އައްޑޫ ސިޓީގެ ސުޕާމާކެޓެއްގެ ތެރޭ ހުރި މީހަކަށް ވަޅިން ހަމަލާ ދީ ޒަހަމް ކޮށްލައިފިއެވެ.

"ވަގުތު" އަށް އެނގިފައިވާ ގޮތުގައި ހަމަލާ ދީފައި ވަނީ ހިތަދޫ 3އެސް މާކެޓް ތެރޭގައި ހުރި ދިވެހި ފިރިހެނަކަށެވެ. އެގޮތުން އޭނާގެ މޭމައްޗަށާއި، އަތަށް ވަޅިން ހަމަލާ ދީފައިވާ ކަމަށް ވެސް މައުލޫމާތު ވަނީ ލިބިފައެވެ.

ޙަމަލާދިން ފިހާރަތެރޭގައި ލޭ-- ވަގުތު އިމޭޖެސް

މި ހާދިސާ އާއި ގުޅިގެން ފުލުހުންގެ ބަހެއް ލިބިފައި ނުވާތީ ހާދިސާ ހިނގަން މެދުވެރިވީ ކޮން ސަބަބަކާއި ހުރެ ކަމެއް އަދި އެނގިފައެއް ނުވެއެވެ.

"ވަގުތު" އަށް މައުލޫމާތު ދިން މީހަކު ބުނީ، ހަމަލާ ދީފައިވަނީ ހިތަދޫގެ ގްރޫޕަކަށް ނިސްބަތްވާ ބަޔަކު ކަމަށާއި ހަމަލާގައި ޒަހަމް ވެފައިވަނީ ފިހާރަ ޖެހިގެން ގޮތަކަށް ހުންނަ އިންޑިއާ ބޭންކުގައި މަސައްކަތް ކުރަމުން ދިޔަ މީހުންގެ ތެރެއިން މީހަކަށް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދިރާސާ

    ގަ އުމުގެ ހާލަތު ވެ އްޓިފަ އި. އޮތް ހިސާބު ނިކަން ވިސްނާވާ.. ތިކަން ކުރި ބަޔަކު ހަ އްޔަރު ކުރާ އިރަށް އިންސާނީ ހަ އްޤު އޮންނާނީ އެ ބަޔަކަށް. ފުލުހުންނަށް މީހެ އްގެ ނުރުހުމުުގަ އި މީހަކު ހަ އްޔަރު ކުރެވޭނީ ކޯޓް އަމުރު އޮވެގެން، އެހެންނޫނީ މަންޒަރު ބަލަން ތިބެން ޖެހޭނީ.. ވިކްޓިމްގެ އިންސާނީ ހަ އްޤު ނޯންނާނެ، އަބަދުވެސް ސަސްޕެކްޓުގެ އިންސާނީ ހަ އްޤާ އި ލީގަލް ހަ އްޤުތަ އް އޮންނާނީ.. ކޮބާ ފިހާރަ އިގަ އި ހުރި މީހާގެ ދިރިހުރުމުގެ ހަ އްޤު..

  2. ޙަސަނުލް

    ގްރޫޕް ހަދައިގެން އުޅުން އެއީ އަމިއްލަ މިނިވަންކަން އެއީ ކޫލް ބައެއް މަޑުކަށި ފިކުރު ތި ކަމުގަ ކުއްވެރި ވާނީ ވަޅި