މުޅި އިހަވަންދިއްޕޮޅު އޮންނަނީ ހއ.ހޯރުފުށި ކައުންސިލްގެ "ދަށުވެފައި" ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަހުސް ކުރިއަށް ދިޔައީ ފަޅު ރަށްރަށުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށެވެ. ސަރުކާރުން ފޮނުވި އެ ބިލުގެ އިބްތިދާއީ ބަހުސްގައި ގިނަ މެންބަރުން ކަންބޮޑުވުން ފާޅުކުރެއްވީ ސަރުކާރުން ބޭނުން ވެއްޖެ ހިނދެއްގައި ފަޅުރަށްރަށް ކައުންސިލްގެ އިހްތިސޯސުން ނެގެން އޮންނާތީއެވެ.
ހއ. އަތޮޅުގައި ހިމެނޭ ބާރަށު ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲ ހުށަހެޅުއްވި އެ ބިލުގައި އެ ގޮތަށް އޮތުމުން އެ އަތޮޅުގައި ހިމެނޭ ހޯރަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ސައްލެ) ވެސް ވާހަކަ ދެއްކެވީ އެ މާއްދާ އިސްލާހު ކުރުމަށް ތާއީދު ކުރައްވައެވެ.
މި ގޮތުން އޭނާ ހުށަހެޅުއްވީ އަތޮޅު ކައުންސިލްގެ މަޝްވަރާ ހޯއްދަވައިގެން އެ އަތޮޅެއްގައި ހިމެނޭ ފަޅުރަށްރަށާއި ގުޅޭ ގޮތުން ކަންކަން ނިންމުމަށެވެ. އަދި ރަށު ކައުންސިލެއްގެ އިހްތިސާސްގައިވާ ރަށެއް ސަރުކާރަށް ނަގާނަމަ އޭގެ އެކަށޭނެ ބަދަލެއް ދޭން ޖެހޭ ގޮތަށް ވެސް ހިމަނަން ހުށަހެޅުއްވިއެވެ.
ސައްލެގެ ވާހަކައަށް ފަހު އެ އަތޮޅުގައި ހިމެނޭ އިހަވަންދޫ ދާއިރާގެ މެންބަރު ޝިފާއު ވިދާޅުވީ، ސަރުކާރުން ފޮނުވި ބިލުގައި ހިމެނޭ އެ ކަމަށް އޭނާ ތާއީދު ކުރައްވާ ކަމަށެވެ. ސަބަބެއްގެ ގޮތުގައި ފާހަގަކުރެއްވީ މުޅި އަތޮޅުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި ސަރުކާރަށް ބާރު ދިނުން މުހިއްމު ވުމެވެ.
މިސާލެއްގެ ގޮތުގައި އޭނާ ފާހަގަ ކުރެއްވީ އޭނާގެ އަތޮޅު ހިމެނޭ ސަރަހައްދެވެ. މި ގޮތުން ވަކި ރަށެއްގެ ނަން ނުގެނެސް އޭނާ ވިދާޅުވީ "އެއާޕޯޓް އޮންނަ ރަށުގައި" ވަކި ފާލަމަކުން އެއާޕޯޓަށް ދާން އެ ރަށުގެ ކައުންސިލް ދެކޮޅު ކަމަށެވެ.
އޭގެ ސަބަބުން މުޅި އިހަވަންދިއްޕޮޅުގެ ރައްޔިތުންނަށް ދަތިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އިހަވަންދިއްޕޮޅު ކިޔަނީ ހޯރަފުށި، އިހަވަންދޫ، މޮޅަދޫ، ތުރާކުނު، އަދި އުލިގަން ހިމެނޭ ގުދުރަތީ އަތޮޅަށެވެ. އެ އަތޮޅުގައި އެއާޕޯޓް އޮންނަނީ ހޯރަފުށީގައި އެކަންޏެވެ.
ޝިފާއު ދެން ވިދާޅުވީ ވަކި ރަށެއްގެ ދަށުވެ މުޅި އަތޮޅާއި މުޅި ސަރުކާރު އޮންނަން ޖެހޭ ސަބަބެއް އޮވެގެން ނުވާނެ ކަމަށެވެ. އަދި އެ ގޮތަށް މަގުފަހިވާނެ ގޮތަށް ގާނޫނެއް ވެސް އޮވެގެން ނުވާނެ ކަމަށެވެ. "އެއާޕޯޓަކީ ސިނާއީ ކަމެއް، އެ ސިނާއީ ރަށް ވަކިވެ ސަރުކާރުގެ ބެލުމުގެ ދަށުގައި އޮންނަން ވާނީ،" ޝިފާއު ވިދާޅުވިއެވެ.
