މާލެ އާއި ހުޅުލެ، އަދި ހުޅުމާލެ ގުޅުވާލި ސިނަމާލެ ބްރިޖަކީ މާލެ ސަރަހައްދަށް ގެނެވުނު އެންމެ ބޮޑު އެއް އިންގިލާބީ ބަދަލު ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ކުރީ ސަރުކާރުގެ ހައުސިން މިނިސްޓަރަކަށް ހުންނަވާ، މުއިއްޒުގެ މޭސްތިރިކަމުގެ ދަށުން ކުރިއަށް ގެންދިޔަ މި މަޝްރޫއުގެ މަސައްކަތް ނިމި، ސިނަމާލެ ބްރިޖް ހުޅުވީ 30 އޮގަސްޓް 2018 ގައެވެ. މިއަދަށް އެ ބްރިޖަށް ތިން އަހަރު ފުރިގެން ދިޔައިރު މިއަދު މޭޔަރުކަމުގައި ހުންނެވި މުއިއްޒު ވަނީ މި މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންދިޔަކަމަށްޓަކައި ޗައިނާއަށް ޝުކުރު އަދާކުރައްވާފައެވެ.

ސިނަމާލެ ބްރިޖަށް ތިން އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން އާންމުކުރި ވީޑިއޯއެއްގައި މުއިއްޒު ވިދާޅުވީ އެ ބްރިޖަކީ ފަހުގެ ތާރީހެއްގައި ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމަށް ގެނައި އެންމެ ބޮޑު އަދި މުހިންމު ކުރިއެރުން ކަމަށެވެ.

އަދި އަދި ބްރިޖްގެ ސަބަބުން ގްރޭޓާ މާލެ ސަރަހައްދައް ގިނަ ކުރިއެރުންތަކެއް ލިބިގެން ދިޔަ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މި މަޝްރޫއުގެ މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލެވި، ދަތުރުފަތުރުގެ ނިޒާމަށް އައި އިންގިލާބާއި، ލިބުނު ލުއިތައް ފާހަގަކުރައްވާ މުއިއްޒު ވަނީ ޗައިނާގެ ރައީސްް އަދި ކުރީގެ ރައީސް އަބްދުއްލާ ޔާމީން އަށް ޝުކުރު އަދާކުރައްވައިފައެވެ. މުއިއްޒު ވިދާޅުވި ގޮތުގައި ސިނަމާލެ ބްރިޖަކީ ޗައިނާއާއި ރާއްޖެއާ ދެމެދުގައިވާ އެކުވެރިކަމުގެ ގުޅުން ރަމްޒުކޮށްދޭ އެއް ބިނާއެވެ.

"ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް" ގެ ނަން ވެސް ދެވިފައިވާ އެ ބްރިޖްގެ މަސައްކަތަށް 200 މިލިއަން ޑޮލަރު ޚަރަދުވިއެވެ. އެއިން 116 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭއެހީއެވެ. 72 މިލިއަން ޑޮލަރަކީ ޗައިނާގެ ލޯނު އެހީއެވެ. ދިވެހި ސަރުކާރުން 12 މިލިއަން ޑޮލަރު ޚަރަދުކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    ވަރަށް ބޮޑު ތެދުފުޅެއް.2023 އަށްމަވޯޓާ ޕޕމ އައް.

    10
  2. ދިސްއިޒްލަވް

    ސިނަމާލެ ބްރިޖަކީ މާލެ ސަރަހައްދަށް ގެނެވުނު އިންގިލާބެއް ކަމަށް ޑރ. މުއިއްޒު ވިދާޅުވާނަމަ އެއީ މަމެން އުފާ ކުރާ މަމެން ޕިންކީން މިއަދު ވެރިކަމުގައި ތިބި ނަމަ މާލޭން ވިލިގިލި އަދި ގުޅިފަޅު އަދި ތިލަފުއްޓަށް ބްރިޖް އަޅާ ނިންމާ އަދި ތިލަަފުށި ހުޅަނގުން ފެށިގެން ގޮސް ގާފަރާއި ޖެހެން ދެން މާލެ އުތުރު ހުޅަނގު ބިތުގައި ހުރިއްޔާ ހުރިހާ ފަޅު ތައް ހިއްކައިގެން އެ ފަޅު ތަކަށް ތަނބު ތައް ޖަހައިގެން އެބްރިޖްގެ މަސައްކަތް ވެސް އެހެން ނަމަ އޮންނާނީ ފަށާފައޭ އެހެންވި ނަމަ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް މާލެ ސަރަހައްދުން ކޮންމެ މީހަކަށް 20 ހާސް އަކަފޫޓްގެ ގޯއްޗެއް ހިލޭ ލިބި އެންމެނަަށް ރަނގަޅު ދިރިއުޅުމެއް ލިބުނީ ނޫންތޭ އޯއް ކާންޓް ބިލީވް އިޓްސް ސޯ ސިމްޕްލް އިޓްސް ސޯ ނެޗުރަލް ދޯ..

  3. ހަލިގަމު

    ހައްގު ތެދެއް އެވިދާޅުވީ