ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ހުކުމް އިއްވި ފަސް ގާޒީންގެ ތެރެއިން ތިން ގާޒީއެއްގެ އޯޑިއޯތައް ލީކްވުމުން އެމީހުން މަގާމުގައި ބޭތިއްބުމާއި ދެކޮޅަށް އަދާލަތު ޕާޓީގެ ޑރ.މުހައްމަދު އިޔާޒް އަބްދުލްލަތީފާއި އައްޝައިހް އަލީ ޒައިދު ވެސް ވާހަކަފުޅު ދައްކަވައިފިއެވެ.

އެބެންޗްގައި ތިއްބެވީ ގާޒީ އަލީ ރަޝީދު ހުސެއިނާއި، ގާޒީ އަހުމަދު ޝަކީލާއި ގާޒީ މުހައްމަދު ސަމީރާއި ގާޒީ އަލީ އާދަމް އަދި ގާޒީ ހުސެއިން ފާއިޒް ރަޝާދެވެ. އޭގެތެރެއިން ގާޒީ މުހައްމަދު ސަމީރާއި ގާޒީ އަލީ އާދަމް އަދި ގާޒީ ހުސެއިން ފާއިޒް ރަޝާދުގެ އޯޑިއޯތަކެއް ވަނީ ލީކްވެފައެވެ.

އޯޑިއޯތައް ލީކްވެފައި ވަނިކޮށް ޑރ.އިޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފަނޑިޔާރަކު އަމިއްލައަށް މައްސަލައެއް ނިންމީ ބައެއްގެ ނުފޫޒުންނޭ ބުނާ ހިސާބުން މަގާމުން ޢަޒުލު ކުރަން ޖެހޭ ކަމަށެވެ. "ފަނޑިޔާރުންނަކީ ވަކި ފަރާތަކަށް ބުރަނުވެ, ނުފޫޒުތަކުން އެއްކިބާވެގެން ތިބެންޖެހޭ ބަޔެއް. ފަނޑިޔާރަކު އަމިއްލަ އަށް ތިމަންނާ މިވެނި މައްސަލައެއް ނިންމީ ބަޔަކު މީހުންގެ ނުފޫޒުންނޭ ބުނާ ހިސާބުން މަގާމުން ޢަޒުލް ކުރަން ޖެހޭ." ޑރ.އިޔާޒް ވިދާޅުވިއެވެ.

އިޔާޒް ކުރެއްވި އިތުރު ޓްވީޓެއްގައި ވިދާޅުވީ ނުފޫޒު ފޯރުވިތޯ ނުވަތަ ނޫންތޯ ޔަގީން ކުރަން ޖެހޭ ކަމަށެވެ. ނަމަވެސް މިއޯޑިޔޯގައި މިވަނީ ފަނޑީޔާރުގެ އަޑު ކަމަށްވަނީނަމަ އޭނާ އެވަނީ ނުފޫޒަށް ހެއްލިގެން ޙުކުމް ކުރުމުގައި ބައިވެރިވި ކަމަށް އަމިއްލަ އަަށް އިޢްތިރާފްވެފައި ކަމަށާއި އަމިއްލަ އިޢްތިރާފް އޮތުމުން އިތުރު ތަޙްގީގެއް ބޭނުމެއް ނުވާ ކަމަށް އިޔާޒް ވިދާޅުވިއެވެ.

އަލީ ޒައިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފަނޑިޔާރުންނަކީ ވަރަށް ނަޒާހާތްތެރި ބަޔަކަށް ވާން ޖެހޭ ކަމަށެވެ. "ފަނޑިޔާރަކު އަމިއްލައަށް ތިމަންނާ ހުކުމް ކުރީ ގޯސްކޮށޭ އެކިކަހަލަ ނުފޫޒު ތަކުގައި ޖެހުނޭ ނުވަތަ ވަކި ފަރާތަކަށް މަންފާ ހޯދައި ދޭން މަސައްކަތް ކުރީމޭ ބުނާ ހިސާބުން އޭނާ އެމަގާމަށް ޝަރުތު ހަމައެއް ނުވޭ. މިއީ ވަރަށް ސީރިއަސް މައްސަލައެއް." އަލީ ޒައިދު ވިދާޅުވިއެވެ.

