ކ. އަތޮޅު ތިލަފުށީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެރަށުގައި ޕިކަޕަކާއި ބައިސްކަލެއް ޖެހިގެން ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައިވާކަމުގެ މައުލޫމާތު މިއަދު 16:50 ހާއިރު ލިބިފައިވާ ކަމަށެވެ.

އޮފިޝަލް ވިދާޅުވިގޮތުގައި، މި އެކްސިޑެންޓްގައި އަނިޔާވެފައިވަނީ ބައިސްކަލް ދުއްވަން އިން ބިދޭސީ ފިރިހެނަކަށެވެ.

އޭނާ މާލެ ގެނެސް މިހާރު ދަނީ އައިޖީއެމްއެޗްގައި ފަރުވާދެމުންނެވެ.

އެކްސިޑެންޓްގެ މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސަމާ މާލެ

    ބަންގާޅީންގެ އަވަށެއް ތީ. ބޮޑު ހާއްޔެއް ތީ.

    • މާލެ ވެސް

      މާލެ ވެސް މީ ބަންގާޅީންގެ ހާއްޔެއް!