އަލަށް އުފައްދާ ސިޔާސީ ޕާޓީ، މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އާ ގުޅިވަޑައިގަންނަވަނީ ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ސިޔާސީ އިންގިލާބެއް ގެނެވޭނެ ކަމުގެ އުއްމީދުގައި ކަމަށް ދާދި ފަހުން އެ ޕާޓީއަށް ގުޅިވަޑައިގެންނެވި ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.

ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގައި 12 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތް ކުރެއްވުމަށް ފަހު އެ ޕާޓީ ދޫކޮށްލުމާ ގުޅޭ ގޮތުން "ވަގުތު ހަވާސް" ޕްރޮގްރާމްގައި ސުވާލު ކުރުމުން ޝިދާތާ ވިދާޅުވީ އެ ކަމުގައި ވަކި ޚާއްސަ ސަބަބެއް ނެތް ކަމަށެވެ.

އެހެން ވިޔަސް ވަޒީރު ކަމުން ދުރުވެވަޑައިގެންނެވި ފަހުން ވޭތުވެދިޔަ ދެ އަހަރެއްހާ ދުވަހުގެ މުއްދަތުގައި ސިޔާސީ މަސްރަހާ މެދު ވަރަށް ބޮޑަށް ވިސްނާލަން ފުރުސަތު ލިބިވަޑައިގަތް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ރާއްޖޭގެ މަސްރަހަކީ ކުއްލި ބަދަލުތައް އަންނަ މަސްރަހެއްގެ ގޮތުގައި ސިފަކުރެއްވިއެވެ.

"މެދުކެނޑުމަކަށް ފަހު އަލުން ސިޔާސީ މަސައްކަތަށް ނުކުންނަން ވިސްނިއިރު ގަބޫލު ކުރެވުނީ މުޅިން ތަފާތު ސިޔާސީ ވިސްނުމަކާ އެކު ކުރިއަށް ދާން ޖެހޭ ވަގުތު އައިސް ޖެހިފައިވާ ކަމަށް." ޝިދާތާ ވިދާޅުވިއެވެ

ނަމަވެސް އޭނާއަކީ އަވަސް އަވަހަށް ޕާޓީ ބަދަލުކޮށް، އެއް ޕާޓީން އަނެއް ޕާޓީއަށް ދުވާ މީހުންގެ ތެރޭގައި ހިމެނޭ މީހެއް ނޫން ކަމުގައި ވިދާޅުވިއެވެ. އަދި ވަރަށް ދިގު މުއްދަތެއް ވަން ދެން އެއް ޕާޓީއަކަށް އިޚްލާސްތެރި ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބަށް ދެން އޮތީ އެންމެ ދެ އަހަރެއްހާ ދުވަސް ކަން ފާހަގަ ކުރައްވައި ޝިދާތާ ވިދާޅުވީ އެމްއެންޕީއާ ގުޅިވަޑައިގަތީ މި ދެ އަހަރު ދުވަހުގެ ތެރޭގައި ސިޔާސީ އިންގިލާބެއް ގެންނަން ޖެހޭ ކަމުގައި ގަބޫލު ކުރެވިގެން ކަމަށެވެ.

"ރިޔާސީ އިންތިޚާބަށް އޮތީ އެންމެ ދެ އަހަރެއްހާ ދުވަސް. މި ދެ އަހަރު ދުވަހުގެ މުއްދަތުގައި ޕޮލިޓިކަލް ޓްވިސްޓްއެއް ގެނެވޭނެ." ޝިދާތާ ވިދާޅުވިއެވެ.

އެމްއެންޕީގެ ރިޔާސީ ޕްރައިމަރީގައި ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް (ކާނަލް) ވާދަކުރައްވާނެ ކަން އިއުލާން ކުރައްވާފައިވާ ކަން ފާހަގަ ކުރައްވައި ޝިދާތާ ވިދާޅުވީ އުއްމީދަކީ ނާޒިމްއާއެކު މި ދެ އަހަރު ދުވަހުގެ ތެރޭގައި ރަނގަޅު މަސައްކަތްތަކެއް ކުރެވުން ކަމަށެވެ.

