ރާއްޖޭގެ ހާލަތު ރަނގަޅު ނުކޮށްފި ނަމަ ފިޔަވަޅު އަޅަން ޖެހިދާނެ ކަމަށް ބުނެ ވިލާތުގެ އިއްތިހާދުން ދީފައިވާ އިންޒާރު އެ އިއްތިހާދުން ދިވެހި ސަރުކާރަށް ހަނދާން ކޮށްދީފިއެވެ.

ދިވެހި ސަރުކާރުގެ އެކި އެކި އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނާއި އެކި މުއައްސަސާތަކާ ދެކޮޅަށް ފިޔަވަޅު އެޅުން ފަދަ ހުރިހާ ބާރެއް ބޭނުން ކުރަން މިދިޔަ ފެބްރުއަރީ މަހު ޔޫރަޕިއަން ޔޫނިއަން ކައުންސިލުން ފާސްކޮށްފައިވާ ގަރާރު ދިވެހި ސަރުކާރަށް ހަނދާން ކޮށްދިނީ އިއްޔެ ސަރުކާރުގެ ވަފުދާއެކު އީޔޫގެ އިސްވެރިން ބްރަސެލްސްގައި ބޭއްވި ވާހަކަތަކުގައި ކަމަށް އީޔޫއިން ބުނެއެވެ.

އެ ބައްދަލުވުމަށްފަހު އީޔޫއިން ނެރެފައިވާ ބަޔާނެއްގައި ބުނީ ރާއްޖޭގެ ހާލަތު އިތުރަށް ގޯސްވަމުންދާތީ އެކަމުގެ ކަންބޮޑުވުންތައް ފާޅުކޮށްފައެވެ.

އެ ވާހަކަތަކުގައި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ސައްހަކަމާއި މިނިވަން އަދި އިންސާފުވެރިކަން ކަށަވަރު ކުރުމާއި ބެހޭ ގޮތުންނާއި، އެގޮތަށް ނުވެއްޖެ ނަމަ، ރާއްޖޭގެ ޑިމޮކްރަސީއަށާއި އީޔޫއާއިއެކު އޮތް ގުޅުމަށް ދެން ވާނެ ގޮތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެވުނު ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

" އިދިކޮޅު ފަރާތްތަކާއި މަޖިލީހާއި، ޝަރުއީ ދާއިރާއަށް މިނިވަންކަމާއެކު މަސައްކަތް ކުރެވޭނެ މާހައުލު ފަހިކޮށް ދިނުމައި އިދިކޮޅު ލީޑަރުންނާއިއެކު އިހުލާސްތެރިކަމާއެކު މަޝްވަރާ ފެށުމަށް ބާރު އެޅުން" ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އަދި ރާއްޖޭގެ ހާލަތު ރަނގަޅު ނުވާނަމަ، ސަރުކާރާއި ދެކޮޅަށް ފިޔަވަޅު އެޅުމާއެކު ހަތް ނުކުތާއެއްގެ މައްޗަށް ބިނާކޮށް ފާސްކޮށްފައިވާ ގަރާރުގެ މަތިން، ދިވެހި ސަރުކާރަށް ވަނީ ހަނދާންކޮށްދީފަ އެވެ.

މި ބައްދަލުވުމުގައި އީޔޫގެ ފަރާތުން ބައިވެރިވީ އީޔޫގެ އެކްސްޓާނަލް އެކްޝަންގެ ޑެޕިއުޓީ ސެކެރެޓަރީ ޖެނެރަލް ކްރިސްޓިއަން ލެފްލައާއި، އީޔޫގެ އޭޘިއާ އެންޑް ޕެސފިކްއަށް ކަނޑައަޅާފައި ހުންނަ އޮފީހުގެ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަ ޕައުލާ ޕަމްޕޮލާނީއާއި އީޔޫއިން ރާއްޖެއާއި ލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޓަންގު ލައި މާގިއުއެވެ. އަދި ރާއްޖެގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ފޮރިން މިނިސްޓަރު މުހައްމަދު އާސިމާއި ފިޝަރީޒް މިނިސްތަރު ޑރ.މުހައްމަދު ޝައިނީއާއި، ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝަކޫރެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ކެރީމާ

    އީ ޔޫ އިން ބޭނުންވެއްޖެނަމަ ކެނެރީގެ ހުރި ބިން ދެވިދާނެ ފައްޅިގަޑެއް އަޅަން

  2. އީޔޫ

    ސަރުކާރަށް ޖެހޭނީ އީޔޫ ބުނާގޮތް ހަދަންދޯ.. ހަމަ ޖެހޭނީ ހަދަންދޯ.. އަވަހަށް ހަދަންފައްޓާ.. ނޫނީ ދަތިކުރުމުގެ ފިޔަވަޅު.. އަސަރުކުރާނެދޯ.. ވަރަށް އަސަރުކުރާނެ.. އެހެންވީމަ އީޔޫ ބުނާގޮތްހަދާ..ހަދާ..ހަދާށޭ...

  3. އަޙުމަދު

    ދެން ތިކަހަލަ ފިޔަވަޅެއް އަޅާނެކަމުގެ އިންޒާރު އިސްރާއީލުގެ ސަރުކާރަށާއި

    ވެރިންނަށްވެސް ދޭންވީނު.

  4. ޔަޤީން

    Raajein mammanakaa beerumeehakaa adhirimeeheh dhiyanamaves EU in nimmaanee minimum. EU in nimmaane nimmun meeting ah vure kurinves onnaanee liyefa

  5. ހުމުދު

    އީ ޔޫ އިން ކިތައްމެ ފިޔަވަޅެއް އެޅިޔަސް ޖެހިލުމެއްނުވޭ އަޅާބަލަ އަތްވަޅު އެޅިޔަސް ވަރިހަމަ އަހަރެމެންްނަށް ރިޒުގު ދެއްވަނީ އީޔޫ އަކުންނޫނޭ ، އަހަރެމެން ވާގިއެދެނީ ﷲ ހަޒުރަތުން އަހަރެމެންނަން ރިޒުގު ދެއްވާ އަހަރެމެން ރައްކާތެރި ކުރައްވަނީ ﷲ ، އިންސާ ﷲ