ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި، ދައުލަތުން ސީރިޔާގައި ހަނގުރާމަ ކުރަން ދިވެހިން ފޮނުވި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަބްދުﷲ ސަނީފް ތުހުމަތު ކުރައްވައިފިއެވެ.

ސަނީފްގެ މި ތުހުމަތު ކުރެއްވީ އިސްލާމްދީނަށް ފުރައްސާރަކުރުމުގެ ކުށް ތަފްސީލު ކުރާ ގޮތަށް ގާނޫނުލް އުގޫބާތަށް އިސްލާހުގެ އިސްލާހު ގެނައުމުގެ ބިލްގެ ބަހުސްގައެވެ.

ސަނީފް ވިދާޅުވި ދީނީ ހަރުކަށި ފިކުރަށް ޖަގާ އެންމެ ބޮޑަށް ޖާގާ ދީފައިވަނީ ދައުލަތުން ކަމަށެވެ. އެއީ ލަދުގަންނަން ޖެހޭ ކަމަކަށްވާއިރު އެކަން އެންމެ ބޮޑަށް ކޮށްފައިވަނީ ކުރީ ސަރުކާރުގައި ކަމަށް ވިދާޅުވިއެވެ.

ރަހުމުކުޑަ ގޮތަކަށް އަވާހާރަކޮށްލާފައިވާ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީގެ މަރާއި މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ވަގަށް ނެގުމަށް ފަހު ގެއްލުވާލި މައްސަލައަށް އިޝާރާތް ކުރައްވާ ސަނީފް ވިދާޅުވި އެ މައްސަލާގައި ހިމެނޭ މީހުންގެ ހެކިތައް ހުރެ އެ ހެކިތައް އޭރުގެ ސަރުކާރުން ނައްތާލާފައިވާ ކަމަށެވެ. އެއިން އެއްވެސް ކަމެއް ހޯދިފައި ނުވުމަކީ ކުރީ ސަރުކާރަށް އިނގިލި ދިއްކުރެވޭނެ ކަންތައް ކަމަށް ސަނީފް ވިދާޅުވިއެވެ.

"އަފްރާޝީމް މަރާލި ދުވަހު ސްޓެލްކޯ ސަރަހައްދުގައި ހުރި ސީސީޓީވީ ގެއްލުމަކީ އާއްމުންގެ ހިތުގައި ސުވާލު އުފެދޭނެ ކަމެއް. ރިލްވާން މަރާލުމާއި އޭގައި ހިމެނޭ މީހުން ރާއްޖެއިން ބޭރަށް ފުުރުމަކީ އޭރުގެ ދައުލަތަށް އިނގިލި ދިއްކުރެވޭނެ ކަންކަން" އޭނާ ވިދާޅުވިއެވެ.

އެއަށް ފަހު އޭނާ ތުހުމަތު ކުރެއްވި ގޮތުގައި ރިލްވާން މައްސަލާގައި ހިމެނޭ މީހުންވެސް ސީރިޔާއަށް ފޮނުވާފައިވަނީ ސަރުކާރުންނެވެ.

"ދައުލަތަކުން މީހުން ސީރިޔާއަށް ފޮނުވުމަކީ މިދިޔަ ސަރުކާރުގައި ހިނގި ކަންތައް" ސަނީފް ތުހުމަތު ކުރެއްވިއެވެ.

އެހުރިހާ ކަމެއްގެ ތަކުލީފެއް ޖެހުނީ މި ސަރުކާރަށް ކަމަށާއި އެ މީހުން ގެންނަން ހުރިހާ މަސައްކަތެއް ކުރަން ޖެހުނީ މި ސަރުކާރުންކަން ސަނީފް ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

 1. ލުޓޭރުންގެ ސަރުކާރު

  އެ މީހުން ފުރުވަންދިޔައީ މީނަދޯ...ތިހާ ކަށަވަރުކޮށް ކުރީސަރުކާރުން މީހުން ސީރިޔާއަށް ފޮވިކަންއެގުނީ..ކުރީ ސަރުކާރުން ބޭސްފަރުވާއަށް ބެންކޮކަށްވެސް މީހުންފޮނުވި..

  33
  1
 2. ތިނަދޫ މީހެއް

  ތިނަދޫ މީހާގަޑާ ކަލެޔަށް އެގެނިހާރު އެވާހަކަ ދައްކަންތަ! އެކަން އިގެހުރެ ސިއްރުކުރީ ކީއްވެތަ! ދޮގުހަދައިގެން އަބަދަކު ނޫޅެވޭނެ!

  14
  1
 3. ހަސަންބެ

  ދައްކާނެ ނުދައްކާނަ ވާހަޔެއްނެތި ވަގުތު ބޜކާރުކޮށް ދައުލަތުގެ ރައްޔިތުންގެ ޓެކުސްފައިސާއިން ދިރިއުޅެމުންތިޔަދަނީ! މީނައަށް ވޯޓުދިން ތިނަދޫ މީހުންނަކީވެސް މޮޔައިން!

