ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށް ލާން ހުކުމް ކުރީ އެއަށްވުރެ ބޮޑު ގެއްލުމެއް ލިބިދާނެތީ ކަމަށް އެމަނިކުފާނުގެ މައްސަލަ ކްރިމިނަލް ކޯޓުގައި ބެއްލެވި ފަސް ގާޒީންގެ ބެންޗްގައި ހިމެނިވަޑައިގެންނެވި ގާޒީ ހުސެއިން ފާއިޒް ރަޝާދު ވިދާޅުވެއްޖެއެވެ.

ގާޒީ ހުސެއިން ފާއިޒް އެހެން ވިދާޅުވާ އޯޑިއޯއެއް "ވަގުތު" އަށް ވަނީ ލިބިފައެވެ.

ރަހުމަތްތެރިޔަކާއިއެކު ގާޒީ ހުސެއިން ފާއިޒް ދެއްކެވި ވާހަކަފުޅުގައި އޭނާ ވިދާޅުވީ ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވީ އޭނާ އަށް ބިރުދެއްކުމުން ކަމަށެވެ. ބިރު ދެއްކުމުން އޮތީ ދެގޮތެއް ކަމަށާއި އެއްގޮތަކީ ބިރާއި ދެކޮޅު ހެދުންކަމަށާއި އަނެއް ގޮތަކީ ބިރާއި އެއްކޮޅަށް ހުކުމް ކުރުން ކަމަށް ހުސެއިން ފާއިޒް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެހާލަތުގައި ހުކުމް ކުރީ ޔާމީންގެ މަސްލަހަތު ހިމާތް ކުރަން ކަމަށެވެ. ކުރިމަތިވި ހާލަތުގައި ޔާމީންގެ މަސްލަހަތު ހިމާޔަތް ކުރެވޭނީ ޔާމީންގެ މައްޗަށް ޖަލު ހުކުމެއް ކޮށްގެން ކަމަށް ހުސެއިން ފާއިޒް ވިދާޅުވިއެވެ. އެއީ ހުކުމް ނުކޮށްފިނަމަ ޔާމީނަށް އެއަށްވުރެ ބޮޑު ގެއްލުމެއް ލިބިދާނެތީ ކަމަށް ހުސެއިން ފާއިޒް ވިދާޅުވިއެވެ.

ޔާމީންގެ މައްސަލަ ކްރިމިނަލް ކޯޓުގައި ފުރަތަމަ ބެއްލެވި އަހްމަދު ހައިލަމް އެންމެ ފަހުވަގުތު ސަސްޕެންޑް ކުރުމަށް ފަހު އެމައްސަލަ ދެން ބެއްލެވީ ފަސް ގާޒީންގެ ބެންޗަކުންނެވެ. އެބެންޗްގައި ތިއްބެވީ ގާޒީ އަލީ ރަޝީދު ހުސެއިނާއި، ގާޒީ އަހުމަދު ޝަކީލާއި ގާޒީ މުހައްމަދު ސަމީރާއި ގާޒީ އަލީ އާދަމް އަދި ގާޒީ ހުސެއިން ފާއިޒް ރަޝާދެވެ.

ޔާމީންގެ މައްސަލަ ބެއްލެވި ބެންޗްގެ ރިޔާސަތު ބެލެހެއްޓެވި އަލީ ރަޝީދު ހުސެއިނަށް އެމައްސަލަ ނިންމި ފަހުން ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ދެއްވާފައެވެ.

ޔާމީންގެ މައްޗަށް ދައުލަތުން އުފުލި މަނީ ލޯންޑްރިން ދައުވާ ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ނިންމާ އެމަނިކުފާނު ފަސް އަހަރަށް ޖަލަށް ލާން ވަނީ ހުކުމް ކޮށްފައެވެ. އެހުކުމް ހައިކޯޓުގައި ޔާމީން އިސްތިއުނާފު ކުރެއްވުމުން އެކޯޓުން މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ތެރެއިން ދެފަނޑިޔާރުންގެ އަޣުލަބިއްޔަތުން ނިންމީ ކްރިމިނަލް ކޯޓުގެ ހުކުމް ރަނގަޅު ކަމަށެވެ.