ޔާމީންގެ މައްސަލަ ބެއްލެވި ގާޒީންގެ އޯޑިއޯތަކާއި ގުޅޭ މައްސަލަ ބައްލަވާނެ ކަމަށް ޖޭއެސްސީ އިން ވަނީ ވިދާޅުވެފައެވެ. ނަމަވެސް އަދި މިހާތަނަށް އެއިން އެއްވެސް ގާޒީއަކާއި މެދު އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

 1. މީހާ

  އެކައުންޓަށް 1 މިލިއަން ޑޮލަރު ޖަމާވިތޯ؟

  18
  14
 2. މިގޭ

  ކޮބާ ހީވޭތަ ؟

  19
 3. ވާހަކަ

  ތިވާނީ ގާޒީ ޔާމީން އަތުން ލާރިގަންޑެއް ނަގާފަ ޑީލް ހެދީކަމަށް ...........ޔާމީން އަމިއްލައިން ވެސް އިއުތިރާފް ވެފާ އޮތީ ތިމަންނަ ގެޔައްވަނީ ހަލާލް ފައިސާނޫންކަމާ އަދި މެޑަމް ފައުން ޑޭސަން ވެރިކަން ނިމުމާ އެކު ވަނީ ކަފުންވެފާ އެހިންގީ ރައްޔިތުން ލާރިންކަން ވވވ ސާފު

  11
  52
 4. ލައްޓި ހުޅުމާލެ

  ދެޝޭހުންނަށް ބުނަން ކެރޭނެތޯ މި އޯޑިޔާތަށް ސައްހަކަމަށްވާނަމަ ރައީސްޔާމީނަށް ކޮށްފައިވާ ހުކުމަކީ ބާތިލު ހުކުމެކޭ؟

  46
  3
 5. ވިސްނާލުމަށް އެދެމޭ

  ހަމައެކަނި ގާޒީން މަގާމުތަކުގަ ތިބުން ގޯ ސްވެ ސީރިޔަ ސް ވީމަ އަހަރެމެންނަށްވެ ސް ގޯ ސް ޒިޔާދާ ޒައިދުވެ ސް... މިހާރު ވަގުތުން ވަގުތަށް ރޔީން ދޫކޮއްލަންޖެހޭނެ ފަޑިޔާރުން އަމިއްލަ އިއުތިރާފުން އެބުނަނީ ހުކުމްކުރީ ޝަރީއަތަށް ކަމެއް ސާބިތުވުމަކާ ނުލާކަމަށް....ފަޑިޔާރަކު މަންފާއެއް ލިބުމުގެ އެދުމުގަ އެއްވެ ސްމީހަކަށް ހުކުމްކުރުން ހުއްދަނުވާކަމަށް އި ސްލާމީ ޝަރީޢާގަވާކަން އަހަރެމެން ދަންނަނީ..މިއީ ކުޑަކުޑަ ކަމެއްނޫން މަޖާކަމެވެ ސްނޫން އަދި އިއްތިފާގެވެ ސްނޫން..މިއީ ﷲގެ ހުކުމްތަކާ ރަ ސޫލާގެ ސުންނަތާ ޙިލާފުކަމެއް އެއްވެ ސްމީހަކަށް ނުހައްގުއަދަބެދީ އަނިޔާވެރިވުން..އިލްމުވެރިޔަކަށް އަހަރެންނުވިޔަ ސް އި ސްލާމްދީނުގަ ހުރުމަތްކުރެވުނު ކަންތައްތަ ހައްޖަތުންވަދާޢު ޙުތުބާގަ ރަ ސޫލާ ވިދާޅުވެދެއްވިގޮތަށް މިއަދުގެ އިލްމުވެރިންވެ ސް ބުނަމުންއަންނަނީ އަދި ކީރިތިގުރުއާނުގެ ދިވެހި ތަރުޖަމާއިން ފެންނަންއޮތީ..ފަޑިޔާރުން ތައުބާވެ ރޔާމީނާ އަދި ރައްޔިތުންގެކިބައިން މަޢާފަށްއެދެންޖެހޭ އަދި ކަންހިގާދިޔަގޮތް ސުޕުރީމްކޯޓަށް ސިޓިއަކުންބުނެދީ ރޔާމީން ދޫކޮއްލަންޖެހޭ...

