ވެލާނާ ގޭގައި ހިންގަމުން އަންނަ ޓޫރިޒަމް މިނިސްޓްރީގެ އޮފީހަށް ގޮތް ނޭނގޭ ޕާރުސަލެއް ލިބިގެން ސިފައިން ހަރަކާތްތެރިވެއްޖެއެވެ.

އެއޮފީހުގެ މުވައްޒަފަކު "ވަގުތު" އަށް މައުލޫމާތު ދެމުން ބުނީ ގޮތް ނޭނގޭ ޕާރުސަލް ފެނިގެން މިނިސްޓްރީގެ މުވައްޒަފުން އޮފީހުން ނެރުމަށް ފަހު މިހާރު ސިފައިން އެ ޕާރުސަލް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

އެމްއެންޑީއެފް އިން ވެސް ވިދާޅުވީ ވެލާނާ ބިލްޑިންގްގައި ހުންނަ ޓްއަރިޒަމް މިނިސްޓްރީ ތެރެއިން ގޮތް ނޭނގޭ އެއްޗެއް ފެނިގެން ރިޕޯޓް ކުރުމުން އެމްއެންޑީއެފްގެ ބޮން ސްކޮޑުން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ. އެކަމަކު ފެނުނީ ކޮން އެއްޗެއް ކަމެއް އެމްއެންޑީއެފް އިން ވިދާޅެއް ނުވެއެވެ.

އޮފީސްތަކުން ގޮތް ނޭނގޭ ތަކެއްޗާއި ހަވާލު ނުވުމަށް އެމްއެންޑީއެފް އިން ވަނީ އިލްތިމާސް ކުރައްވާފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާރު ސިފައިން ވެލާނާގެއިން ގޮސްފައިވާއިރު ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންނަށް ވަނީ އަލުން އޮފީހަށް ވަނުމުގެ ހުއްދަ ދީފައެވެ.

މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ސަލާމަތީ މިފަދަ ކަންކަމުގައި ސިފައިންގެ ހަރަކާތްތެރިވުން ވަނީ އިތުރުވެފައެވެ. މިފަދަ ކޮންމެ ރިޕޯޓަކާ ގުޅިގެން ވެސް ސިފައިން އެކަމެއް ނަގަނީ ވަރަށް ސީރިއަސްކަމެއްގެ ގޮތުގައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އަހުމަދު

    ހަމަ ސޭމް ގޭމް

  2. އިސްތިއުފާ

    ޓޫރިޒަމް މިނިސްޓަރު މައުސޫމު އިސްތިއުފާ މައުސޫމު އިސްތިއުފާ މައުސޫމު އިސްތިއުފާ މައުސޫމު އިސްތިއުފާ މައުސޫމު އިސްތިއުފާ މައުސޫމު އިސްތިއުފާ މައުސޫމު އިސްތިއުފާ މައުސޫމު އިސްތިއުފާ މައުސޫމު އިސްތިއުފާ މައުސޫމު އިސްތިއުފާ މައުސޫމު އިސްތިއުފާ މައުސޫމު އިސްތިއުފާ މައުސޫމު އިސްތިއުފާ މައުސޫމު އިސްތިއުފާ މައުސޫމު އިސްތިއުފާ މައުސޫމު އިސްތިއުފާ މައުސޫމު އިސްތިއުފާ މައުސޫމު އިސްތިއުފާ މައުސޫމު އިސްތިއުފާ މައުސޫމު އިސްތިއުފާ މައުސޫމު އިސްތިއުފާ މައުސޫމު އިސްތިއުފާ މައުސޫމު އިސްތިއުފާ މައުސޫމު އިސްތިއުފާ މައުސޫމު އިސްތިއުފާ މައުސޫމު އިސްތިއުފާ މައުސޫމު އިސްތިއުފާ މައުސޫމު އިސްތިއުފާ

  3. ދޮގެއް؟

    އަނެއްކާ އަނެއް ޑްރާމާ!

  4. ކިނބޫ

    ޕައުންޑް ޕާރުސަލެއް. ހިފައިގެން އައްޑުއަށް ކަނޑާލާ ކެލާ ވަޒީރު!

  5. މާބެ

    ޕޕމ ތިކަހަލަ ކިތައްމެ ކަމެއް ކުރާނެ! ސަރުކާރު ބަދުނާމްވާނެ ހުރިހާ މަޅިއެއް ޖަހާނެ!