މާލޭގައި ހުންނަ އަތޮޅު ފިހާރަތައް ހުރި ބިންތައް އެ އަތޮޅެއްގެ ކައުންސިލްގެ ބެލުމުގެ ދަށަށް ގެންގޮސްދޭން ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ސައްލެ) ގޮވާލައްވައިފިއެވެ.

ސަރުކާރުގެ ފަރާތުން މަތިވެރި ދާއިރާގެ މެންބަރު އަހުމަދު ޒަރީރު ހުށަހަޅުއްވާފައިވާ ބިންތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ބަހުސްގައި ސަލީމް ވިދާޅުވީ، އެ ބިލުގެ ސަބަބުން ސަރުކާރުން ރުހޭ ވަގުތެއްގައި ބިން ދީ އަދި ނުރުހޭ ވަގުތެއްގައި ބިން އަތުލުމުގެ ސަގާފަތް ނިމުމަކަށް އަންނާނެ ކަމަށެވެ.

ލާމަރުކަޒީ ގާނޫނަށް ފުށުއަރާ މާއްދާތައް އިސްލާހު ކުރަން ހުށަހަޅާފައިވާ އެ ބިލާއި ލާމަރުކަޒީ ގާނޫނަށް އިޝާރާތް ކުރައްވައި ސަލީމް ވިދާޅުވީ މާލޭގައި ހުންނަ އަތޮޅު ފިހާރަތަކުން ލިބޭ އާމްދަނީ އެ އަތޮޅެއްގެ ކައުންސިލަށް ލިބޭނެ ގޮތެއް އޮންނަން ގާނޫނުގައި އެބައޮތް ކަމަށެވެ.

އެހެންވިޔަސް އެ ތަންތަން ރަޖިސްޓްރީ ކޮށްފައި އޮންނަނީ ފިނޭންސް މިނިސްޓްރީގެ ދަށުގައި ކަމަށް ސަލީމް ވިދާޅުވިއެވެ. އެ ތަންތަނާއި އެ ބިމުގެ މިލްކުވެރިކަން އެ އަތޮޅު ފިހާރަ ނިސްބަތްވާ އަތޮޅު ކައުންސިލަކަށް ބަދަލު ކޮށްދޭން ސަލީމް ގޮވާލެއްވިއެވެ.

"އެއީ އަތޮޅުތަކުގެ ރައްޔިތުން ވަރަށް ބޮޑު އެއްޗެއް އިންވެސްޓް ކޮށްގެން ހަދާފައިވާ ފިހާރަތައް، އެ ތަންތަން ރަޖިސްޓްރީ ކޮށްފައި ވަނީ ފިނޭންސް މިނިސްޓްރީއަށް، އެ ތަންތަނުގެ މިލްކުވެރިކަން އަތޮޅު ކައުންސިލްއަށް ބަދަލު ކޮށްދޭން އަޅުގަނޑު އެދެން،" ސަލީމް ވިދާޅުވިއެވެ.

ސަލީމް ފާހަގަ ކުރެއްވި ގޮތުގައި އެއިން ކޮންމެ ފިހާރަކައަކުން ކޮންމެ އަހަރަކުހެން ގާތްގަނޑަކަށް 20 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ އާމްދަނީއެއް ލިބެއެވެ. އެ ފައިސާ އަތޮޅު ކައުންސިލްތަކަށް ލިބޭނަމަ، އެ އަތޮޅުގެ ތަރައްގީއަށް ހޭދަ ކުރާނެ ރަނގަޅު އާމްދަނީއެއް ލިބިގެން ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ ކުރީން ވެސް ފިނޭންސް މިނިސްޓްރީން ވަނީ ހަތަރު އަހަރު ދުވަހު މާލޭގައި ހުރި އަތޮޅު ފިހާރަތަކުން ލިބޭ ފައިސާ ދިނުން ހުއްޓާލާފައެވެ. ފަހުން އަނެއްކާ ވެސް އެ ފައިސާ އަތޮޅުތަކަށް ދޫކުރަން ފަށާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. އަބްދޫ

    ޔޔ ތި ޔަ ބިންތައް އަތޮޅު ކައުންސިލް ތަކުން ވަގަށްނަގާ ފިނޭންސް ގެ ތަންތަން ކަމުގަ ހަމަޖެއްސީ ނަސީދު ގެ އެމްޑީޕީ ސަރުކާރުން.އެކައުންޓް ތަކުގަ ހުރި ރައް ޔިތުންގެ އެތައްމިލިއަން ރުފި ޔާ ވެސް ކައުންސިލް ތަކަށް އެގުމަކާނުލާ ނަސީދުގެ ސަރުކާރުން ވަނީ ދިރުވާލާފަ. މިޢީ ސަރުކާރުން ރައްޔިތުންނަށް ބަދަލު ލިބެންޖެހޭ ކަންކަން.

