އިސްލާމް ދީނުގެ ނަމުގައި ހަރުކަށި ނިރުބަވެރި ފިކުރެއް ފަތުގައި އޭގެ ހަރަކާތްތައް ފަންޑު ކުރުމުގެ ފަހަތުގައި ތިބެނީ ބައިނަލްއަގްވާމީ މުޖުތަމައުގައި އިސްލާމް ދީނާ ދެކޮޅަށް އިންތިޒާމީ ހަރަކާތްތައް ހިންގަމުންދާ "ލާދީނީ" ޖަމިއްޔާތައް ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ކްލަބް ހައުސް މެދުވެރިކޮށް އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީ ކޯލިޝަނުން ރޭ ކުރިއަށް ގެންދިޔަ ސެޝަނެއްގައި އެ ކޯލިޝަންގެ ޚާއްސަ އެޑްވައިޒަރުގެ މަގާމު ވެސް ފުރުއްވަމުން ގެންދަވާ ޝަހީމް ބައިވެރިވެވަޑައިގެން ވިދާޅުވީ، އެހެން ދީންތަކަށް މުސްލިމުން ވެއްދުމުގެ ބަދަލުގައި އިސްލާމް ދީނާ ދެކޮޅު ފަރާތްތަކުން މިހާރު ގެންގުޅޭ އުކުޅަކީ މުސްލިމުންގެ މެދުގައި ބައިބައިވުމާއި ފަސާދަ އުފެއްދުން ކަމަށެވެ.

"އިސްލާމް ދީނުގެ ދުޝްމަނުންގެ ދުލުން ވާހަކަ ދައްކާނެ މީހުން އަޅުގަނޑުމެންގެ ތެރެއިން އެ މީހުން އުފައްދާނީ، މިއަދު ހުޅަނގުގެ މީހުން ނޫން އަޅުގަނޑުމެންގެ ގައުމުގައި ތިބެގެން އިސްލާމް ދީނަށް ފުރައްސާރަކޮށް އެ ހަދަނީއެއް، މި ހުރިހާ ކަމަކީ ވެސް އަޅުގަނޑުމެން ފިކުރާ ހަނގުރާމައެއްގައި ބައިތިއްބަން ދީނުގެ ދުޝްމަނުން އިންތިޒާމީ ގޮތުން އަޅުގަނޑުމެންގެ ތެރެއިން ބަޔަކު ތައްޔާރުކޮށްގެން ކުރާ ކަމެއް،" ޝަހީމް ވިދާޅުވިއެވެ.

ރާއްޖޭގައި ވެސް އިސްލާމް ދީނާ ދެކޮޅު ނުރައްކާތެރި ދެ ފިކުރެއް ފެތުރެމުންދާ ކަމަށް ޝަހީމް ވެސް ފާހަގަ ކުރެއްވިއެވެ. އޭނާ އިޝާރާތް ކުރެއްވީ ދީނުގެ ނަމުގައި ފަތުރަމުންދާ ހަރުކަށި ފިކުރާއި، ދީނާ ދެކޮޅު ވިސްނުންތަކެއް އެއީ ދީނުގެ ވިސްނުންތަކުގެ ގޮތުގައި ދައްކައިގެން ފަތުރާ "ލާދީނިއްޔަތު" ފިކުރަށެވެ. މި ދެ ހަރަކާތުގެ ބޭނުމަކީ ވެސް އިސްލާމީ މުޖުތަމައުތައް ހަލާކުކޮށްލުން ކަމުގައި ޝަހީމް ސިފަ ކުރެއްވިއެވެ.

އައިސިސް ނަމުގައި މުޅި ދުނިޔޭގައި ހިނގަމުންދާ ނިރުބަވެރި ހަރަކާތަށް އިޝާރާތް ކުރައްވައި ޝަހީމް ވިދާޅުވީ، އެންމެ ފަހުން ވެސް ކުރެވުނު ތަހުގީގުތަކާއި ދިރާސާ ތަކުން ދައްކާ ގޮތުގައި މިފަދަ ހަރަކާތްތައް ފަންޑު ހޯދައިދިނުމާއި ހަތިޔާރު ފޯރުކޮށްދިނުމުގައި އިސްކޮށް ތިބެނީ އިސްލާމްް ދީން ނޫން ބަޔަކު ކަމަށެވެ. ފަންޑު ދޭ މީހުންގ މައިގަނޑު ބޭނުމަކީ އިސްލާމް ދީނާ މެދު މުޅި ދުނިޔޭގައި ވެސް ބިރުވެރިކަން އުފެއްދުން ކަމަށް އޭނާ ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ، އަނދިރި ދެ ފިކުރުން ގައުމު ހިމާޔަތް ކުރުމަށް ޓަކައި ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ. ދިވެހިންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމަށް ޓަކައި އެ ދެ ހަރަކާތުގެ މަސައްކަތް ވެސް ހުއްޓުވައި، އެ ކަންކަން ހިންގައި މީހުންނާ މެދު ފިޔަވަޅު އެޅެން ޖެހޭނެ ކަމަށް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ލާދީނީ

    ޝަހީމް ތިވާހަކަދައްކަން މާލަސްވެއްޖެ. މިގައުމުގަ ތިފަދަ ހުރިހާ އިސްލާމްދީނާއި ދުރުހުރިހާކަމެއް މައުމޫންގެ ވެރިކަމުންފެށިގެން މިއަދާ ހަމަޔައް ހިންގާރާވަނީ ހަމައެއްބަޔެއް.

