އިދިކޮޅު މެމްބަރުންނަކީ ރައްޔިތުންދެކެ ލޯބިވާ ބަޔަކު ނަމަ ރައްޔިތުންގެ މަޖިލީހަށް ހާޒިރުވެ މަޖިލީހުގެ މަސައްކަތްތަކުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ޕީޕީއެމްގެ ޖޮއިންޓް ޕާލިމެންޓަރީ ގްރޫޕުން މިރޭ ވިދާޅުވެއްޖެއެވެ.

މިރޭ ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމްގެ ޖޮއިންޓް ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން ހުސެއިން މަނިކު ވިދާޅުވީ އިދިކޮޅު މެމްބަރުން މަޖިލީހުން ލިބޭ މުސާރައާއި އެލަވަންސް ނަގާފައި މަސައްކަތްތަކުގައި ބައިވެރިވެވަޑައި ނުގަންނަވާ ކަމަށެވެ.

"މަސީހު މިހާވަރަށް ގޯސްވަމުންދާއިރު، ކޮމިޓީ އެލަވަންސް ގޯހެއް ނުވޭ. މުސާރައެއްވެސް ގޯހެެއް ނުވޭ. ސައިކޮޓަރީގައި ހުންނަ ސަޔެއްވެސް ގޯހެއް ނުވޭ. އަރިމަތީގައި ހުންނަ މާލަމުގައި ހުންނަ ލަވާޒާ މެޝިނުގެ ލަވާޒާ ކޮފީވެސް ގޯހެއް ނުވޭ. މަޖިލީހުގެ ގޯތި ތެރެވެސް ގޯހެއް ނުވޭ. އެތަނުގެ ކަރަންޓާ ބޯފެނާ އެ ނޫން ކަންތައްތައްް ވެސް ގޯހެއް ނުވޭ." ނިހާން ވިދާޅުވިއެވެ.

ނިހާން ވިދާޅުވީ މިހާރު އެކަން ވެފައި ވަނީ ވަރަށް ދެރަ ކަމަކަށް ކަމަށާއި އެކަމާ މެދު ވާހަކަ ދެކެވެން ވެއްޖެ ކަމަށެވެ. މަޖިލީހުގައި ނުނިމި ބިލުތައް ހުރި އިރު އެ މަސައްކަތުގައި އިދިކޮޅު މެމްބަރުން ބައިވެރިވެވަޑައިނުގަންނަވާ ކަމަށާއި އެ މަސައްކަތްތަކަކީ ރައްޔިތުންނާއި ވަރަށް ބޮޑަށް ގުޅިފައި ހުރި މަސައްކަތްތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ރޭ ކޮމިޓީ ފެންވަރުގައި އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓަށް ދެ ފަނޑިޔާރުން އައްޔަން ކުރުމުގެ މަސައްކަތް ކުރެވިގެން ދިޔަ އިރު އެ މަސައްކަތުގައި އިދިކޮޅު މެމްބަރުން ބައިވެރިވެވަޑައިގެންނެވި ކަން ނިހާން ފާހަގަ ކުރެއްވިއެވެ. އިދިކޮޅު މެމްބަރުން ކޮމިޓީ ބައްދަލުވުންތަކުގައި ބައިވެރިވެ އެކަމަށް ހާއްސަ އެލަވަންސް ހޯދަމުންދާ ނަމަވެސް ރައްޔިތުންނާއި ގުޅޭ އެތައް ނިންމުންތަކެއް ނިންމާ ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް މެމްބަރުން ހާޒިރު ނުވާ ކަން އޭނާ ފާހަގަ ކުރެއްވިއެވެ.

"އެބޭފުޅުންނަކީ ރައްޔިތުން ދެކެ ލޯބިވާ ބައެއް ނަމަ ރައްޔިތުންގެ އަތުން މުސާރަ ނަގައިގެން ރައްޔިތުންނަށްޓަކައި މަސައްކަތް ކުރަން އެ ތަޅުމަށް ވަޑައިގަންނަވަން ޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލު ކުރަން." ނިހާން ވިދާޅުވިއެވެ.

"މިކަންތައްތަކަކީ އަޅުގަނޑުމެން ހަރުކަށި އިބާރާތުން އަޅުގަނޑުމެންގެ ޖޮއިންޓް ޕާލިމެންޓަރީ ގްރޫޕުން ކުށްވެރި ކުރާ ކަމެއް." ނިހާން ވިދާޅުވިއެވެ.