    10
  2. ސަމީ

    ތިހުރިހާ ތަނެއް މިހާރު ނަގަންވީ މަލެ އަށް ކޮންހައިސިއްޔަތަކުން އަތޮޅު ތަކަށް މިހާރު ދޭންޖެހެނީ

    7
    1
    • ފާއިޒު

      އަތޮޅު ތެރޭ ހުރި ފަޅުރައްތަކާއި ރިސޯޓް ތަކުން ލިބޭ ފައިސާ ބައިތުލްމާލަށް ލައި އެއިން މާލޭގެ އެކިއެކި ކަންކަމަށް ޚަރަދުކޮށް ހެދޭކަން ދެނަހުރިން ހެއްޔެވެ.
      މާލެ ތަަރައްޤީ ވީއަކީ ހުސް އެކަނި މާލެއިން ލިބޭ ފައިސާ އަކުން ނޫނެވެ. އަތޮޅުތަކަށް ބަލާއިރު އެ އަތޮޅެއްގައި ހުރި ރިސޯޓަކުން ހަމައެކަނި ޚަރަދު ކުރެވެނީ އެ އަތޮޅަކަށް ކަމަށްވާނަމަ މާލޭގައި ތި އުޅޭ އެންމެން މާލެ ދޫކޮށް އަތޮޅުތަކަށް ހިޖުރަކޮށްފާނެއެވެ.

      2
      1
    • ސަމްކުޅިބޭ

      ސަމީ އިއްޔެ މެންދުރު ކުއްޖެއްވީމާ ތަނެއްދޮރެއްނޭގި ކޮމެންޓް ކުރިއަސް ކަމަކު ނުދާނެ. އަތޮޅު ފިހާރަ ތައް އަޅާފައި އެހުރީ އަތޮޅުތަކުގެ ރައްޔިތުން އަމިއްލައަށް ފަޅުހިއްކާގެން. އެކޮންމެ ފިހާރައެއްގެ ބިމުގެ ދެބައިކުޅަ އެއްބައި ނާސިރުގެ ވެރިކަމުގެ ފަހުކޮޅު އެވަނީ ސަރުކާރަށް ނަގާފައި. ފިހާރަތައް އަޅާފައި ފިހާރަތައް ހިންގީވެސް އަތޮޅުރައްޔިތުން. މިހާރުވެސް އޭރުވެސް ހައިސިއްޔަތު އޮތީ އަތޮޅުތަކަށް. ސަރުކާރުން ނުހައްގުން ފިހާރަތައް އަތުލާގެން މިހާރު ކުއްޔަށްދީގެން އެފައިސާ ނަގަނީ.

  3. މަރުކަޒް

    ނުޖެހޭނެ ދޭކައް. އެއި މާލެ ގަ ހުރި މާލެ ބިންތައް. އަމަތްޔާއި. މިމީހުން މިއުޅެނީ ހ ބަލ ވެގެންތަ!

    11
    4
    • ޒައިކް

      މާލޭގަ ހުންނަ ކޮންމެ ތަނަކީ މާލޭ މީހުންގެ ތަންތަނެއް ނޫން.. އެހެންވިއްޔާ އަތޮޅުތެރޭގަ މާލޭ މީހުން ގަނެފަ ހުރި ބިންތައްވެސް ނަގަންވީ އަތޮޚު ކައުންސިލުތަކުން.. އެއީ އަތޮޅުތަކުން ހިއްކާފަ ހުރި އެމީހުންގެ އަމިއްލަ ބިންތަކެއް

  4. ާައަހުމަދު

    މާލެވެސް ނަގާ އަތޮޅުތަކަށް ދޭންވީނު، އަތޮޅުތަކު މީހުންނަށް މާލޭން ބިމާ ފްލެޓާވެސް ލިބޭ އެކަމު މާލޭ މީހަކަށް އަތޮޅަކުން އެއްތަނެއްވެސް ނުލިބޭ މީއިންސާފުތަ؟

    5
    3
  5. އެލެކްސް

    ތިތަންތަން ދޭންވީ މެންބަރުން ވިޔަފާރި ކުރާން ކޮންމެހެން ކައުންސިލް ތަކަކަށް ދޭނެ ކަމެއްނެތް. ރައްޔިތން ބައިތިއްބާ ވޯޓް ނަގަންވީމާ މޮ ޅު ވާހަކަޔެއް ދެެއްކީމަ ހުރިހާ ކަމެއްއެނިމުނީ. ކޮބާ ސަރުކާރު 100ދުވަސް ތެރޭ ނިންމަން ބުނި ކަންތައްތައް އަދި މިއު ޅެނީ 100 ދުވަސް ވެސް ހަމަނުވެ . އަނެއްކާ އަނެއް ވާހަކަ ތިގޮވަނީ. ސަލީމޫ އަގަތެޅިދާނެ. އަމަލުން ދައްކަބަލަ

  6. ގުދުގުދާބެއްޔާ

    މާލޭ ސިޓީގައި އަތޮޅު ކައުންސިލްއަށް ނިސްބަތްވާ ބިންތަކެއްނުހުންނާނެ! ހުންނާނީ މާލެ ސިޓީ ކައުންސިލް އަށް ނިސްބަތްވާ ބިންތައް! ތިޔަ ތަންތަން އަތޮޅުތަކުގެ ކައުންސިލްއަށް ދޭންޖެހޭ އެއްވެސް އުސޫލެއް ނޯންނާނެ! މިހާރު މިހިގަނީ ލާމަރުކަޒީ ގާނޫނު!

