ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ހުކުމް އިއްވި ގާޒީންގެ އޯޑިއޯތަކަކީ، ބަޔަކަށް އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ ލީޑާޝިޕުން ރިޝްވަތު ދީގެން އުފައްދައިގެން އުޅޭ އަޑުތަކެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެންބަރު އަހްމަދު ހަލީމް (ދޮންބިލަތް) ވިދާޅުވެއްޖެއެވެ.

ޔާމީނަށް ފަސް އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވި ފަސް ގާޒީންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ގާޒީ ހުސައިން ފާއިޒް ރަޝާދުއާއި، ގާޒީ މުހައްމަދު ސަމީރުއާއި، ގާޒީ އަލީ އާދަމްގެ އަޑު ހިމެނޭ ތިން އޯޑިއޯއެއް ވަނީ ލީކުވެފައެވެ. މީސް މީޑިއާއަށް އޯޑިއޯތައް ލީކު ވުމުގެ ކުރިން މި އޯޑިއޯތައް "ވަގުތު" އަށް ލިބި އެ ކަން އިއްޔެ ރިޕޯޓްކުރިއެވެ.

މި އޯޑިއޯތަކުގައި، ޔާމީންގެ މައްސަލައިގައި ހުކުމް އިއްވަން ގާޒީން ނުފޫޒު ފޯރުވިކަން ފެންނަން އޮތުމުން އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ ކޯލިޝަންގެ ފަރާތުން ކުއްލި މައްސަލައެއް މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވިއެވެ. އެކަމަކު، ޕީއެންސީގެ ޕާލިމެންޓްރީގެ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފްގެ އެ މައްސަލައަށް ބަހުސަށް ހުޅުވާނުލެވުނީ އެހެން ކުއްލި މައްސަލައެއް ވެސް ހުށަހެޅިފައި އޮތުމުންނެވެ.

މަޖިލީހުގެ ގަވާއިދުގައި އޮންނަ ގޮތުން އެއް ޖަލްސާއެއްގައި ދެ ކުއްލި މައްސަލައެއް ހުށަހެޅިއްޖެނަމަ އެ ދުވަހުގެ ޖަލްސާގައި ބަހުސަށް ހުޅުވާލާނީ ގުރުއަތުން ހޮވޭ މައްސަލައެކެވެ. އަނެއް މައްސަލައަށް ބަހުސް ހުޅުވާލާނީ ދެން ޖަލްސާ ބާއްވާ ދުވަހެއްގައެވެ.

މިއަދުގެ ޖަލްސާގައި ގުރުއަތު ނަގައިގެން ހޮވިފައިވަނީ މަކުނުދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު ރާއީ ހުށަހެޅުއްވި ކުއްލި މައްސަލައެކެވެ. އެއީ ރަސްމަތި ފަަރަށް އާގު ބޯޓެއް އެރި މައްސަލައެކެވެ. މި މައްސަލަ ބަހުސް ހުޅުވާލަން 35 މެންބަރުންގެ ވޯޓުން ފާސްވުމާއެކު، އިދިކޮޅު މެންބަރުންތަކެއް މަޖިލީހުގެ ރިޔާސަތު ކުރިމަތީގައި ތިއްބަވައިގެން އަޑުގަދަ ކުރައްވައި އިހްތިޖާޖް ކުރައްވަމުން ގެންދެވިއެވެ.

އެ ދަނޑިވަޅުގައި ނިޒާމީ ނުކުތާއެއް ނަންގަވައި މެންބަރު ހަލީމް ވިދާޅުވީ، އިދިކޮޅު މެންބަރުން ހުށަހެޅުއްވި ކުއްލި މައްސަލާގައި ފާހަގަ ކުރައްވާ އޯޑިއޯތަކަކީ އެއްވެސް އަސްލެއް ނެތް އޯޑިއޯތަކެއް ކަމަށެވެ. އެއީ އެ ބޭފުޅުން "ރިޝްވަތު ދީގެން" އުފައްދައިގެން އުޅޭ އޯޑިއޯތަކެއް ކަމަށާއި އޭގައި ވާހަކަ ދައްކަވަނީ ކޮން ކޮން ބަޔަކު ކަމެއް ވެސް ސާފު ނުވާ ކަމަށް ހަލީމް ވިދާޅުވިއެވެ.

އިދިިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ މެންބަރުން އިހްތިޖާޖްކޮށް އަޑުގަދަ ކުރައްވާތީ، އެމްޑީޕީގެ ބައެއް މެންބަރުން ވެސް ނިޒާމީ ނުކުތާ ނަންގަވައި، ޖަލްސާ ކުރިއަށް ގެންދަވަން އިދިކޮޅު މެންބަރުންގެ ނަން އިއްވަން ރިޔާސަތަަށް ގޮވާލައްވަމުން ގެންދެވިއެވެ.

އެކަމަކު ރިޔާސަތުގައ އިންނެވި ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފް އެއްވެސް މެންބަރެއްގެ ނަން ނުއިއްވައި، އެ މެންބަރުންނަށް ވިސްނައިދެއްވަމުން ގެންދެވީ ރިޔާސަތަށް ކުރިއަށް ގެންދެވޭނީ ގުރުއަތުން ހޮވުނު މައްސަލައެއް ކަމަށެވެ.

ފަހުން ޖަލްސާ 10 މިނެޓަށް މެދުކަނޑާލައްވަނީ ކަމަށް ވިދާޅުވެ ޖަލްސާ މެދުކަނޑާލިއެވެ. ޖަލްސާ ދެން ފެށީ ގާތްގަނޑަކަށް 25 މިނެޓް ފަހުންނެވެ. ޖަލްސާ ދެން ފެށިއިރު އިދިކޮޅު މެންބަރުން އިހްތިޖާޖް ކުރަމުން ނުދެއެވެ. އަދި މަކުނުދޫ ދާއިރާގެ މެންބަރު ރާއީގެ ކުއްލި މައްސަލަ ތަޅުމަށް އިއްވައި، އޭގެ ބަހުސް ފަށައިގެން މިހާރު ކުރިއަށް އެބަގެންދެއެވެ.

ކިޔުންތެރިންގެ ހިޔާލު

30 ކޮމެންޓް

  1. ނަޒީ

    ރިޝްވަތުދީގެން ވޯޓު އޮޅުވާލައި ހެކި އުފެއްދެންޏާ ރިޝްވަތުދީގެން އޯޑިޔޯވެސް އުފެއްދެންވާނެ! ސްޕްރީމްކޯޓުގެ ފަނޑިޔާރުންނަށް ރިޝްވަތުދީގެން ޖަލުގައިތިބި ބަޔަކު ދޫކޮށްލީ ކޮންބަޔެއް ބުނެގެން؟ ފައްކާ މަރުމޯލެއް މީ!

    81
    4
  2. ރީތި މޫސަ

    މިގައުމައިހުރި އެންމެއެނގޭމީހާ ހުރިހާކަމެއްވެސް އެނގޭނެ ނަމަވެސް އަމިއްލަމީހާގެހާލު އެނގޭބާ

    74
    6
  3. ޙަސަން

    ބޯޅަކުޅެން އުޅުނު ބުރާންތިން ޤާނޫނުހަދަން ލީމަ ވާނީ މިހެން. ހެއްދެވިނެހެއްދެވިއަށް ގޮވަބް މާލެތެރޭ ޓެލިބާލަން އުޅެފަ މަވަރެއްނެތްކަމަށް ހެދިގެން އަނގަފުޅާކުރިޔަސް އަދި މޮޅުމީހަކަށް ނުވާނެއެވެ.

    79
    3
  4. ތެދު ބަސް

    އަޙްމަދު ހަލީމަކީ ފައްކާ އައްނިއަށް ކާޅުފަހާދޭ އަޢުވާނެއް، ޣާ ޣާ ޣާ

    69
    5
  5. ލުޠުފީ

    ރިޝްވަތު ދީގެންތިބެ ކަންކަންކުރުވާފަ އެކަންކަން ފަޅާއަރަންފެށީމަ އެހެންމީހުންނާ ދިމާއަށް ރިޝްވަތޭގޮވަން ލަދުކޮބާ.

    74
    5
  6. ޔަގީން

    ޔަގީން ގާޒީން ވވވ ލާރިޔާ ދޯޅުވާނެ.......އެމީހުން މަގާމުން އެކަހެރިކުރޭ

    27
    2
  7. މާމީ

    ރިޝްވަތު ދީގެން ވަގައް ނެގި ސަރުކާރެއްކަން ބުރާންތި ތަކާ ނޭގެނީތަ؟؟؟؟

    44
    3
  8. ހަސަން

    މި ހަލީވަރުގެ ބޮޑުވަގެއް ދުނިޔެއަކު ނުހުންނާނެއެވެ. ދ. ފެރީ ދުއްވަން ކިޔައިއި ހޯދިރަށް ތަރައްގީކޮށް ނަފާ ނަގަމުންދާއިރު ފެރީދުއްވުން ހުއްޓާލާ އަދި ފެރީގެ ކިދުމްތް ދިންއިރުވެސް ދެދުވަހުން އެއްދުވަހު ކިދުމަތްދެނީ! މަޖިލީހުގައި މި ތިބީ މިވަރުގެ ވަގުން!