  24
 6. ާައަހުމަދު

  ނުފޫޒު ފޯރުވަނީ ތިޕާޓީގެ މީހެކޯ އެއީ ތެދެއްތޯ؟

  20
 7. ކޮވިޑް

  ޝޭހުންގެ ތާކިހާ އަޅައިގެން ދީން ވިއްކަމުން ދިއުން އޯކޭތޯ؟މަޤާމުގެ ދަހިވެތިކަން އިސްލާމް ދީނަށް ވުރެ މުހިއްމީތޯ؟

  23
 8. ކުޑަމާލޭ މޮހޮނދުބޭ

  ޔާމީނު ވީ އިއުތިރާފަކީ ގައިމު މީހަކު ފްރޭމްކޮށްގެން ވީ އުޢުތިރާފެއްނޫން، ރައީސްކަމުގެ ފުރހަމަ ބާރާ ޢިއްޒަތުގަ ހުރެ އާދައުރަކަށް ކެމްޕެއިން ކުރުމަށް ބޭއްވި ޖަލްސާތަކުގައި ރައްޔިތުންނާ ބައްދަލުކޮށް މުޅިރާއްޖެއަށް ފެންނަ / އިވޭ ގޮތަށް ދެއްކި ޖަލްސާތަކުގަ އަމިއްލަޔަށް " ތިމަންނަގެޔަށް ވަންނަ ފައިސާޔަކީ ހަލާލުނޫން ފައިސާ " ޔޭ ގޮވީ. ދެން ކޮންވާހަކަޔެއް މިހާރު ދައްކާކަށް. ނަސީބެއްނު ރައްޔިތުން ނުކުމެ މަރާނުލާ ބެހެއްޓިކަން. ގައިމު ކޮރެޔާ ކަހަލަ ޤައުމުތަކުގަ ވެރިން ރައްތުރުންގެ ލާރިން ވައްކަންކޮށް ކޮރަޕްޝަން ގެ އަމަލުތަށް ހިންގުމުން މަރަނީ.

 9. އިސްޢާފް ސަލީމް

  ދެން ނުފޫޒުން އިއްވި ޙުކުމަށް ވާނީ ކިހިނެއް؟ އެއީ ޙައްޤުޙުކުމެއްތޯ ނުވަތަ ބާޠިލު ޙުކުމެއްތޯ؟ ޢުމަރުގެފާނުގެ ޚަލީފާކަމުގައި ރަށަކަށް ޤާޟީއަކު ޢައްޔަންކުރެއްވިއިރު ދެއްވި ނަޞޭޙަތް ކިޔާދީބަލަ! " މީސްތަކުންގެ ޙައްޤަށް ރައްކާތެރިވާށެވެ. މީސްތަކުންގެމެދުގައި ނިޔާކަނޑައަޅާއިރު ޢަދުލުވެރިވާށެވެ. ޙުކުމެއް ކުރިފަހުން އެޙުކުމަކީ ޢަދުލުވެރިނޫން ޙުކުމެއްކަމަށް ފެނިއްޖެނަމަ ބާޠިލް އުވާލާ ޙައްޤަށް ރުޖޫޢަވާށެވެ. އެބަހީ އެ ޙުކުމް ބާޠިލްކުރައްވާ ހައްޤަށް ނިޔާކަނޑައަޅާށެވެ. ބާޠިލްމަތީގައި ދެމިހުރެ ތިބާގެ ނަފްސު ނަރަކަޔަށް އެއްލައިނުލާށެވެ."

 10. ޑަރޯގާ

  ރަސޫލާ ދުޢާދެއްވި ވެރިއެއްކަމަށް ބުނެ ދިވެހިން ގުނބޯ ހައްދަމުން ދިން ވިެްކަމުން ހިންގާސޭކުންތަމީ. ލަދެއްވެސް ނުގަނޭ.

 11. ޖުނާ

  ތިހުރިހާ ކަމެއް ގޯސްވަނީ ފަނޑިޔާރުންނަށް އެއޮންނަ އިނާޔަތެއްގެ ސަބަބުން.މަގާމުގެ ދަހިވެތިކަމުގަ އެގޮތަށް ކަންތައް ކުރެވެނީ.މިހާރުވެސް އެއޮންނަ އެލަވަންސްތައް ކަނޑާލާ އެއިރުން މަގާމުގެ ދަހިވެތިކަމުގެ މައްސަލަތަކެއް ނުނިންމާނެ.