ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ކަމަށް، އައްޑު އަތޮޅު ހިތަދޫ ކޯޒީރައުންޑް، ޑޮކްޓަރ އަޙްމަދު ޢަބްދުﷲދީދީ މިއަދު ޢައްޔަން ކުރައްވައި، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް މައްޗަންގޮޅި ވޭސައިޑް 310 ފްލެޓް، އަލްއުސްތާޛު ޢަބްދުﷲދީދީ އާއި، ހެންވޭރު ހޯސްޓްސައިޑް އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު ޢައްޔަން ކުރައްވައިފިއެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 147 ވަނަ މާއްދާގެ ދަށުން، ޑޮކްޓަރ އަޙްމަދު ޢަބްދުﷲދީދީ އުއްތަމަ ފަނޑިޔާރު ކަމަށް އައްޔަން ކުރައްވައި، ޤާނޫނުއަސާސީގެ 148 ވަނަ މާއްދާގެ (ހ)ގެ ދަށުން، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އަލްއުސްތާޛު ޢަބްދުﷲދީދީ އާއި އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު ރައީސުލްޖުމްހޫރިއްޔާ މިއަދު އައްޔަން ކުރެއްވީ އެ މަގާމުތަކަށް އެ ބޭފުޅުން ޢައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހަށް ނަން ހުށަހަޅުއްވައި، ރައްޔިތުންގެ މަޖިލީހުން ރުހުން ދެއްވައިގެންނެވެ.
މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މިރަސްމިއްޔާތުގައި، މި 3 ބޭފުޅުންނަށް ހުވާލައިދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ޢަރީފެވެ. އެއަށްފަހު، 3 ބޭފުޅުން ފަނޑިޔާރުކަމުގެ މަޤާމަށް ޢައްޔަން ކުރެއްވިކަމުގެ ލިޔުން، އެބޭފުޅުންނާ ރައީސުލްޖުމްހޫރިއްޔާ ވަނީ ހަވާލުކުރައްވާފައެވެ.
ކުރިންވެސް ދީދިއެއް މިފަހަރުވެސް ދީދިއެއް. އަނެއްކާ ތިޔަދީދީގެ ބޮލަށް ޗިޕްނުޖަހައިފިއްޔާ ވެދާނެ.
ގައްދާރުވުމުގެ ނަތީޖާވަނީ ދިރިތިބީނަށް ދައްކަވާފަ..ގައްދާރުވެވެނީވެސް އިނބިލީހުގެ ޕްލޭންތެރޭގައި ގިނަބަޔަކު ހިމެނިގެންގޮސް ބޮޑު ޢާފިލުކަމެއްގެތެރެއިން...ރާއްޖޭގެ ޑިމޮކްރަސީގެ އެންމެ ޅަފަތުގައި މިބާވަތުގެ ކަންކަން ނިޒާމުގެ ތެރޭން ފަޅާލާފަ ނުކުތްކަން އެއީ ވަރަށްބޮޑު ރަހްމަތެއް..ކުރީބައިގަ ތަޖްރިބާކުރެވި ހަރުދަނާ ފިޔަވަޅުތަކެއް މުސްތަގުބަލަށްޓަކާ އެޅިގެން ދިޔަކަމަކީ އެއީ ބޮޑު ނިޢުމަތެއް..! ރައީސް ޔާމީން ފަދަ ހިތްވަރުހުރި ހަރުދަނާ ލީޑަރަކު މިގައުމަށް ލިބިފައިވާކަމީ ޝުކުރުވެރިވާން ޖެހޭކަމެއް! ޝުކުރިއްޔާ ރައީސް ޔާމީން.
އެއްވެސް ޑީޑީއެއްގެ ބޮލައް އަލަކުން ޖަހާބެ ޗިޕެއް ނެތް. އުއްތަމަ ފަނޑިޔާރަކީ ތިމާ އަމިއްލައަށް ނެރުނު ހުކުމް ބާތިލް ކުރާ ބައެއް..
ޝުކުރުﷲ މި ޤައުމަށްޓަކައި ވަރަށް ރަގަޅު ހެޔޮބަދަލެއް
ކޮންމެ ބޭފުޅަކުވެސް އެފަދަ ބޮޑު މަގާމަކާއި ޒިންމާތަކެއް ހަވާލުކޮށްފައި ވަނީ އިހުލާސްތެރި މަސައްކަތެއް ރަށްޔިތުންނަށް ކޮށްދީފާނެ ކަމަށް ބަލާފައެވެ. އުންމީދު ކުރަނީ ގައްދާރު ނުވާނެކަމަށް
އެކެއްގެ އިންސާފަކީ އަނެކެއް ގައްދާރަށް ވާހިނދު.. މި ރާއްޖޭގައި އިންސާފް ގާއިމްވެ ގެއްލި ހިނގައްޖެ.... ގެޓް؟؟
ޑރ ޑީޑީ ފަނޑިޔާރުންނަށް މަރުޙަބާ ދަންނަވަން، ހަރާންކޯރުނުވެ އިސްސާފުވެރިވެ ވަޑައިގަންނަވާނެ ކަމަށް އުއްމީދު ކުރަން
މީނަނެރޭނީ ކިހާވަރެއްގެ އަމުރެއްބާ؟
މިހާރު ސުޕްރިމް ކޯޓުގައި 6 ފަނޑިޔާރުންތަ ތިބެނީ؟