ރާއްޖޭގެ ބޮޑު ސަރަހައްދެއްގެ ކަނޑުތައް ވަރަށް ގަދަވާނެ ކަަމަށް ލަފާކޮށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފިއެވެ.

މިހާރު ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަނީ ވާރޭ ވެހެމުންނެވެ. މެޓް އޮފިހުން ލަފާކޮށްފައިވާގޮތުގައި އުތުރުގެ އެކިހިސާބަށް ވިއްސާރަކުރާނެއެވެ. ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހި ގުގުރުން އެކަށީގެންވެއެވެ.އަދި ކަނޑުތައްވެސް ގަދަވާނެ ކަމަށް ލަފާކޮށްފައި ވެއެވެެ.

މެޓް އޮފީހުން ދެންމެ ނެރުނު ސަމާލުގައި ބުނެފައި ވަނީ، ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާއި ހަމައަށް ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެ ކަަމށާއި، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށްފައި ވެއެވެ.

މި ސަމާލުގެ މުއްދަތު ހަމަވާނީ މިރޭ 22:30 އަށެވެ.

މެޓް އޮފީހުން ވަނީ ރާޅުގެ އުސްމިން ހުންނާނީ 3 - 6 ފޫޓުގައިކަން ހާމަކޮށްފައެެވެ.