"އަލަށް އުފައްދާ ޕާޓީއެއްގައި އަޅުގަނޑުމެން ހިމެނިގެން ގިނަ މަސައްކަތްތަކެއް ކުރެވޭނެ ތަން އަޅުގަނޑަށް ފެންނަނީ، އަޅުގަނޑުގެ ވެސް ބޮޑު ދައުރެއް އަދާ ކުރެވިގެން ނަތީޖާތަކެއް ނެރެވޭ މަންޒަރު އަޅުގަނޑަށް ފެނޭ." ޝިދާތާ ވިދާޅުވިއެވެ.

އެމްއެންޕީއަކީ މަޖިލީހުގެ ފަސް މެންބަރަކު އިސްވެ ހުންނަވައިގެން އުފައްދަވާ ޕާޓީއެވެ. އެ ޕާޓީގެ މަސްއޫލުވެރިޔެއްގެ ގޮތުގައި ޕާޓީ އުފެއްދެވުމުގެ ފޯމު އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހެޅުއްވީ ނާޒިމްގެ އާއިލީ ގުޅުމެއް ވެސް އޮންނަ ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމްއެވެ.

ނާޒިމްއާއި އުޝާމްގެ އިތުރުން ދެން އެ ޕާޓީއަށް ގުޅިވަޑައިގަތް މަޖިލިސް މެންބަރުންނަކީ، ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒްއާއި، ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އާއި، ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލް މުހްސިން ހަމީދު (ޖޭފޯ) އެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

 1. އައިކުޑް

  ޝިދާތާ އެއީ ކުޅަދާނަ ސިޔާސީ ފަހުލަވާނެއޭ އެކަމަކު އާންމު މައުލޫމާތު ނުވަތަ ޖެނެރަލް ނޮލެޖް ވަރަށް މަދު އަންހެނެއް ކަން ފާހަގަ ވެއޭ ޝިދާތާ އަމިއްލަ އަށް މާލޭގެ ހުރިހާ ގެބިސީ ތަކަށް ވަދެ ސާފުކުރަންވީ މާލޭގައި ފުނި ޖެހިފައި ހުރި މައްސަލަ ތަކަށް ހައްލު ހޯދާނެ ގޮތް އެގޮތުން އެބަޖެހޭ މާލޭ ތިލަފުށިން ފެށިގެން ގޮސް ގާފަރާއި ޖެހެން ދެން މާލޭގެ އުތުރު ފަރާތު ހުޅަނގު ބިތުގައި ހުރިއްޔާ ހުރި ހުރިހާ ފަޅު ތައް ހިއްކާލާ ޖަޕާން ނުވަތަ ޗައިނާ އާއި ގުޅިގެން ލޯނެއް ނަގައިގެން މިކަން ކުރަން ބްރިޖް އަޅަން އަދި މާލެ އަތޮޅަކީ އެއީ މާލެ ސަރަހައްދު ކަމަށް ކަނޑައަޅާ މާލެ ސަރަހައްދުގައި ހުރިއްޔާ ހުރި ހުރިހާ ފަޅެއް ހިއްކާލާ އެތަން ތަނުން ބިން ތައް ހިލޭ ދިވެހިރައްޔިތުންނަށް ދޭން ނިންމަން ވިސްނާ އެކަމަށް ސިޔާސަތު ތައް އެކުލަވާލަން އައި ކުޑް ލައިކް އިޓް ޓިލް ދަ ޑޭ ދެޓް އައި ޑައި ޑައި ޑާއި ޑާއި..

  9
  6
  • ބެއްޔާ

   ފަހުލަވާނުގެ ކުޅަދާނަކަމުން މިނިސްޓަރުކަމުން ވަކިކުރީ. އައިކުޑަށް އެކަން ނޭގެނީކަމަށް ވެދާނެ.