ހައިކޯޓުގެ ހުކުމް ޔާމީންގެ ފަރާތުން މިހާރު ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައެވެ. އަންނަ މަހު ސުޕްރީމް ކޯޓުގައި އެމައްސަލައިގެ އަޑުއެހުން ފަށަން ވަނީ ތާވަލް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ދޫކޮށްލާ

    ރައީސް ޔާމީން ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ

    43
    3
  2. Anonymous

    ހައްޤު ފާޅުވާނެ.! ރައީސް ޔާމީނަށް ވަގަށް ގޮވި މީހުންނަކީ ވަގުން ކަމުގައި ވުމީ ވަރަށް ގާތް ކަމެއް. ތިމާގެ މުޑުދާރުކަން އެހެން މީހެއްގެ ބޮލުގަ އަޅުވާލައިގެން ދުނިޔެމަތީގަ ހިތް ހަމަޖައްސާލައިގެން ތިބެން ކުރާކަމެއް އެއީ!

    55
    4
  3. Anonymous

    ގާޟީ ފާއިޒު ބުނި ފަދައިން، 5 އަހަރުތެރޭ ރައީސް ޔާމީންގެ ތާއީދު އިންތިހާއަށް އިތުރުވެއްޖެ. ޖަލުގައި ހުރުމުގެ ފައިދާއަކީ ދެން އޭނާގެ ފަރާތުން މީހުން ނުރުހޭ ކަންކަމެއް ނުހިނގާނެ. ކޯޓުތަކުގައި މައްސަލައިގެ ޝަރީއަތް ހިނގާވަރަކަށް ތެދު ހާމަވަމުންދާނީ އަދި ސަރުކާރުގެ އަނިޔާވެރިކަން ރައްޔިތުންނަށް އެނގެމުން ދާނީ. މީގެ ސަބަބުން ޖަލުގަ އޮންނަ މީހާއަށް ސިޔާސީ ގޮތުން އިންތިހާ ދަރަޖައިގެ ފައިދާވާނެ!

    41
    1
  4. ކީކޭ

    ﷲ އަށްވުރެ ދުނިޔެ އިސްކުރާ ޤާޞީންނަކަށް އިތުބާރުކުރާނީ ކިހިނެތް ؟ މާދަމާ ބުނާނީ ކީކޭ ؟؟

    36
    2
  5. ވަތަނީ

    މިހާރުން މިހާރަށް ރ ޔާމީން މިނިވަން ކުރުމަށް ސަރު ކާރަށް
    ގޮވާލަން! އެމަނި ކުފާންގެ މައްޗަށް ކޮށްފައި އޮތް ޙު ކަމަ ކީ
    ސިޔާސީ ދަންދުރައެ ކެވެ.

    40
    1
  6. އެދުރުބެ

    ސްޕްރީމް ކޯޓުގައި ޝަރީޢަތް ފެށޭތީ ގޮއްވާ ބޮން ތިޔައީ. އެއްވެސް ސައްޙަކަމެއް ހުރި ވާހަކަތަކެއްނޫން.

    3
    10
  7. މުފައްކިރު.

    މާތްﷲ އަށް ޙަމްދުކުރަން. ފާއިތުވާ ކޮންމެ ދުވަހަކު އާޚަބަރެއްގެ ގޮތުން އިވިގެންދަނީ ޔާމީން އަށް ކުރި ޙުކުމުގެ އިންސާފެއް ނެތްކަން. އުއްމީދު ކުރަނީ އިރާދަ ފުޅާއެކު މާދަމާ އަކީ ޔާމީނަށް އިންސާފު ލިބޭނެ ދުވަސްކަމަށް.

    26
  8. ފަގަލާމަންތަރު

    ފޮޓޯބަލައިފަ ހީވަނީ މީހެއްގެ ކިރުބޯ ޅަކުއްޖެއްހެން ފަނޑިޔާރަކާ ވައްތަރެއްވެސްނޫން

    6
    6
    • ޙިކްމަތް

      ވަގުތު ނޫހުން މިހާރު ވެއްޖެއްނު "ލޮލް" އިމޯޖީ ތައާރަފް ކުރަން ދޯ.