    35
  9. އެއްނަމްބަރ ސައިންޓިސްޓް

    ފަޅާއެރީމާ ދެން ގޮވާ ކަރަންފުލޭ!

    38
    1
  10. ބުއްޅަބޭ

    ދޮންބިލަތް ތަަ ރިޝްވަތު ދިނީ އަނެއްކާ!

    37
    • ކަނބާ

      ދ.އަތޮޅުން ދެ ފަޅުހޯދަން މިކަލޭ ދިނީ ކިހާވަރެއްގެ ރިޝްވަތެއްބާ؟

  11. އަލީ އަހުމަދު

    މީނަގެ މެންޓަލް ސްޓޭޓަސް ބަލަން ބޭނުން.. ބޮލުރޮދި ކެނޑިފަ ހުރި އެއްޗެއް، ވާނުވާއެއް އެނގެނީއެއް ނޫން، އަނގަ އޮތީމަ، ދޫހެލޭތީ ތަޅުވަނީ

    32
    1
  12. Anonymous

    ރިޝްވަތު ދީގެން ޝަރީއަތަށް ނުފޫޒު ފޯރުވާ ވަކިގޮތަކަށް ހުކުމް ކުރަން އެންގި މީހުންގެ ތެރޭގައި ހިމެނޭ އެކަކުދޯ މި ދޮންބިލެތް ހަލީމަކީ. ބަކަރިއެއްހެން އަބަދު އޮއްކޮއްކޮއްގެން މީނަގެ ކަމަކީ މިގައުމު ފަސާދަ ކުރުން.

    33
  13. Anonymous

    އަބަދު ރިޝްވަތު ދީގެން ކަންކަން ކުރާ މީހުންގެ ދުލުން ނުކުންނާނީ ތިކަހަލަ ވާހަކަތައް. ކަލޭމެނަށް އެނގޭނީ ރިޝްވަތު ދީގެން ރައީސް ޔާމީންގެ ޖަލަށް ލީކަންވެސް.

    29
  14. ޜިސްވަތު

    ރިސްވަތު ދީގެބް ދ. ޢަތޮޅުން 2 ރަށް ރިސްޯޓް ހަދައިގެން ފެރީ ހުއްޓާލި ބޮޑް ވަގު . ލަދެއް ހަޔާތެއް ނެތޭ

    32
  15. ކޮވިޑް

    ދޮންވެގެން ދެން ވާނީ ފީ. ބަލަ އެމްޑީޕީ ނޫނީއްޔާ ދެން އެން މީހުން ކުރާނީ ފޭކް ކަންތައް އިންސާފަކީ ވެސް އެމްޑީޕީގެ ހައްގެއް އެހެން މީހުންނަށް އޮންނަ އެއްޗެއްނޫން އެއީ އެޖެންޑާ 19 އަކީ . ތި ޑްރާމާތައް މިހާރު ދިވެހިން ދަނޭ ބިލަތާ؟

    30
    1
  16. ނަމީމާ

    ތިޔަވީ ޑިއޯއަކީ ހަގިގަތުގައިވެސް ހިގާފައިވާކަމެއް އެއީ މިހަލީމުއާއި އެމްޑީފީމީހުން ފަޑިޔާރުންނަށް ރިސްވަތު ދީގެންކޮށްފައިވާ ބާތިލު ފާސިގުހުކުމެއް

    29
  17. އަލީ

    ދެން ހޯއްލައްވަ ބަލަ..

    17
  18. އެޖެންޑާ 19

    ދޮންބިލަތަކީ ހަމައިގައި ހުނަ މީހެއްނޫން .އެނަޔަކީ ރޯނުއެނދުރެއް .ވައްކަން ކޮށްގެން ފައިސާ ހޯދޭތޯބަލާ.ބޮޑު ވަގު

    25
  19. ޙހހހ

    އާނ އެކަން ކުރާމީހުންނަށް އަބަދުވެސް ހީވަނީ ދެންތިބިމީހުންވެސް އެހެން އެޅޭނޭ، ތި އޯޑިއޯތަކާއި ވީޑިއޯތައް މިހާތަނަށް ލީކުކޮށް މީހުން ބަދުނާމްކުރަން އުޅުނީ ކޮންބައެއްބާ ، މިހާރުގެ ފޮރިންމިނިސްޓަރ ޝާހިދުވެސް އެހެރީ ޕްރީޕެޑް ރޯނެއްގައި ޖައްސާފައި

