ

  ސާބަހޭ، ދިވެހިންގެ ޓެކްސް ފައިސާއިން އިންޑިއާ އައް ޖިޒީ ދެއްކުން އެއީ ވަރައް މުހިންމު ކަމެއް، އިބޫ އެކުރަނީ ހެއޮ ވެރިކަން..

 5. މަނާފް

  އެފައިސާއިން ކިތައް ހާސް ދިވެހިންނައް ބޯހިޔާ ކަން ދެވުނީސް ؟؟ އިބޫ އައް ދޭނެ ވޯޓް އެއް ނެތް.. ސަލާމް

 6. ކޮމެންޓު

  މިހާރު ޖިޒީ ދައްކައިން ދޯ މިއުޅެވެނީ