އިދިކޮޅު މެންބަރުން ވަނީ މިދިޔަ ޖުލައި މަހުން ފެށިގެން ރައްޔިތުން މަޖިލީހުގެ ޖަލްސާތައް ބޮއިކޮޓް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ސާމީ

    ތިޔަ ވިދާޅުވީ ވަރަށް ހެޔޮކޮށް. އިދިކޮޅު މީހުނަށް ގޯސްވާނީ ހަމައެކަނި އެމީހުނަށް ފެންނަ ކަމެއް. ޢެެެއީ ރައްޔިނތުންނައް ހެޔޮ އެދޭ ބަަައެއްނޫން.

  2. އަބްދުއްލާ

    އިދިކޮޅުގެ މީހުންނަކީ ވަރަށް ތަންދޮރު ނުދަންނަބައެއް .މަޖިލީހުގެތަޅުމުގަ ވޯޓެއް ނުނަގާހާ ދުވަހަކު މަޖިލީހުގެ ރައީސް ވަތްކެއްނުވާނެ ގާނޫނު އަސާސީގަ ބުނަނީ މަޖިލީހުގަ ނަގާ ވޯޓުން ފާސްވުމުން ވަކިވީކަމަށް . އެއްވެސް ގާނޫނަކު ނޯވޭ މަޖިލީހަށް މަޖިލީހުގެ ރައީސް ވަކިކުރަން ހުށަހަޅާ ހުށަހެޅުމުގަ ވަކި އަދަދެއްގެ މެމްބަރުން ސޮއިކޮށްފިނަމަ ވަކިވާނެ ކަމަކަށް

  3. އަލްޖިބްރާ

    މަޖްލީހުގެ ވަކިބަޔަކު ބާރުގެ ބޭނުންކޮށްގެން މަޖްލީހުން ތަޅާބޭރުކޮށްފާއެތިބީ ، ނިހާނު ހަމަ ރައްޔިތުން ދެކެ ވާލޯތްބެއްގެ ބޮޑުކަމުން އުތަ ؟ ކަލޭގެ ލަދުހަޔާތް ކޮބާ ؟

  4. ޕޯލީން ހެލް ސަން

    މަޖިލީހަށް ނުގޮސް މުސާރަ ..މިކަން އޮސްޓުރޭލިއާ އަށް ވެސް ރަނގަޅު... ފިތުނަ ފެތުރުމާށް މުސާރަދޭ ހަމަ އެކަނި ގައުމު... ދިވެހިރާއްޖެ.
    .

  5. ދިސްވޭއޭ

    ރައްޔިތުންދެކެ ލޯބިވާނަމަ ރައްޔިތުންނަށްޓަކައި މަޖިލީހަށް ހާޒިރުވާނެ ކަމަށް ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ބަޔަކު ކުއްލިއަކަށް އެއްވެލާ ފަތުރާލާ ޕްރޮޕެގެންޑާ އިން ކެއްކޭނެ ޑޮންޑޮނެއް ނުހުންނާނެއޭ ތަމެން ތިޔާ ދައްކަނީ އެއީ ކަނޑުކޮސް ވާހަކަ ތަކޭ. ރާއްޖޭގެ މަޖްލީހުގެ ކޯރަމް ހަމަވެގެން ޖަލްސާ ބާއްވާނަމަ އެފަދަ ޖަލްސާ ތަކުން ފާސް ކުރާ ގާނޫނު ތައް އެވާނީ ސައްހަ ގާނޫނު ތަކަށޭ ރާއްޖޭގެ ސްޕްރީމް ކޯޓަށް ވެސް މިގޮތަށް މަޖްލީހުން ފާސް ކުރާ ގާނޫނު ތައް އުވާނުލެވޭނެއޭ. ކަން މިހެން ހުރުމުން ޕީޕީއެމް ޕީޖީ ގްރޫޕްގެ ޕްރައިމަރީ ޒިންމާ އަކީ ފުރަތަމަ ވެސް ރާއްޖޭގެ ލޯކަލް ކައުންސިލް ތަކަށް ނޮން ޕާރޓީގެ މެމްބަރުންނަށް ކުރިމަތި ނުލެވޭނެ އުސޫލުން ގާނޫނަށް އިސްލާހު ގެނައުން ހަމަ އެގޮތަށް މަޖްލީހުގެ އިންތިޚާބަށް ވެސް އަމިއްލަ ގޮތުން ވާދަ ކުރާ އެއްވެސް ކެންޑިޑޭޓަކަށް ކުރިމަތި ނުލެވޭނެ ގޮތް ހެދުން މީ ޕީޕީއެމް ޕީޖީ ގްރޫޕްގެ ޒިންމާ އަކީ މިހާރު. ދެން ރަނޑު އަންހެނުން ދައްކާ ވާހަކަ ނުދެއްކުން ނިހާނު މެން ރަނގަޅު ވާނީ. ނިހާނު އަދި އަދުރޭ މެން މާލޭގައި އުމުރު ދުވަހު އުޅޭ އިރު ވެސް އަދިވެސް ވަރަށް އަންހެން ދުޅައިގެ ދަ ރާއްޖެތެރޭ މީހުން ހޮޅުއަށީގައި ދައްކާ ފަދަ އަންހެން ދުޅައިގެ ވާހަކަ ދައްކަނީ އެފަަދަ ވާހަކަ ތައް ހުއްޓާލުމަށް ފަހު ތަންކޮޅެއް ފިރިހެން ވަންތަ ބަހުރުވައިން ވާހަކަ ދައްކަންވީ. ޕީޕީއެމް ޕީޖީ ގްރޫޕްގެ ޒިންމާ އެއް ނޫން އެއީ އިދިކޮޅު ޕާރޓީ ތަކުގެ މަޖްލީސް މެމްބަރުން މަޖްލީހުގެ ޖަލްސާ ތަކުގައި ބައިވެރި ކުރުވުމަކީ ނޫސް ކޮންފަރެންސް ތައް ބާއްވައިގެން. ޕީޕީއެމް ވެރިކަމުގައި އޮވެމެ މަޖްލީހުގެ ޖަލްސާ ތަކުގައި ބައިވެރި ނުވެ އަދި ކޮމެޓީގެ މަސައްކަތް ނުކޮށް ކެމެޓީގެ އެެލެވެންސް ނަގާ ނަމަ އެކަމަށް ގާނޫނެއް ހަދާ ގާނޫނެއް ފާސް ކުރީމަ ނިމުނީ އަދި މަޖްލީހުގެ މެމްބަރުކަން ގެއްލޭ ގޮތަށް އެންޓި ޑިފެކްޝަން ގާނޫނަށް އެބައިވެސް އިތުރު ކުރީމާ ނިމުނީއެވެ. ޕީޕީއެމް ވެރިކަމުގައި އޮވެމެ ބަރުގެ ބޭނުން ނުކޮށް އަންހެން ދުޅައިގެ ވާހަކަ ދައްކާ ކަން އެއީ ފާހަގަ ކުރެވޭނެ ކަންކަން..

