ހުޅުމާލޭގެ ފްލެޓެއްގައި އަލިފާން ރޯވެއްޖެއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، އަލިފާނުގެ ހާދިސާއެއް ހިނގާފައި ވަނީ ފްލެޓް 147 ގައި ކަމަށެވެ.

އެ ފްލެޓްގައި ވަރަށް ބޮޑަށް ރޯވެފައިވާ ކަމަށް މަންޒަރު ދުށް މީހުން ބުނެފައި ވެއެވެ.

މައުލޫމާތު ލިބޭގޮތުގައި ރޯވެފައި ވަނީ އެ ފްލެޓްގެ ކޮޓަރިއެއްގައެވެ.

އަލިފާން ރޯވި ފްލެޓް ސަރަހައްދުގައި އެމްއެންޑީއެފް އިން ހަރަކާތްތެރި ވަނީ

އެމްއެންޑީއެފް އިން ވިދާޅުވީ، އެ ފްލެޓްގައި ރޯވި އަލިފާންގަނޑު 90 އިންސައްތަ ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ.

ރޯވެފައި ވަނީ އެ ފްލެޓްގެ ދެ ވަނަ ފަންގިފިލާގައި ހުންނަ ކޮޓަރިއެއްގައެވެ. މިހާރު އެމްއެންޑީއެފް އިން އަލިފާން ނިއްވުމުގައި ހަރަކާތެރިވަމުންދާއިރު، އެތަނުގައި އަލިފާން ރޯވާންވީ ސަބަބު ސާފެއް ނުވެއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ އެ ފްލެޓްގައި ރޯވިކަމުގެ މައުލޫމާތު ލިބުނީ މިރޭ 19:17 ހާއިރު ކަމަށެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރ ހަނާ ވިދާޅުވީ، މި ހާދިސާގައި ދެވަނަ ފަންގިފިލާގެ ދެ އެޕާޓްމެންޓެއްގެ އިތުރުން ތިން ވަނަ ފަންގިފިލާގެ ދެ ކޮޓަރިއަކަށްވެސް ގެއްލުންވެފައިވާ ކަމަށެވެ. އަދި އަލިފާންގަނޑު އެއްކޮށް ކޮންޓްރޯލް ކުރެވުނީ 19:44 ގައި ކަމަށް ހަނާ ވިދާޅުވިއެވެ.

ހަނާ ވިދާޅުވިގޮތުގައި، މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ވެފައިވާ ކަމުގެ މައުލޫމާތު ލިބިފައެއް ނުވެއެވެ.

ހަނާ ވިދާޅުވީ، މި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަނެވިފައި ނުވާ ކަމަށެވެ.