ލޯކަލް ގަވަރމެންޓް އޮތޯރިޓީގެ އިރުޝާދުގެ މަތިން އަތޮޅު ކައުންސިލްތަކުގެ ނައިބު ރައީސުންގެ މުސާރަ ބޮޑު ކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފިއެވެ.

އެ ކޮމިޓިން މިގޮތަށް ފާސްކުރީ ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.

ލޯކަލް ގަވަރމެންޓް އޮތޯރިޓީން ނިންމާފައިވަނީ އަތޮޅު ކައުންސިލްގެ ނައިބު ރައީސުންގެ މުސާރައަށް އިތުރު 1000 ރުފިޔާގެ އެލަވެންސެއް ދިނުމަށެވެ. އެ ނިންމުމާއި އެކީ އަތޮޅުގެ ނައިބު ރައީސުންނަށް މުސާރައާއި އިނާޔަތްތަކާއި އެކީ 21،000 ރުފިޔާ ލިބިގެންދާނެއެވެ.

އެލްޖީއޭއިން މަޖިލީހަށް ފޮނުވި ސިޓީގައި ބުނެފައިވަނީ އަތޮޅު ކައުންސިލްގެ ރައީސް ނެތް ޙާލަތުގައި ރައީސްގެ އެންމެހައި މަސްއޫލިއްޔަތުތައް އަދާކުރަން ޖެހެނީ ނައިބު ރައީސްކަމުން، އެހެން މެންބަރުންނާއި ނައިބު ރައީސްގެ މުސާރައާއި ޢިނާޔަތްތަކުގައި ފަރަޤެއް ހުންނަން ޖެހޭނެކަމަށެވެ.

ރައްޔިތުންގެ މަޖިލީހުން މިދިޔަ އޭޕްރީލް މަހު ފާސްކުރިއިރު، އަތޮޅު ކައުންސިލްގެ ރައީސް ފިޔަވައި ދެން ތިއްބަވާ މެންބަރުންގެ މުސާރައިގެ ގޮތުގައި ކަނޑައަޅައިފައި ވަނީ ރަށު ކައުންސިލްގެ ރައީސަށް ކަނޑައަޅައިފައިވާ މުސާރަ އެކަންޏެވެ.

ކައުންސިލަރުންގެ މުސާރަ އާއި މެދު ނޭޝަނަލް ޕޭ ކޮމިޝަނުން މަޖިލީހަށް މީގެ ކުރިން ފޮނުވާފައިވާ ލިޔުމުގައި ބުނެފައިވާ ގޮތުން ނަމަ މޭޔަރުގެ މުސާރައަކީ 40،000ރ އެވެ. އަދ ޑެޕިއުޓީ މޭޔަރަކަށް 35،000ރ. ސިޓީ ކައުންސިލް މެމްބަރަކަށް 30،000ރ. ލިބޭ އިރު އަތޮޅު ކައުންސިލް ރައީސަކަށް 28،000ރ.، ރަށު ކައުންސިލްގެ ރައީސަކަށް 23،000ރ. އަދި ޑެޕިއުޓީ އަށް 15،000ރ.، އަދި މެމްބަރަކަށް 12،000ރ. ވަނީ ހަމަޖައްސައިފަ އެވެ. މި ހުރިހާ މުސާރަތަކަކީ، މިހާރު ދޭ މުސާރަތަކަށް ވުރެ ބޮޑު މުސާރަތައް ކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. Anonymous

    ރައްޔިތުންގެ ޓެކުސް ފައިސާތައް މިމީހުން ބޭނުންގޮތަކަށް ކައި ހުސްކުރަނީ... ޤައުމަށާއި ރައްޔިތުންނަށް އެތަކެއް ޙިދުމަތްތަކެއް ކޮންމެ ދުވަހަކު ކުރައްވަމުންގެންދަވާ ޓީޗަރުންނާއި ޑޮކްޓަރުންނާއި ނަރުހުންގެ މުސާރަ ބޮޑުކުރިއްޔާ މާތާހިރުވާނެ.. ކައުންސިލަރުންނަކީ ބޭކާރު ބައެއް.. އެކަކު ހުއްޓަސް ހިންގޭނެ..

  2. މަ

    ރަށު ކައންސިލް ރައީސަށް 23000 ހާސް ލިބެންޔާ ކީއްވެ އަތޮޅުގެ ނައިބަށް އިތުރު 1000 ލައިގެން 21000 ވާންވީ. އަތޮޅު ކައުންސިލްގަ ތިބެނީ ރަށު ކައުންސިލް ރައީސުން

  3. މެކް

    ކާކުތަ އާމް މުވައްޒަފުންނާ ދޭތެރޭ ވިސްނަނީ ރައްޔިތުން ގެ ލާރިގަޑުބޭނުންކޮށްގެން ސިޔާސީ މީހުންގެ އަންބޮޑިތައްފުރަނީ ތީ ހަލާލެއްނުވާނެ

  4. ދިވެހި ރައްޔިތު މީހާ

    މިގައުމުގަ ދާއޮހަރަވަމުން މަސައްކަތްކުރާ ސިިވިލް މުވައްޒަފުންގެ މުސާރަ އެންމެ 3000 ރ އިން 15000 ރ އާއި ދެމެދު. އެކަމަކު މިމީހުންގެ މުސާރަތަށް މިދަނީ ޖައްވަށް. ސަރުކާރުގެ ވައުދާއި އަހުދު ކޮބާބާއޭ މިހާރު ހިތަށް އަރާ... މިވެސް ދުވަހެއް، މާދަމާ އަންނާނީވެސް އަހަރުމެން ކައިރިއަށް... މިއީ ވަރަށް ވާހަކ... ވަރަށް ވެދުން

  5. Anonymous

    މޑޕ މިގައުމު ރޮލާކައި ހުސްކޮއްފި.