ރަހީނުކޮށް ކުޑަ ފިރިހެން ކުއްޖަކު މަރާލައި މޫދަށް އެއްލާލާފައި އޮއްވާ ފެނުނު މައްސަލައިގައި ހައްޔަރުކުރި ނ. ލަންދޫ، ބަގީޗާގޭ، އިބްރާހިމް ޒިހާންގެ ޝަރީއަތް މާދަމާ ކްރިމިނަލް ކޯޓުގައި ފަށަން ތައްޔާރުވެއްޖެއެވެ.

ޒިހާންގެ މައްޗަށް މަރުގެ ދައުވާއެއް ހިމެނޭ ގޮތަށް 13 ދައުވާއެއް ވަނީ ކޮށްފައެވެ.

އޭނާގެ މައްޗަށް މި ދައުވާތައް ސާބިތުވެއްޖެ ނަމަ 100 އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ. ޒިހާންގެ މައްޗަށް އުފުލި ދައުވާތަކުގެ ތެރޭގައި ޖިންސީ ގޯނާގެ ފަސް ދައުވާއެއް ވެސް ހިމެނެއެވެ.

ޒިހާންގެ މައްޗަށް މައިގަނޑު ގޮތެއްގައި ކުރި ކަމަށް ތުހުމަތު ކުރަނީ ހަތަރު ކަމަކަށެވެ. އެއީ ޖިންސީ ގޯނާ ކުރުމުގެ އިތުރުން ގަސްތުގައި މީހަކު މެރުގެ ތުހުމަތާއި މާރާމާރީ ހިންގުމާއި ރަހީނުކުރި ކަމުގެ ތުހުމަތެވެ.

އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަތަކުގައި އެކަށީގެން ވާ ވަރަށް ހެކި ލިބިފައި ވުމުން ޝަރީއަތް ނިމެންދެން ހުރީ ބަންދުގައެވެ.

އޭނާގެ ޝަރީއަތުގެ އަޑުއެހުން އޮތީ މާދަމާ ހެނދުނު 11:00 ގައެވެ.

މާލޭގައި ދިރިއުޅެމުން އަންނަ އެ ކުއްޖާ ގެއްލުނީ މިދިޔަ ޖޫން މަހުގެ 19 ވަނަ ދުވަހުއެވެ. އެ ކުއްޖާ ނުފެނިގެން ފުލުހުންނަށް ރިޕޯޓްކުރީ ޖެހިގެން އައި އާދީއްތަ ދުވަހުއެވެ. އެއާއެކު ފުލުހުން ހޯދި ހޯދުންތަކުން އެނގުނު ގޮތުގައި އެ ކުއްޖާ ވަނީ ރަހީނު ކޮށްފައެވެ. ފުލުހުން ކުރި މަސައްކަތުން އެ ކުއްޖާ ފެނުނުއިރު އޮތީ ހުޅުމާލެ ދެ ވަނަ ފިޔަވަހީގެ މޫދުގައި ފޮއްޓަކަށް ލައި މަރާލައިފައެވެ.

މަރާލާފައިވާ އެކުއްޖާގެ ހަށިގަނޑު ފެނުނީ އާންމުންގެ މީހަކު، ހުޅުމާލެ ފުލުހުންނަށް ކުރި ރިޕޯޓަކާ ގުޅިގެންނެވެ. އެމީހާ ރިޕޯޓުކޮށްފައި ވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އާންމުން ވަނުން މަނާ ސަރަހައްދުގައި ކުއްޖަކަށް އަނިޔާކޮށްފައިވާ ކަމަށް ބުނެއެވެ.

މި މައްސަލައިގައި ޒިހާންއާ އެކު އެކަމުގައި ބައިވެރިވި އިތުރު މީހަކު ވެސް ހައްޔަރު ކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބޯޖަލީލު

    މިކަހަލަ ލަދުވެތި (އަވަގުރާނަ) ރަމްޒުކުރާ ފުޓޯ ނުޖަހާށޭ

  2. އިއުލާން

    އޭނާ އަތުން އެދައްކައިދެނީ އަންހެނާގެ ކުރިމަތިފަރާތް މި ނުވޭތަ ބޭއަދަބީ މަންޒަރަކަށް ؟