  6. ބޭބެ

    މަގުބޫލު އުޒުރެއް މެދުވެރިވެގެން ނޫންގޮތަކަށް މަޖްލީހުގެ ތަޅަނަށް ހާޒިރުނުވާ މެމްބަރުންގެ މުސާރައިން އެދުވަހަށްޖެހޭ މުސާރަ އުނިކުރަން ގަވާއިދު އިސްލާހުކުރަންވީ!!! އޭރުން ތިކަން ޙައްލުވާނެ!! މިހާރު ހާރިރުވިޔަސް ނުވިޔަސް ފުލްކޮށް މުސާރަލިބޭ!!

  7. ނުރަބޯ

    އިދިކޮޅުމީހުންނަކީ އަދި އެމީހުން ނަގަހައްޓާ ދަމަހައްޓާ ވެރިކަމަށް އަރުވަން އުޅޭމީހުންނަކީ ގައުމީ ރޫޙު ގެ ޒައްރެއްގެ މިންވަރު ވެސް އެމީހުންގެ ހިތުގައިވާ ބައެއްނޫނެވެ. އެހެންނޫންނަމަ ގައުމީރޫޙުގެ އެއްމެ އިސް ބައި ކަމަށްވާ މާތްވެގެންވާ އިސްލާމްދީނަށް، އިދިކޮޅު ރީނދޫ ސަރުކާރުން ކުރިމަތިކުރި ފިއްތުން ތަކާ ގޮންޖެހުންތަކާމެދު ވިސްނާލާ އެމީހުނަށް ނޫނެކޭ ބުނީހެވެ.

  8. ޥގ

    ނިހާންމެން މަޖްލީހުން ނުނިކުމެ އެއުޅެނީ ލަދުހަޔާތް ކުޑަކަން މީހުން ކުރިމަތީގަ އަނގައަރުވަން މިޖިލިސްބާއްވަނީ ޓނުއަދުރޭމެންބޭނުންދުވަހަކު ކިހާ ތާހިރު

  9. އިޒަން

    ޙާޒިރު ވިޔަސް ، ނުވިޔަސް މުސާރަ ބަރާބަރަށް ލިބޭ، އެހެންވީމާ ، ނުދާނެންނު، އާދައގެ ދެރަ ނިކަމެތި މީހާ އުޒުރެއް ނެތި ހާޒިރު ނުވެއްޖިއްޔާ މުސާރައިން ކަނޑާ، ތިޔް އެއްޗިހި ތަކަށްވެސް މިހެން ހަދާބަލަ ، ނިހާނު، އޭރުން ދާނެ، ފައިސާގެ ދަހިވެތި ކަމުގަ.