ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ދިރިއުޅުއްވާ ތަންތަން ކައިރިން އެ ބޭފުޅުންނަށް ޚާއްސަ ޕާކިން ސްލޮޓް ހަމަޖެއްސައިދިނުމަށް ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒު އަދި ސުލޫކު ކޮމިޓީ އަށް ހުށަހަޅައިފިއެވެ.

މިހުށަހެޅުން ހުށަހަޅުއްވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު މުޙައްމަދު ރާއީއެވެ. މި ހުށަހެޅުއްވުމަށް ތިނަދޫ ދެކުނު ދާއިރާގެ މެމްބަރ ޢަބްދުﷲ ސަނީފު ވަނީ ތާއީދުކުރައްވާފައެވެ. އެހެންކަމުން އެ ހުށަހެޅުމާ މެދު މަޝްވަރާ ކުރަން ކޮމިޓީއަށް އެޖެންޑާކުރަން ވަނީ ނިންމައިފައެވެ.

ރާއީ ހުށަހެޅުއްވީ ސަރުކާރަށް ދައްކަން ޖެހޭ ފައިސާ ދެއްކުމަށް ފަހު މެންބަރު ކަމުގައި ހުންނަ މުއްދަތުގައި އެ މެމްބަރުންނަށް ޕާކިން ސްލޮޓް ހަމަޖައްސައިދިނުމަށެވެ. އަދި އެގޮތަށް ހަމަޖައްސަން ބޭނުން ވަނީ ކޮމިޓީން ފާސްކޮށް މަޖިލިސް ތަޅުމަށް ހުށަހަޅުމަށް ފަހު މަޖިލީހުން އެކަން ފާސްކޮށްގެން ކަމަށް ވެސް ރާއީ ވިދާޅުވިއެވެ.

ރާއީ ވަނީ މެމްބަރުންގެ ސަލާމަތީ ކަންކަން މުހިންމުކަން ފާހަގަކުރައްވައި މިހާރު ޕާކް ކުރުމަށް ވަރަށް ގިނަ ދަރިކަން ދިމާވާކަން ފާޙަގަކުރައްވާފައެވެ. ވަޒީރުންނާއި މެނޭޖިން ޑިރެކްޓަރުން ފަދަ ބޭފުޅުންނަށް ޕާކިން ސްލޮޓް ހަމަޖައްސާފައި ވާއިރު އެފަދަ ފުރުސަތެއް މެމްބަރުންނަށް ވެސް ލިބެން ޖެހޭ ކަމަށް ރާއި ފާހަގަކުރެއްވިއެވެ.

މިފަދަ ހުށަހެޅުމެއް މަޖިލީހަށް ހުށަހަޅާފައި ވާއިރު މާލެ ސިޓީ ކައުންސިލުން ވަނީ ވެހިކަލްތަކަށް ކުއްޔަށް ދޫކުރާ ޕާކިން ސްލޮޓުތައް ގަރާޖުގެ ގޮތުގައި ރަޖިސްޓްރީކޮށްގެން ބޭނުންކުރެވޭ ގޮތް ހަދަން ނިންމާފައެވެ.

ކައުންސިލުން ވިދާޅުވި ގޮތުގައި މިހާރު ހުސްކޮށް ހުރި ސްލޮޓްތަކާއި އަލަށް ހަދާ ސްލޮޓްތައް ވެސް އެގޮތަށް ދޫކުރަން ކައުންސިލުން ވަނީ ނިންމާފައވެެ. އަދި ކައުންސިލާ އެކު އެއްބަސްވުމެއް ހަދައި ޕާކިން ސްލޮޓް ގަރާޖެއްގެ ގޮތުގައި ރަޖިސްޓްރީ ކުރެވޭނެ ކަމަށް ވެސް ކައުންސިލުން ވިދާޅުވިއެވެ.

އެގޮތުން ކައުންސިލުން ދޫކުރާ ޕާކިން ސްލޮޓުތައް ގަރާޖުގެ ގޮތުގައި ކުއްޔަށް ދޫކުރާނީ 25،000ރ. ދެއްކުމަށް ފަހު މަހަކު 1،500ރ. ދައްކާ ގޮތަށް ކަމަށް ވެސް ކައުންސިލުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ހަރާސި

  އަމިއްލަފުޅު އަގު ހިފަހައްޓަން ބޭނުންފުޅިއްޔާ، މެމްބަރުންނަށް ދެއްވާ ސްލޮޓަށް އެ ބޭފުޅުންގެ މުސާރަފުޅާ ބައްދަލު ފީއެއް ނަންގަވަން ވާނެ ކަމަށް ފެނޭ!

 2. ހަވާސާ އިބޫ

  މަޖީލީސް ކުރާގެ ފަރުކޯޅުފުއްޓަށް ބަދަލުކޮށްފައި އެމެންބަރުން ތިބޭނެތަންވެސް އެތާންގައި ހަދަންވީ އޭރުން މާލޭގެ މިތޮއްޖެހުމަށްވެސް ލުއިލިބޭނެ އަދި ބޮޑުވަޒީރުގެ ގަންޑުވަރާއި ނައިބުރައީސްގެ ގަނޑުވަރާއި އުއްތަމަފަނޑިޔާރު މަނިކުފާނުގެ ގަނޑުވަރުވެސް ބަދަލުކުރަންވީ ފަރުކޮޅަށް އޭރުން ސެކިއުރިޓީވެސް ބަލަހައްޓަން ފަސޭހަވާނެ !

 3. ސަޑުހަސަނު

  ވާވާހ ސާބަހޭ.... ޕާކިންސްލޮޓްވެސް ހުޅުމާލެއިން ބިންތައްވެސް ދެންއަދި އެހެންޗެއް ހުއްޓަސްއެވެސްދީފަ ބަހައްޓާ. އާންމު މީހާ ގަނަތެޅެންޖެހޭނި.

 4. ައަބޫ

  ކޮސްގޮވަނީ މަގާމެއްލިބޭއިރައް 5 އަހަރުނިމުނީމަ ފެއްނާނެ މަސްމާރުކޭޓްތެރެއިން .

  1
  1
 5. ހަވަރު

  މެންބަރުންނަށް ގޭކުރިމަތީ ނާސިގެއާ ބަރވެސް އަޅައިދީބަލަ

 6. ހުސޭނުބޭ

  މިދެން ހާދަ ގޮތެއްފޮތެއްނެތް ބައެކޭ! ރާއްޖޭގައި ތިބި އެންމެ ބޮޑެތި މުއްސަދިންނަށް ޕާކިން ސްލޮޓް ދީގެން ނުވާނެ! މަހަކު 30000 އަށް ވިއްކަންޖެހޭނީ! ރައްޔިތުން ހަނާވާއިރު މީމީހުން އުޅެނީ މުޅި ދުނިޔެ ބައްކޮށްގެން!

 7. ކިޔުންތެރިއެއް

  ތި އިއްޒަތްތެރިކަމަށް ދައުވާކުރާ މީހުންނަށް ހުރިހާ މޮޅެއް. ވޯޓު ހޯދަންވީމަ ރައްޔިތުން ހޮދާނެ ކޮށްދޭ އެއްކަމެއްވެސްނެއް. މީހަމަ ގައުމަށްއޮތް މުސީބާތެއް. ރައްޔިތު މީހާއަށް ޕާކުކޮށްލާނެ ތަނެއް އޮތީކީނޫން. ޕާކުކުރުމަށްވެސް ރުފިޔާގަނޑެއް ރައްޔިތުންއަތުން ޖަހާގަނެވޭތޯއުޅެނީ.