ރާއްޖޭގެ ފިލްމީދާއިރާގައި ވަރަށް ގިނަ ދުވަހު މަސައްކަތް ކުރެއްވި ޗިޅިޔާ މޫސާ މަނިކު އަވަހާރަވެއްޖެ ވެއްޖެއެވެ.

ގައުމީ އިނާމު ވެސް ހާސިލް ކުރައްވާފައިވާ ޗިޅިޔާ މޫސާ މަނިކު އަވަހާރަވީ ވަރަށް ގިނަ ދުވަހު އާލާސްކަންފުޅާއި އުޅުއްވުމަށްފަހު އެވެ.

ފިލްމާއި ތަމްސީލު ކުޅުމުގެ ރޮނގުން ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ޗިޅިޔާ މޫސާ މަނިކަށް ލިބިވަޑައިގެންނެވީ 2009 ވަނަ އަހަރުއެވެ.

ދިވެހި ފިލްމީ ދާއިރާއިން އެންމެ ފުރަތަމަ ޗިޅިޔާ މޫސާ މަނިކު ފެނިގެންދިޔައީ، 1982 ވަނަ އަަހަރު ޓެލެވިޜަން މޯލްޑިވްސުން ތައްޔާރު ކުރެއްވި "މުޙައްމަދު ތަކުރުފާނު" އާދެ! "ޣާޒީ ބަންޑާރައިން" މި ފިލްމުންނެވެ. މި ފިލްމުން ފެނުނު ޗިޅިޔާގެ ފުރަތަމަ ފެނިލުމުންވެސް އޭނާއަކީ، ފިލްމީ ދާއިރާގައިވެސް މުސްތަޤްބަލެއް އޮތް ބޭފުޅެއްކަން ކަށަވަރުވެގެންދިޔައެވެ. އެ ފިލްމުގައި އޭނާ އަދާކުރައްވާފައިވާ ވިޔަޒޯރުގެ ބަޔަށް، ގިނަ ބައެއްގެ ތަޢުރީފު ލިބިގެންދިޔައީ، ޙަޤީޤަތާ އެއްގޮތަށް އޭނާ އެ ދެއްކެވި މޮޅު ހުނަރުގެ ސަބަބުންނެވެ.

ޗިޅިޔާ މޫސާ މަނިކަށް ޤައުމީ އިނާމު ލިބިވަޑައިގަތުމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ބަޔާނުގައި ވިދާޅުވެފައި ވަނީ ފިލްމީ ދާއިރާއަށް ޗިޅިޔާ މޫސާ މަނިކަށް ވެދެވަޑައިގެންނެވުނީ، ތަމްސީލު ކުޅުއްވުމުގެ ދާއިރާގެ ތެރެއިން ކަމަށެވެ. އެއީ 1977 ވަނަ އަހަރުއެވެ. މަޖީދިއްޔާ ސްކޫލްގެ ގޯލްޑަން ޖުބިލީ ފާހަގަކުރެއްވިއިރު ބޭއްވި ސްޓޭޖް ތަމްސީލު ޝޯތަކުންނެވެ. އޭގެފަހުން، އެކި ފަރާތްތަކުން ބޭއްވި ތަމްސީލު ޝޯތަކުގައިވެސް ޗިޅިޔާ ވަނީ ބައިވެރިވެވަޑައިގެންފައެވެ. ތަމްސީލު ކުޅުމުގެ ރޮނގުން ޢާންމު ޚިދުމަތުގެ ހިތްވަރުދިނުމުގެ އިނާމު، 1983 ވަނަ އަހަރު ސަރުކާރުން އޭނާއަށްވަނީ ދެއްވާފައެވެ.

ފިލްމީ ދާއިރާގައި ޙަރަކާތްތެރިވެވަޑައިގަންނަވަން ފެށްޓެވިފަހުން ތަފާތު އެތައް ފިލްމެއްގައި އޭނާ ވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި މިފިލްމުތަކުގައި ތަފާތު އެތައް ރޯލެއް އޭނާ ވަނީ ކުޅުއްވާފައެވެ. 50 އަށްވުރެ ގިނަ ފިލްމުގައި ތަފާތު އެކިބައިތައް އޭނާ ވަނީ އަދާކުރައްވާފައެވެ. މީގެއިތުރުން، 30 އަށްވުރެ ގިނަ ޑްރާމާގައިވެސް އޭނާ ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ޗިޅިޔާ މޫސާ މަނިކަށް "އާފަތިސް" އެވޯޑްވެސް ވަނީ ލިބިވަޑައިގެންފައެވެ. މިގޮތުން، އެންމެމޮޅު ދިވެހި ވާހަކައާއި، އެންމެ މޮޅު ޑައިލޮގް ލިޔުއްވައިގެން ދިވެހި ފިލްމު "ޒަޚަމް" އިން 1995 ވަނަ އަހަރު ބެސްޓް ޑައިލޮގް، ބެސްޓް ސްޓޯރީގެ އިނާމު ލިބިވަޑައިގެންފައިވެއެވެ. އަދި 1996 ވަނަ އަހަރު ބެސްޓް ސަޕޯޓިންގ އެކްޓަރުގެ މަގާމު، ފިލްމު "ހަގު އަނބި"ން އޭނާ ހޯއްދަވާފައިވެއެވެ. "މިއަދު" ނޫހުގެ ކްރިސްޓަލް އެވޯޑް 2008ގެ ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ވެސް އޭނާ އަށް ލިބިވަޑައިގެންނެވިއެވެ.

