ދިއްގަރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަޙްމަދު ފާރިސް މައުމޫން ޙައްޔަރުކޮށްގެން އޭނާއަށް އަނިޔާވެރިވަމުންދާދިއުން ވަގުތުން ހުއްޓާލައި، އޭނާ މިނިވަންކުރުމަށް އެމްޑީޕީ އިން ތަކުރާރުކޮށް ގޮވާލާ ކަމަށާއި ނާއިންސާފާއި އަނިޔާވެރިކަމުގެ ކުރިމަތީގައި ފާރިސް މައުމޫނު ދައްކަވަމުން ގެންދަވާ ހިތްވަރާއި ޢަޒުމަށް ސާބަސް ރައްދުކުރާ ކަމަށް އެމްޑީޕީ އިން ބުނެފިއެވެ.

ފާރިސް ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލުމަށް ޙުކުމް ކުރުމުން އެމްޑީޕީ އިން ނެރުނު ބަޔާނެއްގައި ބުނީ ދައުވާ ކުރެވެން ނެތް ކަންކަމުގައި އަމިއްލައަށް މައްސަލަ އުފައްދައިގެން، ހަމައާއި އިންސާފުން އެއްކިބާވެގެން ތިބެ، ފާރިސް މައުމޫނުގެ މައްޗަށް ރައީސް ޔާމީންގެ ސަރުކާރުން އަނިޔާވެރިވަމުން އެގެންދަނީ ފާރިސް މައުމޫނު މި ސަރުކާރަށް ތާޢީދު ނުކުރެއްވުމުގެ ސަބަބުން ނޫން އިތުރު ސަބަބެއް އޮވެގެން ނޫން ކަމަށެވެ.

މި ޙުކުމް އިއްވާފައި މިވަނީ ފާރިސް މައުމޫން އެއްވެސް ޙުކުމެއް ނެތި ޖަލުގައި ހައްޔަރުކޮށްފައިވާތާ 10 މަސް ދުވަހުސް ފަހުންކަން އެމްޑީޕީގެ ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ.

އެމްޑީޕީ އިން ބުނީ "ޕީޕީއެމްގެ ރައީސްގެ ގޮތުގައި ރައީސް އަލްއުސްތާޛު މައުމޫނު ޢަބްދުލްޤައްޔޫމް އިންތިޚާބުކޮށްފައި ވަނިކޮށް، އެ ޕާޓީގެ އަސާސީ ޤަވާޢިދާ ކަނޑައެޅިގެން ޚިލާފަށް އެ ޕާރޓީގެ މުޝްތަޝާރު ޢަބްދުﷲ ޔާމިން ވަނީ އެ ޕާރޓީއަށް ވެރިވެގަނެފައެވެ. އަދި އެއަށް ފަހު ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމުގެ ދަރިކަލުން ފާރިސް މައުމޫންގެ މައްޗަށް އެ ޕާރޓީގެ ދިދައާއި ލޯގޯ ޕްރެސް ކޮންފަރެންސެއްގައި ބޭނުންކުރެއްވި ކަމަށް ބުނެ ނާއިންސާފުން ދައުވާކޮށްފައިވަނީ ސީދާ ޢަބްދުﷲ ޔާމިނު ތަޙްޤީޤީ އިދާރާތަކަށާއި ޕްރޮސިކިޔުޓަރ ޖެނެރަލަށް ނުފޫޒު ފޯރުވައިގެންކަމަށް ދެކެމެވެ."

ދައުލަތުން ފާރިސްގެ މައްޗަށް ޝަހުސު އޮޅުވާލުމުގެ ދައުވާ ކުރީ 2017 ވަނަ އަހަރުގެ މާޗް 22 ވަނަ ދުވަހު ބައެއް ސިޔާސީ ޕާޓީތަކުން މޫކައި ސޫޓްސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭނާ ބައިވެރިވިއިރު ޕީޕީއެމްގެ ލޯގޯ އާއި ދިދަ ބޭނުންކޮށްފައި ވާތީ، އާއި އަދި ޕީޕީއެމް ތަމްސީލްކޮށް އޭނާ ވާހަކަ ދައްކާފައި ވާތީއެވެ.

ކްރިމިނަލް ކޯޓުން ރޭ އިއްވި ޙުކުމުގައި ވިދާޅުވީ ފާރިސް ޝަހުސު އޮޅުވާލާފައިވާ ކަން ދައުލަތުން ހުށަހެޅި ހެކިންގެ ހެކި ބަހުން ޝައްކެތް ނެތް މިންވަރަށް ޝަރީޢަތައް ސާބިތުވާތީ ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލުމަށް ޙުކުމް ކުރީ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. މޫސާމަނިކް

    ސާބަސްމިދިނީ މިމީހުންގެ ޖާދޫގަޖެހިގެން ޖަލަށް ވަދެވުނީތި ،، ވަރށް ސާބަސް

  2. 3ނިރު

    ވައިނާޅާ ނުވާނެ އމޑޕ އަކަށް

  3. ހުސައިނު

    ތިޔަ އެމްޑީޕީ މީހުން ހަދަން އުޅުނު ގޮތަށްވުމުން ސާބަސްވެސް ދޭނެ. ތީ ތިޔަމީހުންގެ ބޭރުފުށުގެ ޝުޢޫރު.

