އަންނަ ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެއްވުމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ނިންމެވުމަކީ ރައްޔިތުންނަށް އެމަނިކުފާނު ކުރެއްވި ސޮދަގާތެއް ކަމަށް ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު ޑރ. ހުސެއިން ރަޝީދު ހަސަން މިއަދު ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ މިއަދު ހެނދުނު ކުރެއްވި ޓްވީޓެއްގައެވެ. އޭނާ ވިދާޅުވީ، ކުރެވޭ ފޮނި އުއްމީދުތަކަކީ ޕާޓީތައް ގުޅިގެން ކެންޑިޑޭޓަކާއި ރަނިންގ މޭޓަކު ނެރެ، ރިޔާސީ އިންތިހާބް 2018 ކާމިޔާބު ކުރުން ކަމަށެވެ.

ރައީސް ނަޝީދު ރިޔާސީ އިންތިހާބުގައި ވާދަ ނުކުރައްވަން ނިންމަވާފައި މިވަނީ، އިންތިހާބަށް ކުރިމަތިލާނެ ބޭފުޅަކާއި މެދު އިދިކޮޅު ޕާޓީތަކުގެ ތެރޭގައި ހިޔާލު ތަފާތުވުންތަކެއް އުފެދިފައިވަނިކޮށެވެ.

އެހެން ނަމަވެސް މިއަދު ހެނދުނު އިދިކޮޅު މަޖިލިސް މެންބަރުންނަށް ފޮނުވި މެސެޖެއްގައި ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޓިކެޓު ދޫކޮށްލައްވަން ނިންމެވީ މި އަހަރުގެ ރިޔާސީ އިންތިޚާބުގައި އިލެކްޝަންސް ކޮމިޝަނުން ބަލައިގަންނަ އެމްޑީޕީގެ ކެންޑިޑޭޓެއް ނެތިދާނެ ކަމުގެ ކަންބޮޑުވުމަށް އިޖާބަ ދެއްވުމަށްޓަކައެވެ.

ބައިނަލްއަޤުވާމީ ފަރާތްތަކުގެ އެހީގައި ވެސް ރިޔާސީ އިންތިޚާބަށް ނިކުތުމުގެ ފުރުސަތު ނުލިބޭނެކަން ނަޝީދު ގަބޫލުފުޅު މިކުރެއްވީ އެމްޑީޕީގެ ކޮންގްރެސް ފަށަން ވަގުތު ކުޑަތަންވެފައި ވަނިކޮށެވެ.

ރައީސް ކަމަށް ކުރިމަތިލުމުގެ ޝަރުތު ފުރިހަމަ ނުވިނަމަވެސް ރައީސް ނަޝީދު ވަނީ އެމްޑީޕީގެ ޕްރައިމަރީ ބާއްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކަށް ހޮވިވަޑައިގެންފައެވެ.

މިހާރު ބެލެވިފައިވާ ގޮތުގައި އެމްޑީޕީ އިންނާއި ޖޭޕީ އިން ވެސް ރިޔާސީ ކެންޑިޑޭޓެއް ނެރޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

 1. ދޮންބެ

  ހެޔޮނުވާނެ އަހަރެން ނަން ނުލާ ކިޔާ

 2. ކެނެރީ ސޮނި މުގާބޭ

  ދަތްޖާލުގެ ސަދަގާތެއް މުސްލިމަކު ބޭނުމެއްނުވާނެ

 3. ޙާލިދު

  އެހެންވީމާ މަގޭ ވޯޓް ޖޭޕީއަށް

 4. މާމިގިލި

  ގާސިމާފެނޭތަ ދަރިން

 5. ކަމަނަ

  ފެނޭތަ.... ޖޭޕީއަށް ގާސިމްގެ ސަބަބުން ގައުމުހަލާކު. ގާސިމް ލާރި އޮތަސް ލޯތްބެއްނުލިބޭނެ. މަގޭ ވޯޓު ނަސީދު ބުނާމީހަކަށް.ހަމައެކަނި ނަސީދު ބުނިޔަސް ވޯޓުނުދެވޭނީ ބުރުމާ ގާސިމަށް.އެއީ ވަރަށް ބޮޑާކަމުން.