އެއްވެސް އަގަކާ ނުލައި ވަރަށްގިނަ ދިވެހި ފިލްމާއި ޑްރާމާގައި އޭނާ މަސައްކަތް ކޮށްދެއްވާފައިވެއެވެ. ދިވެހި ފިލްމީ ދާއިރާއަށާއި، މުނިފޫހިފިލުވުމުގެ ދާއިރާއަށް މިވޭތުވެދިޔަ ތާނގައި ނުކުތް ދެޖިންސުގެ އެކި ޢުމުރުގެ ފަންނާނުންނަށް މިދާއިރާއިން ކުރިއަށް ދެވޭނެ ގޮތްތައް ފަހިކޮށްދެއްވައި، އެކަމުގެ ހުނަރު ދަސްކޮށްދެއްވުމުގައިވެސް ޗިޅިޔާވަނީ، ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައިކަން ރައީސް އޮފީހުން ވެސް ފާހަގަ ކުރައްވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ޟަރީ

    ފަސް ޢަހަރު ބަލި އެނދުގަ އޮތް އިރު ކީއްވެބާ ނޫސްވެރިންނަށް ނުލިޔެވުނީ އެހަބަރު..ތިވަރަށް ހިދްމަތް ކޮއްދީފަ އޮތް ްިރުވެސް ތި ފިލްމީ ދާއިރާގެ އެކަކުވެސް އޭނާގެ ހާަލެެއް ބަލާލާކައްނުދޭ ދެން މަރުވީމަ މިފެންނަނީ

    58
    • ސަމްކުޅިބޭ

      ހެޔޮ ވާހަކައެއް. ނޫސްތަކުގައި ލިޔާނެ ގެއްލިގެންދިޔައީ އަގުހުރި މީހެއްކަމަށް. ފިލްމީދާއިރާއަށް ފޫނުބެއްދޭވަރުގެ ގެއްލުމެއް ލިބޭނެކަމަށް. އެތައްއަހަރެއްވަންދެން ބަލިވެ ނުތެދުވި އޮތް އިރު ނުވިގެއްލުމެއް މަރުވީމާ ވާނެގޮތެއް އޮންނާނެބާ؟

  2. ޢިންޖިނިއަރ އެޑިލް

    މިވާގޮތަކީ ބަލިވެ އުޅޭ އި ރު ހަަލު ބަލާ ނުލެވޭ..ދުނިޔެ ދޫކޮށް ދިޔައީމާ ވަ ރށް ފޯ ރި ހުންނާނެ....ދެއްކުން ތެ ރި ކަމުގެ ލާމަސީލް ދިވެހީން.

  3. ރާކަނި ސައްތާރު

    إنا لله وإنا إليه راجعون
    * اللهم اغفر لهما وارحمهما وعافهما واعف عنهما
    * اَللَّهُمَّ ثَبِّتْهما عِنْدَ السُّؤَالِ فِي الْقَبْرِ وَيَوْمِ الْقِيَامَةِ
    * آمِينْ

  4. Anonymous

    ފިލްމުކުޅުމާއި ތަމްސީލު ކުޅުމާއި ގައުމީ އިނާމަކީ އާހިރަތުންއެއްވެސްމަނންފާއެއްހުރިކަމެއްނޫން

  5. ހެޔޮ ދުޢާ

    ތިޔަ ހުރިހާ ބައިވަރު ލިޔުނު އިރު މަރުހޫމް އަށް ހެޔޮދުޢާ އެއް ކޮށްލުން ވެސް ނެތް 💁🏽

  6. އަލިބެއްޔާ

    ނޫސްވެރިންނަކީ ވެސް ހާދަހާ ޒާތެއްގެ ބައެކެވެ.

  7. ގާސިމް

    ޗިޅިޔާ މޫސާމަނިކަކީ ވަރަށް ހިތްހެޔޮ ބޭފުޅެއް. ޗިޅިޔާ މޫސާމަނިކުގެ ފާފަ ފުއްސަވައި އެބޭފުޅާގެ ފުރާނަފުޅަށް މާތްﷲ ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާށި. އަދި ޢާއިލާއަށް ކެތްތެރިކަން ދެއްވާށި. އާމީން.

    11
  8. ޙަސަން

    ޗިޅިޔާ މޫސާމަނިކު ކޮށްދެއްވި އެންމެ ފުރިހަ ޚިދުމަތަކީ މުޙައްމަދު ރަސޫލުﷲ އަށް އަޑުއަޅުއްވައި ދެއްވުމެވެ. އެކަމަކު އެވާހަކައެއް ފަހަގަނުކުރައްވައެވެ. މީހާ ދުނިޔެއިން ވަކިވެ ދިޔުމަށްފަހު ދައްކަންވާނީ އެމީހަކު ކޮށްފައިވާ އެންމެ ރަނގަޅުކަންތަކުގެ ވާހަކައެވެ. އެކަމަކު އެވާހަކަ ދައްކާފއި ނުވާތީ ޙައިރާންވެއްޖައީމެވެ. މުހައްމަދު ރަސޫލުﷲ ގައި ޗިޅިޔާ މޫސާމަނިކުގެ ހުނަރުވެރިކަން ވަރަށް ފުރިހަމއަށް ވަނީ ދައްކަވާދެއްވާފައެވެ..

    6
    1