   15
   2
 2. Anonymous

  ކޮބާތަ ތިބުނާ ސިޔާސީ އިންގިލާބަކީ؟ ގައުމުގެ ބައިތުލްމާލު އިތުރަށް ދަވާލުންތަ؟ ސިޔާސީ އިންގިލާބެއް ނުގެނެވޭނެ. ސިޔާސީ މީހުން ކުރާނީ ހަމަ އެއްކަމެއް. އެއީ ޖެހުނު ތަނަކުން ކެއުމާއި ބޮޑެތި ނާޖާއިޒް ޑީލްތައް ހަދާ މުއްސަނދި ވުން.

  37
 3. ސސ

  ދެން އެކުލަވާ ސަރުކާރެއްގައި ޝި ދާތާއަށް މިނިސްޓަރުކަން ލިބޭނެ ކަމުގެ އުއްމީ ދުގައި ހުރިން !

  9
  6
 4. ދެޓްވޭ

  ތިލަފުށީގައި ރަނގަޅު ކުނި ކޮށްޓެއް ހަދާ އަދި ތިލަފުއްޓަށް ޖަމާކުރާ ކުނީގެ އެކި ބާވަތް ތައް ވިއްކައިގެން ވިޔަފާރި އުސޫލުން އެކަން ކުރެވޭނެއޭ އެކަން ނުކުރެވޭނެއޭ ރާއްޖޭގައި ރިޔާސީ ނިޒާމް އޮވެ ރިޔާސީ ނިޒާމް ދަށުން އައްޔަން ކުރާ މިނިސްޓަރަކަށް އެކަން ކުރެވޭނީ ބަރުލަމާނީ ނިޒާމަށް ރާއްޖޭގައި ވެރިކަން ކޮށްގެން ބަރުލަމާނީ މިނިސްޓަރަކު ތިމާވެށި މިނިސްޓަރަކަށް ހުރެގެންނޭ އައި ވޮނާ ހިއަރ ޔޫ ސޭ އައި ވޯންޓް އިޓް ދެޓް ވޭ ޔޭއް ނޯ މެޓަރ ރާއްޖެއަށް ބަރުލަމާނީ ނިޒާމެއް ގެންނަންވީއޭ ބަރުލަމާނީ ނިޒާމެއް ގެންނަންވީއޭ އައި ވޯންޓް އިޓް ދެޓްވޭ..

  2
  12
 5. ނޯމެޓަރ

  ސަރުކާރުން މައްސަލަ އެއް ނެތޭ ތަސްބީހަ އެއް ކިޔާ ގޮތަށް މާލެ ސަރަހައްދުގައި އުފެދޭ ކުނި ނާންދާ ކުނި ނައްތާލާނަމޭ ސަރުކާރުގެ ހުރިހާ މިނިސްޓަރުން ރައީސް އޮފީސް ކުރިމަތީ ސަފު ހަދައިގެން އެތުރި ތިބެ އެގޮތަށް 24 ގަޑިިއިރު ވަން ދެން 5 އަހަރު މެދުނުކެނޑި އެގޮތަށް ގޮވި އަސް އެކަން ނުވާނެއޭ ސަބަބަކީ އެއީ އެކަން ކުރަން ނިޒާމް ރޭވިފައި އޮންނަ ގޮތެއް ނޫނޭ ނޯމެޓަރ ވަޓް ޔޫ ޓެލް އަސް ނޯ މެޓަރ ވަޓް އޭޑީބީ ޓެލް އިޓްސް ނޮޓް ޕްރެކްޓިކަލް އިޓްސް އިމްޕޮސިބްލް ނޯ މެޓަރ ޔޫ ޑިސްއެގްރީ ވިދްމީ ނޯ މެޓަރ ވަޓް އޭޑީބީ ޓެލް ޔޫ ވަޓް ޔޫ ބިލީވް އިޒް އިމްޕޮސިބްލް ނޯމެޓަރ ޔޫ ޑިސްއެގްރީ އޮން ދިސް ނޯ މެޓަރ ޔޫ ޑިސްއެގްރީ އޮން ދިސް ނޯ މެޓަރ ޔޫ ޑިސްއެގްރީ އޮން ދިސް...

