ރައްޔިތުންގެ މަޖިލިހުގެ އިދިކޮޅު މެމްބަރުންނާ ގުޅިވަޑައިގެން މަޖިލިހުގެ ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް ރިޔާސަތު ބަލަހައްޓަވަމުން ގެންދަވާ ކަމަށް ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ތުހުމަތު ކުރައްވައިފިއެވެ.

މަނީ ލޯންޑްރިންގެ ކުށް ސާބިތުވެގެން އިދިކޮޅު ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުގައި ހުކުމް އިއްވި ފަސް ގާޒީންގެ ތެރެއިން ތިން ގާޒީއެއް ވާހަކަ ދައްކަވާ އޯޑިއޯތަކެއް ލީކުވެ، އެ މައްސަލައާ ގުޅިގެން އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މިއަދު ކުއްލި މައްސަލައެއް ހުށަހަޅާފައިވެއެވެ.

އެކަމަކު، އެ ކުއްލި މައްސަލައިގެ އިތުރުން އެހެން މެމްބަރަކު ވެސް އިތުރު މައްސަލައެއް ހުށަހެޅުއްވިއެވެ. ގަވައިދު އޮތް ގޮތުން ދެ މައްސަލައެއް ޖަލްސާއެއް ހުށަހެޅިއްޖެ ނަމަ ކުރިއަށް ގެންދެވޭނީ ގުރުއަތުން ހޮވޭ މައްސަލައެވެ. މިއަދުގެ ޖަލްސާގައި ގުރުއަތުން ހޮވިފައި ވަނީ އިދިކޮޅު ފަރާތްތަކުން ފޮނުވި މައްސަލައެއް ނޫނެވެ. އެހެންވެ އެ މެމްބަރުން ވަނީ މަޖިލިހުގެ ތަޅުމުގައި އިހްތިޖާޖް ކުރައްވައިފައެވެ.

އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ މެންބަރުންގެ އިހްތިޖާޖްކޮށް އަޑުގަދަ ކުރައްވާތީ، ގުރުލައިގެން ހޮވުނު ކުއްލި މައްސަލަ ކުރިއަށް ގެންދިއުމުގައި ވެސް ދަތިތަކެއް ކުރިމަތިވިއެވެ. އެމްޑީޕީގެ ބައެއް މެންބަރުން ވެސް ނިޒާމީ ނުކުތާ ނަންގަވައި، ޖަލްސާ ކުރިއަށް ގެންދަވަން އިދިކޮޅު މެންބަރުންގެ ނަން އިއްވަން ރިޔާސަތަށް ގެންދެވީ ގޮވާލައްވަމުންނެވެ.

އެކަމަކު ރިޔާސަތުގައި އިންނެވި ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފް އެއްވެސް މެންބަރެއްގެ ނަން އިއްވާފައެއް ނުވެއެވެ. އަދި އެ މެންބަރުންނަށް ވިސްނައިދެއްވަމުން ގެންދެވީ ރިޔާސަތަށް ކުރިއަށް ގެންދެވޭނީ ގުރުއަތުން ހޮވުނު މައްސަލަ ކަމެވެ.

އިދިކޮޅު މެމްބަރުންގެ ނަން އިއްވާފައި ނުވުމުން އަފީފް އިދިކޮޅު އިހްތިޖާޖަޖަށް އެއްބާރުލުން ދޭކަމަށް އަނދުން ހުސެއިން ވަނީ ތުހުމަތު ކުރައްވައިފައެވެ. އަދި މަޖިލީސް އިތުރަށް ކުރިއަށް ގެންދެވޭނީ އިދިކޮޅު މެމްބަރުން މަޖިލީހުގެ ތަޅަމުން ނެރެގެން ކަމަށް އޭނާ ވިދާޅުވިއެވެ.

"އިއްޒަތްތެރި ރައީސް މި ބޭފުޅުން (އިދިކޮޅު މެމްބަރުން) އާއި ގުޅިގެން މިއަދުގެ މަޖިލީސް ތި ހަރާބު ކުރަނީ" އަނދުން ހުސެއިން ވިދާޅުވިއެވެ.

މަޖިލީހުގެ ރިޔާސަތު ކުރިމަތީގައި އަޑު ގަދަ ކުރައްވަމުން ގެންދެވީ ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ސިޔާމްއާއި، ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދުއާއި، ޕީޕީއެމްގެ ނައިބު ރައީސް އަދި ތ. ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ޣައްސާން މައުމޫންއާއި، މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގްއާއި، ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފްއެވެ.

ތަންކޮޅެއް ދުރުގައި އެ މަންޒަރުތައް ވީޑިއޯ ކުރައްވަން އާދަމް ޝަރީފް ވެސް ހުންނެވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ބަރަބޯ

  ސޯލިހު ވަގުތުން ވަގުތަށް ހަށްޔަރުކުރުމަށް ގޮވާލަން.

  23
  2
 2. ކޮވިޑް

  ޕޑ . ތިޔައީ އިތުރަކަށް ހަރާބް ވާނެ މަޖިލީހެއްނޫން ވާނެ ހަރާބެއް ވެ ނިމިފައިވާ ޖަނަވާރު ކޮށްޓެއްފަދަ ތަނެއް ލަދުގަނޭ ރައްޔަތުންގެ މަޖިލީހޭ ކިޔާތީވެސް . އެމްޑީޕީ މީހުން ވަދެ ހަރާބު ނުކުރާނެ ހަރާބު ނުވާނެ އެއް ތަނެއްވެސް މި ޤައުމުގަ ނެތް.

  22
  2
 3. ބިންގޯ

  އަނދުނާ. ކަލޭ ގެ އަޑެއްނީވޭތާ ގިނަދުވަސް ތަކެއްވެއްޖެ. ގައުމަށް ރައްޔިތުންނަށް ހިދުމަތްކުރުމުގަ ތޯ. ޕީ.އޭ.ޑީ.

  22
  1
 4. ޢަބްދުﷲ

  އިދިކޮޅު ފަރާތްތަކާ އަފީފް ގުޅިގެން އުޅޭ ކަމަށް ތުހުމަތުކޮށްފި

  1 ގަޑިއިރު ކުރިން ( އޮގަސްޓް 30, 2021 )

  މީނާއަކީ އަދުން މީނާ އަޅައިގެން ހުންނަ އަދުން މީނާއަށް ފެންނާނީ .

  މިފަހަރު M D P ހޮވިމެންބަރުންނަކީ M D P ފުނޑު ފުނޑު

  ކުރަން ހޮވި ބަޔަކާ ވައްތަރީ. ސާބަހޭ

  India Out # India Out# India Out #

 5. އާމިނަތު

  އަނދުން ގެ ކަމަކީ މީހުން ބޮލުގަ ދޮގުތުހުމަތު އެޅުވުން