 6. ޑިމޮކްރަޓިސްޓް

  ކުރިމަތި ނުލެވޭނެކަން ޔަގީންވީމަ ވާހަކަ އޮޅުވާލީ؟ ދެން އެންމެން އަތްޖަހާ! ތިކަލޭގެޔަށް ފުރަތަމަ ކުރި ލެވިގެންތާ، ކުރިމަތި ނުލާން ނިންމޭނީވެސް!

 7. Anonymous

  ޞަދަގާތް ކުރަނީ މުސްލިމުން. އަންނި އަށް ކުރެވޭނެއެއްޗެއްތަ އެއީ؟

  • ޙަސަން

   ވަރަށް އަސަރުކޮއްފި ދޯ

 8. ދެންލަލަލަ

  ނާތެދެއް! މޑޕ މީހުންނަށް ދޯކާ ދީފަ؟ ޙެސްކިޔާފަ މީނާ ހޮވެން މަސައްކަތް ކުރުވާފަ؟ މިފަހަރުމިހުޅު ޖެހީ ސީދާ މޑޕ މެމްބަރުން ގައިގަތާ. ކުރީފަހަރު ވެރިކަން ދޫކޮއްލާފަ އަނެއްދުހު ނިކުމެ މުޅި ޤައުމުގަ ހުޅުޖެހީ. މޑޕ މީހުންނަށް އަދިވެސް ހޭނާރާ. ޖޭޕ އިން ނަޝީދު ވެބޫ ހައްދަން ކިޔާއެއްޗެތި.

 9. ކަމަނަ

  ބަލަ އަދިވެސް ބޭރުމީހުންނަށް ދޭންވާމުސާރަނުދެވޭ. ތިންމަހުގެ ސާވިސްޗާރޖް ނުދެވޭ؟؟ މިކަމަށްވެސް ބުނަންވީ ސޮދަގާތެކޭތަ. ޖޭޕީގެކޮންގުރެސް މާމުހިއްމި މުއައްޒަފުންގެ މުސާރަނުދިންސް ދޯ ލަދުންބޯހަލާކި

 10. ޑޮންޑޮންފުޅި

  "ޞަދަގާތެކޭ"؟ ކިޔޭ ނުކިޔޭ އެއްޗެއް އިނގޭބާ؟

 11. މާމިގިލީ މީހާ

  ގާސިމް އަކަށް ނުކެރޭނެ އެކަހަލަ ނިންމެވުމެއް ނިންމަވާކަށް.. ގާސިމު އެއް ނުހޮވޭނެ. ވެރިކަމަކަށް... ގާސިމްގެ ނަމެއްވެސް ނޯންނާނެ..

 12. އަލީ

  ޖޭޕީގެ ދޮގުވެރިންނަށް ހީވަނީ ނަޝީދު ރިޔާސީ އިންތިޚާބުގައި ކުރިމަތިނުލުމުން ސަޢޫދީ ރަސްގެފާނު ޞދަޤާތްކުރި ކަދުރުހެން

 13. ދީބު

  މިއީ ދެން ބޮޑުވަރު!
  ޞަސަދގާތް ޞަދަޤާތަކަށް ވަނީ މަޖުބޫރުކުރުވައިގެން ހޯދީމަބާ؟
  ޤައުމުގެ އިސްލާހަށޭކިޔާފަ މަސައްކުރުމަށް ނުކުމެ ތިބި ބަޔަކަށް ޞަދަޤާތާ ކައްފާރާ ނޭގުނީމާ އެއީ ލަދުގަންނަން ޖެހޭ ކަމެއް ނޫންބާ؟

 14. ނައްލަބެ

  ބެއްޔާ ސަދަގާތް ނުދީ މިހުރިހާ ދުވަހު ޖަރުމަނުގަ ތި އުޅުއްވަނީ އަންނި ލައްވައި ސަދަގާތް ކުރަންދޯ ސަދަގާތް އޮޅުވާނުލައްވާ އެއީ ކޮންއެއްޗެއްކަން ތިޔަބޭފުޅާއަށް ނުވިސްނުނީތީ ހިތާމަ ކުރަން މިބޭފުޅާއައް ހެޔޮވިސްނުން ދެއްވާށިއެވެ އާމީން.

 15. ކަށްކަކާއްކޯ

  މިފަދަ ބޭފުޅަކަށް ގައުމުގެ ހުންގާނު ދިނީމާ ވާނީ ކިހިނެއް ރޯޔަލް އައިލެންޑުގެ ފަރަށް އޮޑި އަރާ ހަލާކުވުން ނޫންކަމެއް ނުވާނެ.