  1
  5
 6. އަލްޖިބްރާ

  ތިޕަރޓީއާއި ގުލިގެން ސިޔާސީ ނޫނަސް އެހެން ކަމަކުންވެސް އިންޤިލާބެއް ނުގެނެވޭނެ ! ބަޣާވާތެއް ކުރެވިދާނެ !

  22
  2
 7. Anonymous

  ޝިދާތާ މީހުންދުލުގަހިފާނުދަމާ ގޭގަހުރުން ރަގަޅު

  21
  1
 8. ހެހެހެ

  ތެދެއް ތިބުނީ، ސިޔާސީ މިބަސް އުނިކޮށްލާ އެކަމުގެ ރެކޯރޑް އެބައޮތެއްނު... ހެހެހެ.

  15
 9. ވެންއިޓް

  ސިޔާސީ އިންގިލާބެއް ރާއްޖެ އަށް ގެނައުމަށް ޓަކައި އެމްއެންޕީން ކުރަންވީ ކަމަކީ ރާއްޖެ އަށް ބަރުލަމާނީ ނިޒާމެއް ގެންނަން މަސައްކަތް ކުރަންވީ ގިނަ ސިޔާސީ ޕާރޓީ ތައް އެކުލެވޭ ގައުމެއްގައި ވެރިކަން ކުރަން ޖެހޭނީ ބަރުލަމާނީ ނިޒާމަށޭ ނޯ ލިމިޓް އިން ދަ ސްކައި ފޯރ ބަރުލަމާނީ ވެން އިޓް ކަމްސް ޓު ޔޫ ޑޯން ބީ ބްލައިންޑް އޮން އިޓް ވޮންޓް ޔޫ ނޯ އިޓް ވޮންޓް ޔޫ ވޮންޓް ޔޫ ވޮންޓް ޔޫ ޖަމްޕް ޖަމްޕް ޖަމްޕް ޑާންސް ޑާންސް ޑާންސް ޑާންސް...

  3
  11
 10. ޝ. އިމްރާން

  ހޫނ. ތިޔަ ހުރީ އިންޤިލާބު ގެނެވިފައޭ! މިތާ މައިތިރި ވެގެން ނުހުރެވުނު ވިއްޔަ

  14
  1
 11. ވަޒީރެއާލާ

  ސިޔާސީ ހައްޕުނޑުން ނަކަށް ސިޔާސީ އިންގިލާބެއް ނުގެނެވޭނެ. މިނިސްޓަރުކަން ދިނީމާ އެކަން ނުކުރެވުނު މީހަކަށް ކޮން އިންގިލާބެއް ގެނެވޭނީ. މީހަކާ އިނދެގެންވެސް ނޫޅެވުނު. މިކަހަލަމީހުން މީޑިޔާއަށް އަރާ ދައްކާ ވާހަކަ އަހަރެމެން ތަންދޮރު ދަންނަމީހުން ގަބޫލެއް ނުކުރާނެ. ތިޔަވާހަކަ ގަބޫލު ކުރާނީ ހަމަ ތިޔަ ވައްތަރުގެ ސިޔާސީ ކޫޑިން.

  14
 12. މުފައްކިރު.