    23
  20. ޢިޔާބު

    ނުކިޔަވާ ސޮރަކަށް ލިބުނު މެމްބަރުކަމޯ

    31
  21. ސިމާ

    މީކާކުތަ؟މީނަގެ ބލ ވަރަށްބޮޑު މަޖިލިސްތެރޭގަ.މަޝްހޫރުވާންވެގެން ކޮންމެވެސް އެއްޗެއްކިޔަނީ..ކަލޭމެންނާ ދެކޮޅުކަމެއްވިއްޔާ ރިޝްވަތު.ރަނގަޅަށް އެއްކަމެއްވެސް ނުކުރެވޭނެ.

  22. މިގޭ

    ހަލީމް ކަލޭތީ ރިޝްވަތު ބެހި މީހަކަށްވާތީ ތިހެން ކިޔަނީ

  23. އަހްމަދު

    ރިޝްވަތު ދޭބަޔަކަށް އެނގޭނީ އެކަން ކުރާގޮތް!

  24. ރާއްޖެތެރެ

    ނުހައްގުން ފަޅުރައްތަ ނަގައިގެން ތިބިމީހުންގެ ރައްތަ ސަރުކާރައް ނަގަން ޖެހޭ. އެމީހުން ރިސޯޓްހަދއިގެން ބޮޑު އަމްދަނީއެއް އެބަލިބޭ

  25. އަހްމަދު ހަލީމް ދޮންބިލެތް

    ރިޝްވަތު ދިނީވެސް އަޅުގަނޑު

    10
  26. ލަދުބެ

    ބަލަރައްތަކެއްބޭނުންކުރާވާހަކައެއްނުދައްކާ ސާވީސް ދޭނަމޭކިޔާފައެއް ލަދެއްނެތީމަ

  27. ދާލު މީހާ

    ޙަލީމޫ ކަލޭ ދުޅަ ނުވޭ. ރިޝްވަތުހެ ޕީއެޗުޑީއެއް ހަލީމަކީ . ޑާލު ކުދިން އެކަން ދަނޭ. ޙަލީމޫ ކަލޭމެން ރައީސް ޔާމީނަށް ހުކުމް ކޮށްފަ އެެއޮތީ އަލީ ޤާޒީއަށްވެސް ރިޝްވަތު ދީގެން

    9
    1
  28. އަބްދޫ

    ހަލީމް ޑްރަގްނަގަން އުޅުނީ ރިސްވަރު ހިފައިގެންރތަ؟ ނޫނީ ނަސީދު ގެ އެމްއޯޔޫ އަކުންތަ؟ އެއާޕޯޓް ވިއްކާލުމާ ޔާމީނުގެ ހުކުމާ އެއްވެސް ތަފާތެއްނެތް. އެއާޕޯޓް އެގްރީމަންޓްޓް ބެއްލެވީ ހަމައެކަނި ބޭފުޅާ ވިދާޅުވީ އެގްރީމަންޓްގާ ސޮއިކުރަން ހެޔޮނުވާނެ ކަމަށް އެހިސާބުންއޭނަވަކިކޮށް އާބޯޑެއް އެކުލަވާލާ ސޮއިކުރުވި އިރު އެކަކުވެސް އެގްރީމަންޓް ނުކިޔާ. ޔާމީނުގެ ހުކުމްވެސް އެފަދަ ހައިލަމް މައްސަލަ ބެއްލެވިގާޒީއަކީ ކުކުމްކުރަންވުމުން ހައިލަމްއަތުން މައްސަލަ ވަކިކޮށް 5 ގެ ބެންޗެއްހަދާ އެބްެންޗުން މައްސަލަ ދިރާސާ ކުރުމަކާ ނުލާ އިސްގާޒޮިއަށް ފެނުނުލިއުންހަދާ ހުކުމް އިއްވާނިންމާލީ ރިސްވަތުގެ ބެންޗަކަށް ޕްރޮމޯޓް ކޮށްދޭނެކަން ކުރިން އޮތީ އަންގާފަ. އެހުރިހާކަމެއްހިންގީ ހިސާންހުސައިން.

    12
  29. ހުދު ހުދު

    މިބޭފުޅާ ހޮވުނީ ކިހާވަރެއް ދީގެން ފ. މަގޫދޫ މީހުންނަށް... ލުބުނު މީހުން އެބައުޅޭ....