    6
    1
  2. ސލ

    ރާއްޖޭގައި ހަރުކަށި ފިކުރާއި އަނ ދިރި ދައުލަތާއި ދ ދޮގާއި
    މަކަރު ހެ ދުން އާލާކޮށް ޕްރަމޯޓް ކުރަނީ މޑޕ ގެ އިސް
    މީހުންނެވެ ސިޔާސީ ބޭނުމުގައެވެ އެތަށް ޒަމާނަކަށް ވެރިކަމުގައި ދެމިތިބުމުގެ ބޭނުމުގައެވެ

    11
  3. މީންޓް

    ޝުކުރިއްޔާ ތެދު ބަސް ވިދާޅުވީތީ

    11
    1
  4. ރާބެ

    މިވެސް ފަހެ ގަމާރެއްތަ އަޅެފަހެ

    4
    15
  5. ދީނީބެ

    ދީނީ މީހުން އެންމެ ގިނައިން މަޑުކަށި ފިކުރަށް ފަންޑު ދެނީ

    2
    7
  6. ދިރާސާ

    އިސްލާމް ދީން ގަބޫލު ކޮށްގެން ތިބި ބަޔެއްގެ ތެރެއިން އިސްލާމްދީނާއި އިދިކޮޅު / ހަރުކަށި ފިކުރު ދިނުޔެ އަށް ވުޖޫދުކުރި އެމެރިކާ އާއި އިނގިރޭސި ވިލާތް، ޖަރުމަން އަޑީގައި އޮވެ. ހަތިޔާރު ފޯރުކޮށްދޭން ރަޝިޔާއިން.. އިސްލާމުން ގެ އަތުން އިސްލާމުން މަރައި އެމީހުން ބޭނުންވާ ގޮތަށް އެ ގައުމެއްގައި ދާހިލީ ހަނގުރާމައެއް ފައްޓުވައި އަމިއްލަ ގައުމުގެ ރައްޔިތުން އެއްބަޔަކު އަނެއް ބަޔެއްގެ ލޭއޮހޮރުވާ މަންޒަރު ބަލަން ދުރުގައި ތިބެ ފައި ގައުމުސުންނާ ފަތި ވީމައި އެހީ ވުމުގެ ނަމުގައި ލާދީނީ ފުކުރުގެ ޖީލެއް ބިނާ ކުރުވަނީ.. ދިވެހި ގައުމުގެ މިސްރާބު މިހިރީ އެ ދިމާލަށް.. ކުރިޔަށް އޮތް 30 ވަރަކަށް އަހަރު ތެރޭގައި މިގައުމުގައި ހަރުކަށި ފިކުރުގެ މީހުންނާއި ދިވެހި ސީ ފައިން ނާއި ފުލުހުންގެ ކުރިމަތިލާން ތައް ހިނގައި ދާހިލީ ހަނގުރާމައެއް ކުރެވޭނެ ކަމަށް ބެލެވޭ.. ދުނިޔޭގެ އިސްލާމީ ހުރިހާ ގައުމެއް ހަލާކުވެގެން ދިޔަ ގޮތަށް ރާއްޖެ ސުންނާ ފަތި ވެ ފައިވާ މަންޒަރު ފެނުން ގާތް..

  7. ޙުސެއިން

    އިސްލާމްދީނުގެ ޢަދުއްވުން(ލާދީނީމީހުން) އަބަދުމެ މަސައްކަތްކުރާނީ އިސްލާމް ދީނުގެ ނަމުގައި ޖަރީމާތައް ހިންގައި މީހުންގެ ލޯމައްޗަށް މުސްލިމުންނަކީ ހަރުކަށި ފިކުރު ގެ ބައެއްގެ ގޮތުގައި ޓެގް އަޅުވަން

  8. އަހުމަދު

    100% ތެދެއް. މިކަމުގެ ހައްލަކީވެސް ގުރުއާނާއި ސުންނަތް. މެދުމިން ނޭގެންޏާ އޮންނާނީ ލާދީނީ ނުވަތަ ހަރުކަށި ފިކުރައް ތަބާވެވިފަ

  9. ގަންޓާބެ

    ޝަހީމް މޮޅުވާހަކައެއް ދެއްކީދޯ

    2
    1
  10. ކައުންސެލަރު 🙌

    2008 ގެފަހުން ތިޔަށްވުރެ ތެދުބަހެއް ބުނި ސިޔާސީ މީހަކު މަށަކުވާ ނުދެނަހުރިން. ތާއީދު

  11. ކަންއޮތްގޮތް

    ހަރުކަށި ފިކުރޭ ކިޔަސް މިއަދުވެސް ދުނިޔޭގައި މިހިންގަނީ މީގެ ކުރީ ޒަމާންތަކުގަވެސް އިސްލާމްދީން ފެތުރުމަށް ހިންގި ކަހަލަ އަމަލްތަށް ތަފާތަކީ އެކަން ކުރާމީހުންނާ އަދި އެކަމަށް ފަންޑުކުރާމީހުން މީވަރަށް ވާހަކަ

  12. ނުރަބޯ

    އިސްލާމްދީން ފަތުރަން ހަރުކަށިމީހުން ބޭނުންވަނީ ކަޑިބަޑިން. ދީނޭ ކިޔައިން މީހުންމެރުން ނޫންކަމެއް ނުކުރެވޭ ނުކުޅެދޭ ބައިގަޑެއް ތީ