  އުޅެއުޅެ ގެންނަ ސިޔާސީ އިންގިލާބު ގޮވަނީ އަތަށް. ޝިދާތާ އަކީ ވެސް ޙަވާލު ކުރެވުނު މިނިސްޓަރ ކަމުގެ މަގާމު އަދާ ނުކުރެވޭ ކަމަށް ފެނި އުފެދުނު ޕްރެޝަރުން މަގާމު ދޫކޮށްލަން ޖެހުނު މީހެއް. ހޮވާލާ ފީކުނި އަކުން ކޮންކަމެއް ކުރެވޭނީ. އަދިވެސް ރައީސް ޔާމީނާ ގުޅިބަލަ. އޭރުން ކަންކުރެވޭކަން ގައުމަށް ވެސް ފެނިގެންދާނެ. ތިހެން ތަޅާލާ އަގައަކުން ދިވެހިން މިހާރު ނުހެއްލޭނެ.

  14
  1
 13. ހުސޭނުބޭ

  އަމައްޔާތް!

  13
 14. ޢަބްދުﷲ

  އެމްއެންޕީއާ ގުޅުނީ ސިޔާސީ އިންގިލާބެއް ގެންނަން: ޝިދާތާ

  1 ގަޑިއިރު ކުރިން ( އޮގަސްޓް 28, 2021 )

  އެއީ ކޮންކަހަލަ ސިޔާސީ އިންގިލާބެއް ގެންނަން .

  އާތޫތު ބްރަދާސް ކަހަލަ ސިޔާސީ އިންގިލާބެއް ގެންނަން ތޯ ؟ނޫނީ

  ޢިމްރާނަށް ގެސްދެއް ކަހަލަ ސިޔާސީ އިންގިލާބެއް ގެންނަންތ ؟

  ނޫނީ އެންމެ ފަހުގެ ބިޓާއެކު ތިހިންގެވި ކަހަލަ ސިޔާސީ އިންގިލާބެއް ގެންނަންތޯ ؟

  ނޫނީ އެބެޓްސީ ކަހަލަ ސިޔާސީ އިންގިލާބެއް ގެންނަންތޯ ؟

  ބަލަ ! މިހާތިކުރި ކަމަކީ ސިޔާސީގޮތުން ކާޅު ހާލިހެދީމަ ކޮވެލި ބިސްއެޅީ ؟

  ތީގަ ނެއް އޮޓަރެއް ، ފެންވަރެއް ،ފަންވަރެއް ، ޗަސްބެއް ، އުރުއްޕަތެއް .

  India Out # India Out # India Out #
  India Out # India Out # India Out #

  11
  1
 15. ބަނީ

  މިހާރުވެސް މިފެންނަނީ ހަމަ ކަމަނާ އަޑުހަރުކޮށް އިންސާފު އޭ ލޫޓުވަނީއޭ ގޮވާ މީހުން ބޮލަށް ސަވާރުވެގެން ގެނައި ވެރިކަމެއް.... ކަމަނާ ގޮވަމުނަދިޔަ ގޮވުންފައްޏާ ދިމާ އިދިކޮލަށް ހުރިހާކަމެއް ވެސް މިވެރިކަމުގަ މިހިނގަނީ ..... ދެން އިތުރަށް އޮތީ ކޮން އިންގިލާބެއް ތޯ ސިޔާސީ ގޮތުން ނުގެނިވި..... ރައްޔިތުން މިޖެހެނީ ގަނަތެޅެން ތިހެން ގެންނަ ސިޔާސީ އިންގިލާބުގަ

  9
  1
 16. އުސްމާނުބެ

  ހަނީމޫން ފޭސް އޯވަރ ،

 17. ކާފަ

  ގަޔަށް އަތިރިއަށްދޭ

  14
 18. ފުޅަމަތިން ފުއްމާލި

  މިކަހަލަ ކުނިއެއްކުރާތަން ފެނިމުން ތި ޕާޓީއަށް އޮތް އުންމީދު ގެއްލޭ

  10
 19. ފާތުމަ އެޅި ވަގު މިސްކިތް

  ކަމަނާ ތިހުރީ އޮއ އްސިފަ އި ، ދެން މެދު އުޑަށް އއއއއއއ އަރަން ބޭނުން ނަމަ ބަތަލާ އަކަށް ވެވޭ ތޯ ބަލާ ބަލަ