  4. ރަޝްފާ

    ފާރިޝްއަށް ސާބަސް ! އެމްޑީޕީ ދޭ ގުއި ހިތްވަރުގައި ހިފައި މުޅި ނަފްސް ހަފުސްކޮށްލާތި! ތިޔަ ޚާންދާނުގެ ވަސް ފިލުވައިލުމަށް އެމްޑީޕީން ރުކުރުވާލާފަހުރި މަޅިފަތީގެ މަޅިޔަކަށްފަހު މަޅިޔަކަށް އަރާ ބެދެމުންދާތި!

  5. ޟދޕ

    އެމްޑީޕީން ތަށް ވަނީ ދިވެހިރަށްޔިތުންނަށް އަނިޔާވެރިވެފައި ހަރާމްކޯރުވެފައި ބޮޑެތި މަގާމް ފުރުއްވި މީހުން ހާއްސަކޮށް ކެރަފާމެން ވަނީ ފާޅުގައި ދިވެހިންނަށް އަނިޔާވެރިވެފައި މިހާރުވެސް އެ ސިލްސިލާ ދަނީކުރިޔަށް، ޥެރިކަމުގައި ތިބިއިރުވެސް އަދި ވެރިކަމުން އިސްތިއުފާ ދީފައި ގޮސް ވެސް އެނޫން ކަމެއް ދިވެހިންނަށް އޯގާވެރިވުމުގެ ގޮތުން ކޮށްފައި ނެތްބަޔަކު ދައްކާ ވާހަކައެއް އަޑުއަހާނެ ބަޔަކު ނެތް.

  6. ޙަފްޞާ / މާލެ

    ބޮލެއް ކަނދުރާއެއް ނުބަލައި ތަފާތުކުރުމެއްނެތި ހަމަހަމަގޮތެއްގައި ޤާނޫނު ހިންގާ ވެރިޔެއްގެގޮތުގައި ދިވެހި ތާރީޚުންވެސް މިހާތަނަށް ފެނުނީ ރައީސް ޔާމީން! އެއީ އަނިޔާކަމަށްވަންޏާ ރައީސް ޔާމީނަކީ އަނިޔާވެރިއެއް! ވަރަށް ސަލާމް އެމްޑީޕީއަށް!

  7. ހޭވެރިކަން

    މަރުހޫމް ޝަހީދުހުސެން އާދަމް ޝަހީދުވި ހާދިސާ އަޑުއެހި ދިވެއްސެއް ހުރިއްޔާ ދިވެހިންނަށް އަނިޔާވެރިވީ ކޮންބައެއްކަން ސާފްވާނެ ކަމަށްދެކްން. އެއީ ކޮންއާއިލާއެއްތޯ. އެމްޑީޕީ ވެރިކަމުގައި އެދުވަސް ފާހަގަ ކުރީ ކޮންގޮތަކަްތޯ. އެކަމާ ގުޅިގެން ނަޝީދު ދެއްކެވީ ކޮންވާހަކަތަކެއްތޯ. އެދުވަސް އިއާދަ ކުރަން މަރުފަލި ޖަހަނީ ކޮންބައެއްތޯ ބަލައިލުމުން އަނިޔާވެރިންނަކީ ކޮންބައެއްކަން ސާފްވާނެ. އެދުވަހުގެ ހަނދާން އާވާ ކޮންމެ ފަކަރަކު ލޮލުން ކަރުނަހިލެނީ އެދުވަހު ގައުމު ދެކެ ލޯބިވާ ދިވެހި ސިފައިން ދިވެހިން އެއަނިޔާ ތަކުން ސަލާމަތް ކުރަން ފުރާނަ ދުއްވާލީތީ.

  8. މޫސާމަނިކު

    ނުބައި ނުލަފާ ހުރިހާ ކަމަކަށް ތާއީދު ކޮށް ސާބަސް ދިނުމަކީ އެމް.ޑީ.ޕީގެ އުފަލެއްކަން އަހަރެމެން މާކުރިންވެސް ދަންނަމު!

  9. އާބިދާ

    މިއީ ހަމައަޖައިބެއް ކަހަލަބައެއް ހަމަކޮސްވެއްޖެ، ކުށެއްކުރުމުން އެމައްސަލަ ބަލައި ފިޔަވަޅު އެޅުމަކީ އަނިޔާކަމަށް ވަންޏާ ދެން ޤާނޫނާއި ޤަވާޢިދު އޮތުމުގެ ބޭނުމަކީކޮބާ؟ ޤާނޫނާކީ ހަމައެކަނި ނިކަމެތިންނަށް އޮތް އެއްޗެއްތަ

  10. Anonymous

    ފާރިސް އައް ހަމަ އައްސަރިބަހާ ސާބަސް. ޢެމްޑީޕީން ބުނި ބަސް އަހައިގެން ޖަލައް ދާންޖެހުނީތީވެ ހަމަ ސާބަސް. ހަމަ ގަސްތުގައި އެމްޑީޕީން ރޭވި ރޭވުމެއް ފާރިސް ޖަލައް ދިއުން ސާބަސް ސާބަސް

  11. އަޙްމަދް

    ހަޤީޤީ އަނިޔާވެރިންނަކީ މުސްލިމު ވެރިޔާ އާއި ދެކޮޅުވެރިވެ އެވެރިޔާގެ ކިޔަމަންތެރިކަމުން ބޭރުވެގަނެ މުޑުދާރު މީހުން.

  12. ނަދުރު

    ފާރިޝްއަށް ކެއްތެރިކަންދެއްވާ އެއަނިޔާއިންމިންޖުކޮށްދެއްވާށި ..