  9. ސޫއޫދު

    ވަގުތުން ވަގުތައް އިހުތިޖާޖު ނޫނީ މުޒާހިރާ ޖައްސަންވީ ނުހައްގުންމީހަކައް ބޮޑެތިގެއްލުދީގެންނުވާނެ އަދިރާއްޖޭގެ ވެރިކަންކުރި ކުރަމުންދާ ރައީސުންނައްވެސް ދިވެހިރައްޔިތަކައްވެސް

    14
    1
  10. ދޫކޮށްލާށޭ

    ރައީސް ޔާމީނަށް ކޮށްފައިވާ ހުކުމަކީ އެއީ ގާނޫނު ތަކުގެ ބޭރުން އަދުލު އިންސާފުގެ ކަންފުޅެއް ވެސް ނެތި ކޮށްފައިވާ ހުކުމަކަށްވާތީއޭ ރައީސް އިބޫގެ ސަރުކާރު ކާމިޔާބު ނުވެގެން އުޅެނީ ރައީސް މައުމޫނު އަދި ރައީސް ނަޝީދު ހިތް ރުއްސަން އަދުލު އިންސާފުގެ ބޭރުން ރައީސް ޔާމީނަށް ޖަލު ހުކުމެއް ރައީސް އޮފީހުގައި އުޅޭ ފުވައްމުލަކު ޒާހިރު ގާޒީން ނަށް ރިޝްވަތުދިން ނަމަވެސް އެކަން އެގޮތަށް ކޮށްގެން ނުވާނެއޭ އަދުލު އިންސާފު ނެތް ވެރިކަމެއް ކާމިޔާބެއް ނުވާނެއޭ މިހާރުން މިހާރަށް ރައީސް ޔާމީން ދޫކޮށްލާށޭ ދޫކޮށްލާށޭ ދޫކޮށްލާށޭ ދޫކޮށްލާށޭ ދޫކޮށްލާށޭ ދޫކޮށްލާށޭ ދޫކޮށްލާށޭ ދޫކޮށްލާށޭ ދޫކޮށްލާށޭ ދޫކޮށްލާށޭ ދޫކޮށްލާށޭ ދޫކޮށްލާށޭ ދޫކޮށްލާށޭ ދޫކޮށްލާށޭ ދޫކޮށްލާށޭ ދޫކޮށްލާށޭ ދޫކޮށްލާށޭ ދޫކޮށްލާށޭ ދޫކޮށްލާށޭ ދޫކޮށްލާށޭ ދޫކޮށްލާށޭ ދޫކޮށްލާށޭ ދޫކޮށްލާށޭ ދޫކޮށްލާށޭ ދޫކޮށްލާށޭ ދޫކޮށްލާށޭ ދޫކޮށްލާށޭ ދޫކޮށްލާށޭ ދޫކޮށްލާށޭ ދޫކޮށްލާށޭ ދޫކޮށްލާށޭ

    13
  11. ހުސެން

    ސްޕްރީމް ކޯޓުގެ ގޮނޑި ހޯދަން ކުރި މަކަރުވެރި ހުކުމް ކުރިމީހާ އަށްވެސް އާޙިރަށް ދުވަސް އަންނާނެ. ތާއަބަދަށް ކާރުކޮޅުގަ ނުަހުންނާނެ.
    ރައީސް ޔާމީން ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ

  12. ބާބުލްއަވާލީ މަލިކު

    މިއީ މުނާފިގެއް!

  13. ސީމާ

    ރައީސް ޔާމީން މިހާރު ދޫކޮއްލާ
    ރައީސް ޔާމީން މިހާރު ދޫކޮއްލާ
    ރައީސް ޔާމީން މިހާރު ދޫކޮއްލާ
    ރައީސް ޔާމީން މިހާރު ދޫކޮއްލާ
    ރައީސް ޔާމީން މިހާރު ދޫކޮއްލާ
    ރައީސް ޔާމީން މިހާރު ދޫކޮއްލާ
    ރައީސް ޔާމީން މިހާރު ދޫކޮއްލާ