  15
 4. މުހައްމަދު

  ގޫބައްޑާ! މިގޫބައްޑާމެންނަކީ މިރާއާއްޖޭގާ އުފެދުނު އެއްމެނުބާ މީ ހުން.

  10
 5. މުފައްކިރު.

  ރައްޔަތުން އިންތިޚާބު ކުރި ރައްޔަތުންގެ މަންދޫބެއްގެ ގޮތުގައި ހުރެ މިފަދަ ބޮޑު ބުހުތާން ދޮގު ހަދާއިރު ލަދެއް ޙަޔާތެއްގެ ކަންފުޅެއްވެސް ހުރިތޯ ހިތަށްއަރާ.

  15
 6. ޙާފިޒް

  ކުރީސަރުކާރު ބަދުނާމްކުރަންވެގެން މީނަކުރިކަމެއް ސީރިޔާއައް ހަނގުރާމައައް މީހުންފޮނުވީ މިކަހަލަނުލަފާކަންތައްކުރާ މީހުން ޕާޓީގަ މިތިބީ އަދި މިއައްވުރެން ކަންތައް ބޮޑުވާނެ ބަރުލަމާނުގަ

  11
 7. މޫސަ

  މި މީ ހުންނަށް ކިޔަން އެނގޭ އެއްޗަކީ މިދިޔަ ސަރުކާރު އަބަދު ވެސް މިދިޔަ ސަރުކާރު. ޢެ ސަރުކާރުން ސީ ރިޔާ އަށް މީ ހުން ފުރުވަން ގޮސް ތިބީ މީނައާއި މީނާގެ އަނބިދަރިން ކަމަށްވަނީ

  12
 8. Anonymous

  މަރުވެ ގޮސްފާވާ ބަޔެއްގެ ނަންބޭނުން ކޮއްގެން އިންތިހާބުތަށް ކާމިޔާބުކުރުމަކީ އެމްޑީޕީގެ ނުކުޅެދޭކަން ބޮޑުވަރު

  13
 9. ޖުމާ

  މިކަން ތަހުގީގު ކުރަންޖެހޭ.ހިތުހުތި އެއްޗެއް ބުނެވިގެންނުވާނެ.މިކަހަލަ ކަންކަމުގަ.ހަގީގަތް ބަލަންޖެހޭ.މިދިޔަ ސަރުކާރުގަވެސް ދުނިޔޭގަ އަހަރުމެން ތިބީ.އަދިވެސް މިތިބީ.ކުރީ ސަރުކާރަށްވުރެން ހުރިހާކަމަކުން މިސަރުކާރުގެ ނުބައިކަން ބޮޑު.

 10. ހަޑިމިލޭރު

  ކުރިސަރުކާރުން ވަރަށްކަންކަންކުރި. ގިނަކަންކަންކުރި ގައުމުގެ ތަރއްގީއަށް. ރައްޔިތުންގެ ލާބަޔާ މަންފާއަށް. ތިޔާޖާހިލުބައިގަނޑުއައިސް ރައްޔިތުން ހަނާކުރި އިނދަޖެއްސީ އަޅުވެތިކުރަމުންދަނީ. ދެލޯކަނުބީތާއިންނަކަށް ނުވިސްނޭނެނުވެސްފެންނާނެ. ކޮންމެވެސްމޮޅުއަނގާއެއްތެޅުވޭތޯބަލާތި. ތިޔަކަހަލަބޭކާރުވާހަކަން ގޮނޑިހޫނުކުރަންތިބޭ. މިއަހަރުވެސް މިނިމިގެންދނީ ކުރީސަރުކާރުގެ ބަނދިކިޔާލަކޖޔާލާ ތިއްބާ.އޮއްޓރުހުރިވާހަކއެއްދައްކަންއެނގޭނީވެސް އެގާބިލުކަންޖުރިނަމަތާ. ލަދެއްނުގަނޭ އަނގަހުޅު ވާކަށް.މިނާއަށްތާއެނގޭނީ މިނާބިއްޔަމިކަމުގައި އިސްކޮށްއުޅުނީ. ކުރިސަރުންރައްޔޮތިންގެ ފައިދާއަށް ކޮށްފައިހުރިކަންތައްފެނިދާނެތީއުޅެނީ ކަނނުބަދެގެންހެންބޮޑަށްލަފާކުރއވެނީ.އެހެންވެތާއެނުފެންނަނީ. މިނާގެ ބައިވެރިވުންއޮތްކަމެއްގެވާހަކަތާ އަބަދުދެއްކޭނީ. ލަދުކުޑަބައެއް.

 11. އަބްދޫ

  ތެދުހަދާ މީހަކު ކަމަށް ގަބޫލުކޮށްގެން ހުރި މީހާ ދޮގުހަދަންފެށީތަ؟ ނަސީދުގެ ދަރަޖައަށް ވެއްޓެނީތަ؟