ފަޅު ރަށްރަށުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ސަރުކާރުގެ ފަރާތުން ހުށަހެޅީ ލާމަރުކަޒީ ގާނޫނަށް ފުށުއަރާ ގާނޫނުތައް ފާހަގަކޮށް ލާމަރުކަޒީ ގާނޫނާ އެއް ގޮތަށް އެ ގާނޫނުތައް އިސްލާޙު ކުރަން ސަރުކާރުން ފޮނުވި ބިލުތަކުގެ ތެރެއިންނެވެ.
މީނާއަށް ވާނުވާ އޮޅިފަ މިއޮތީ..މައްސަލަ ޖެހުނީ ނަހުލާ ކިޔާ މީހަކު ހޯރަފުށީ ކައުންސިލަށް ނޭނގި ރަށުގެ ލޭންޑް ޔޫސް ޕުލޭނާ ޚިލާފަށް ފަޅުތެރެއިން ނެރެެއްކަނޑާފަ ޖެޓީއެއް އަޅަން ހަވާލުކުރި ހިސާބުން.. ކައުންސިލުން އޭރުވެސް ބުނި ލޭންޑު ޔޫސް ޕްލޭނަށް ބަދަލުގެނެސް ޖެޓީ އަޅަން ތައްޔާރޭ!!
ޙެއްހެއް
ހާދަ ރުޅިއެއް ތިއަންނަނީ ހޯރަފުށިދެކެ ޝިފާއޫ
ޝިފާޢު ނުބުނޭ އެހެންނެއް.. ވަގުތަކީ ހޯރަފުށީ ރައްޔިތުންނާ ޖައްސާލައިގެން އުޅޭ ޒާތީ ބައިގަނޑެއް.. ޖެޓީއެއް އަޅާކަަށް ކައުންސިލަކަށް ހުށައެއް ނާޅާކަމަށް ހޯރަފުށީ ކައުން ސިލުން ބުނެފަ އޮތީ ..އެއީ 100 ޕަސެންޓު އެމްޑީޕީ ކައުންސިލެއް އެހެންވީމަ ސަރުކާރުގެ ހުށަހެޅުމަކަށް ދެކޮޅެއް ނުހަދާނެ..އެއީތާ ވަގުތުން މާ ރުޅިއެއް އައިސްގެން ތިޔަ އުޅޭ ސަބަބަކީވެސް، ތިހެން ރައްޔިތުންނާ ޖައްސާލި ވަރެއް ރަނގަޅީ އޭރުން އެމްޑީޕީގެ ތާއީދު ހިފެހެއްޓޭނީވެސް
ޝިފާޢުމެންނަށް އެނގޭނީ ހަމައެކަނި ފިތުނަ އުފައްދާ މަސްލަހަތު ނަގާލަން.
ޖޭވީ ޝިފާއު
ދިސް އިޒް ސޯ ލާމަރުކަޒީ
ސަރުކާރުވެސް އޮތީ ސައްލެގެ ދަށުވެފައި. އެހެން މެމްބަރުން ހަމަ ހިންދިރުވާލަ ދިރުވާލަ ދާއިރާއަށް ކަމެއް ނުކޮށްދެވި ތިބެން.
ތިބޭފުޅާގެ ކަމެއް ނެތީނޫންތޯ؟؟؟؟؟؟؟؟؟؟؟؟؟
ތިމާގައިގަ ޤާބިލުކަމެއް ނެތީ ނޫންތޯ
ބޮލެއް ކަހަލަ މެންބަރެއް ތީ. ވާނީ އެހެންތާ ދެން ކަލޯ
ކަލެއަށް ވަރިހަަމަ އޭނުން. އަހަރަކު އެއްފަހަރު ކަލޭ އޮޑިއެއް އެބަ ބާލާވިއްޔަ...
ޝިފާއު ތި ވިދާޅުވީ ވަރަށްބޮޑު ތެދެއް.
ހޯރަފުށީ މީހުން ހުރިހާކަމެއް ބަޑު އަޅާގެން.