މަންދީރަ ބޮޑުބެރު ގުރޫޕުން ވިދައިލި ހއ.ކެލާ ޙުސެއިން ސަމާއު (މާއު) ނިޔާވެއްޖެއެވެ. މާއު އަކީ ތެލެސީމިއާ ކެރިއަރެކެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މާއު ނިޔާވިއިރު އޭނާގެ އުމުރަކީ 21 އަހަރެވެ.

ހއ.ކެލަޔަށް އުފަން ޙުސެއިން ސަމާއު (މާއު) އާއި، ޙަސަން ސަމާހު (މާހު) އަކީ އެއްމާބަނޑު ދެމީހުންނެވެ. ދެ ޒުވާނުން ވެސް ވަނީ މަންދީރަ ބޮޑުބެރު ގްރޫޕްގައި ހަރަކާތްތެރިވެފައެވެ.

މާއު ނިޔާވީ މިރޭ އިރާކޮޅު ވިލިމާލޭ ހޮސްޕިޓަލުގައިކަމަށް މައުލޫމާތު ލިބެއެވެ. މާއު އެންމެ ފަހުން ލޭ އެޅީ މިދިޔަ ހަފުތާގައެވެ. އޭނާ ނިޔާވީ ހާލު ދެރަވެގެން ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށެވެ.

މާއު އާއި މާހު ވަނީ ފޮޓޯގްރަފީ އާއި ވީޑިއޯގްރަފީގައި ވެސް ހަރަކާތްތެރިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ސާބަސް

    ތެލެސީމިއާ ކެރިއަރުން ނުޖެހޭނެ ލޭއަޅާކަށް އިނގޭތޯ. ލިޔާއިރު މައުލޫމާތު ސާފުކޮށްލާފައި ލިޔުން ރަނގަޅުވާނެކަމަށް ފެނޭ. އާންމުކޮށް ލޭއަޅާ އުޅެނީ ތެލެސީމިއާ މޭޖަރ މީހުންނާއި ކުދިން.

    78
    7
    • އަލީ ބުނީ

      ހޫ ތިހިރީ އިގިފަ ބަންބޫ... ކާކުބާ މައުލޫމާތު ސާފުކުރަން ވީ... 5ކޭ މަދީ.. އެލްއޯއެލް

      11
      14
    • ﷲގެ އަޅާ

      މަށަކީވެސް ކެރިއާ އެއް.40އަހަރު ވެއްޖެ.ދުވަހަކުވެސްލޭނާޅާ.4ކުދިންވެސްލިބިއްޖެ.ސިޒޭރިއަންހެދީވެ 4 ފަހަރުވެސް.ލެއްއްނާޅާ.
      އަލްހަމްދުލިއްލާހި

      5
      2
  2. Hmmm

    انا لله وانا اليه راجعون.
    މައްޔިތާގެ ފާފަ ފުއްސަވާ، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށި! އަދިޢާއިލާއަށް ކެތްތެރިކަން ދެއްވާށި! أمين!

    126
    4
  3. ކޮމަންޑޫ ބުރޯ

    މައްޔިތާގެ ފާފަ ފުއްސަވާ، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށި! އަދިޢާއިލާއަށް ކެތްތެރިކަން ދެއްވާށި! أمين!

    45
    1
  4. އަހްމަދު

    انا لله وانا اليه راجعون.
    މައްޔިތާގެ ފާފަ ފުއްސަވާ، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށި! އަދިޢާއިލާއަށް ކެތްތެރިކަން ދެއްވާށި! أمين!

  5. ލޫލޫ

    انا لله وانا اليه راجعون.
    މައްޔިތާގެ ފާފަ ފުއްސަވާ، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށި! އަދިޢާއިލާއަށް ކެތްތެރިކަން ދެއްވާށި!

    8
    1
  6. އިބްރާހިމް އަލީ

    މިކުއްޖާ ވެކްސިން ޖެހިބާ؟

    1
    5