ގދ. ތިނަދޫން އިތުރު ތިން މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ތިނަދޫގައި ހުންނަ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ބުނީ، މިރޭގެ 20:30 އާއި ހަމައަށް ފައްސިވެފައިވާ ތިން މީހުންނަކީ ފްލޫ ކްލިނިކަށް ދައްކައިގެން ސުންކު ނެގި ތިން މީހުން ކަމަށެވެ.

ތިނަދޫން އިތުރު ތިން މީހަކު ފައްސިވެ ޖުމްލަ މިވަގުތު އެރަށުގައި ކޮވިޑަށް ފައްސިވެފައިވާ މީހުންގެ އަދަދު ވަނީ 12 އަށް އަރާފައެވެ.

ތިނަދޫން މިހާތަނަށް 952 މީހަކު ވަނީ ކޮވިޑަށް ފައްސިވެފައެވެ. އޭގެ ތެރެއިން 938 މީހަކު ބަލިން ރަނގަޅުވެފައިވާއިރު، ދެމީހަކު ވަނީ އެރަށުން މަރުވެފައެވެ.

އެރަށުން މިހާތަނަށް 9،252 މީހެއްގެ ސުންކު ނަގާފައިވާއިރު، އޭގެ ތެރެއިން 132 ސުންކަކީ ފާއިތުވި 24 ގަޑިއިރު ނަގާފައިވާ ސުންކެވެ. އޭގެ ތެރެއިން 140 މީހެއްގެ ސުންކުގެ ނަތީޖާ އަދި ނުލިބެއެވެ.

އެރަށުން މިހާތަނަށް 4،372 މީހަކު ކޮވިޑްގެ ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހާފައިވާއިރު، ދެވަނަ ޑޯޒު 3،495 މީހަކު ވަނީ ޖަހާފައެވެ.