    3
    2
    • ޒާއި

      މާ ބޮޑަށް އެނގިފަ ތިޔަ ހުރީ.. އެއީ އަތޮޅުތަކުގެ ރައްޔިތުން ގާ ދޯންޏާ ވެލި ދޯނި އަތޮޅުތަކުން ގެނެސްގެން މޫދުން ހިއްކި ބިންތަކެއް އެހެންވެ އޭތު އަތޮޅުތަކަށް ރަޖިސްޓްރީކޮށްދިނީ އެ ބިންތައް.. ތިޔަ ހެންކކަމަށް ވަންޏާ ރަަށްރަށުގަ ހުރި މާލޭ މީހުބްގެ ބޮޑެތި ބިންތައްވެސް ކައުންސިލްތަކަށް ނަގަންވީ.. އެހެން ނޫނަސް ކެޕިޓަލްސިޓީއޭ ކިޔަނީ ބޭނުމަކު.. އެ ސިޓީގަ މުޅި ޤައުމުގެ ރައްޔިތުންގެ ހައްޤު އޮންނާނެ

  7. ކަރީމް

    ދެން ކޮންކަމަކާ ލައިގެންތަ އަހަރެމެން ރަށުގަ ވެހިކަލްދުއްވީމަ އެނަގާ އަހަރީ ފީއާ ރޯޑްވޯތްނެސް ލާރިކޮޅު މާލޭ ސަރުކާރަށް ޖަމާކުރާކަށް ޖެހެނީ..؟؟؟؟

    3
    2
  8. Anonymous

    ބަލަ ލާމު އަތޮޅު ގަމުގަ މާލޭ ބޭބޭ ފުޅުންގެ ކިތައް ބިން އެބަ ހުރިތަ؟

  9. ހަޤީގަތް

    މާލޭ ބިންތައް ރާއްޖެތެރޭގެ ކައުންސިލްތަކަށް ދޭކަށް ނުޖެހޭނެ. އެއީ މާލޭ ސިޓީކައުންސިލްގެ ދަށުގައި އޮންނަންޖެހޭ ތަންތަން. މާލޭގެ ރައްޔިތުންގެ ބިންތައް. ރަށްރަށުގެ ކައުންސިލުން އެރަށެއްގެ ބިންތަކަށް ބާރު ފޯރުވަންޖެހޭނީ މާލޭގެ ބިންތަކަށްނޫން. ކީއްވެ ރަށްރުގެ ބިންތަކުން އެރަށެއްގެ ރައްޔިތުންނަށް ގޯތި ދޭއިރު މާލޭ މީހުންނަށް ރަށުގެ ރައްޔިތުންނެކޭ އެއްފަދައިން އެރަށަކުން ގޯތި ނުދީ އެރަށެއްގެ ރައްޔިތުންނަށް ގޯތި ދެނީ؟

  10. ހަވާސާ ހަމީދު

    ލާމަރުކަޒީ ގާނުނުގެ ދަށުން ތިޔަ ބުނާ އަތޮޅު ފިހާރަތަށް މިހާރު ހުންނަން ޖެހޭނީ މާލޭ ސިޓީ ކައުންސިލްގެ އިހުތިސާސްގެ ތެރޭ ! މިގޮތަށް މިކަން ނުވެ އަތޮޅު ކައުންސިލްތަކަށް މިފިހާރަތަށް ދެނީވިއްޔާ ކޮންމެ އަތޮޅަކުން ފަޅުރަށެއް މާލޭ ސިޓީއަށް ދޭންޖެހޭނެ!

  11. ކޮރަލް

    އަތޮޅު ފިހާރަ ތައް ހުރި ތަންތަން ހުރީ އެއްވެސް ބަޔަކަށް ކުއްޔަށް ދެވޭ ވަރަށް ވުރެ ބާ ވެފަ އެވެ. އެތަންތަން ވަގުތުން ނޯޓިސް ދީ ހުސް ކުރަން ވީ އެވެ. މީހުނަށް ވަދެ އުޅެވޭ ވަރަށް ހަދާ ފަ ކުއްޔަށް ދޭން ވީ އެވެ. ބައެއް ތަންތަން ބޮލަށް ވެއްޓޭ ވަރު ވެފަ އެވެ. އެއްވެސް ބަޔަކު އެވާހަކަ ނުދައްކަ އެވެ.