ޒަމާނުއްސުރެއް ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ މުވައްޒިފުންނަށް ދެމުންދާ އެލަވަންސްތައް މިމަހުގެ މުސާރައިން ކަނޑާލައިފިއެވެ.

މިމަހުގެ މުސާރަ ޖަމާކުރުމުގެ ކުރިން މުވައްޒިފުންނަށް މީގެ ހަފްތާއެއް ދުވަސްކުރިން ފޮނުވި ސިލިޕްްގައި ހުރި އަދަދާއި، މުސާރަ ޖަމާވިއިރު ހުރި އަދަދާއި އެއްވެސް ގޮތަކަށް ދިމާނުވެއެވެ. މިކަމުގެ ކަންބޮޑުވުން ޕީއެސްއެމްގެ ގިނަ މުވައްޒިފުން ފާޅު ކުރަމުންދަމުންދާއިރު، ތަނުގެ މެނޭޖްމަންޓުން އަންގާފައިވަނީ ހައްގުވާ މިންވަރަށް ދީފައި ވާނެ ކަމަށެވެ.

ނަމަވެސް ޒަމާނުއްސުރެއް ޕީއެސްއެމްގެ މުވައްޒިފުންނަށް ދެމުންދާ އެލަވަންސްގެ ތެރޭގައި ހިމެނޭ، ޝިފްޓް ޑިއުޓީ އެލަވެންސާއި، އެޓެންޑެންސް އެލަވެންސާއި، އެކްސްޓްރާ ޑޭ އެލަވަންސްތަކާއި، މިނޫންވެސް މުސާރާގައި ހިމެނޭ އެހިގެން ބައެއް އެލަވަންސްތައްވެސް ވަނީ ކަނޑާލާފައެވެ.

މިކަމާއި ގުޅިގެން ޕީއެސްއެމްގެ ގިނަ މުވައްޒިފުން ދަނީ އެކުންފުނީގެ އެކި ގްރޫޕްތަކުގައި މެނޭޖްމަންޓަށް ގިނަ ސުވާލުތަކެއް ކުރިމަތި ކުރަމުންނެވެ. މުވައްޒިފުން ތުހުމަތު ކުރާ ގޮތުގައި މެނޭޖްމަންޓުން ވަނީ މުވައްޒަފިންނަށް ހައްގުވި މުސާރައަށް ބަދަލު ގެނެސް، ބޭނުން ވަރަކަށް މުސާރަތަަކަށް ބަދަލު ގެނެސްފައެވެ. އަދި ބަދަލު ގެނައި މުސާރަ ޝީޓަށް ގެނައި ކޮން ބަދަލެއް ކަމާއި، ބަދަލު ގެނައި ސަބަބެއްވެސް އަންގާފައި ނުވާކަމަށް މުވައްޒިފުން ދަނީ ބުނަމުންނެވެ.

މިކަމާއި ގުޅިގެން ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އަލީ ހާލިދު "ވަގުތު" އަށް ވިދާޅުވީ، އެއީ އެއްވެސް ގޮތަކަށް ހަގީގަތެއް އޮތް ވާހަކައެއް ނޫން ކަމަށާއި މިދިޔަ ދެ ހަފްތާގައި އެލަވެންސްތަކެއް ތައާރަފް ކުރި ކަމަށެވެ. އެހެން ނަމަވެސް މުވައްޒަފުންނަށް ފޮނުވި ސްލިޕާއި މުސާރަ ދިމާނުވެފައިވާ ވާހަކަ އަކީ ތެދު ވާހަކައެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"އެގޮތަށް ވެދާނެ. އެއީ ކުރިން ވެސް ދިމާވާ ކަމެއް ސޮފްޓްވެއާ މައްސަލަކާއި ގުޅިގެން. އެލަވެންސެއް ނުއެއް ކަނޑާނެ." އަލީ ހާލިދު ވިދާޅުވިއެވެ.

ޕީއެސްއެމްގެ މެނޭޖްމަންޓާއި މިހާރު ތިއްބެވި ބޭފުޅުން ހަވާލުވިފަހުން މުވައްޒިފުންނަށް މުސާރައިގެ ކުރިއެރުމާއި، މަޤާމުގެ ކުރިއެރުން އެއްގޮތަކަށްވެސް ނުދެއެވެ. އަދި މިހާރު އޮތް މެނޭޖްމަންޓަކީ މުވައްޒިފުންނަށް އެއްގޮތަކަށްވެސް ނުފެންނަ ބީރައްޓެހި މެނޭޖްމަންޓެއްގެ ގޮތުގައި މުވައްޒިފުން ސިފަ ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޙހހހ

    ހުންނާނީ އެ އްޗެ އް ވިސްނިފަ އި ، އަދިވެސް ރަ އްޔިތުންނޭ ޓީވީ އޭ ކިޔާގެން އޭރަކު ތިބާވެރިންނަކަށް ސަނާކިޔަމުން ދުވޭ ، ރަ އްޔިތުންގެ މުސާރަ ކަ އިގެން ދިވެހިންގެ ހަ އްޤުގަ އި ބަހެ އް ބުނާން ނުކުރޭ ބަ އެއ އްތީ ، ވަޒީފާގެ ދިފާ އުގަ އި ޢުޅޭބަ އެ އްތީ

  2. އަން

    އަނިޔާވެރި ސޯލިހް ވިދާޅުވީ އެއްވެސް އެލަވަންސެއް މިސަރުކާރުގަ ނުކަޑާނެޔޭ.
    ކޮންމެވެސް އެއް ބަޔަކު ދޮގުއެ ހަދާ

    18
    1
  3. ޙައްގުބަސް

    ވަރަށް ދެރަކަމެއް މިއީ! އެއްވެސް ބަޔަކު ހީކޮށްގެންނުވާނެ މިއީ ހަމައެކަނި ތިމަންމެންގެ އެކަނި ގައުމެކޭ!! އަދި އަމުދުން ސަރުކާރާ ސަރުކާރު ހިންގަން ތިބި ނުފޫޒުގަދަ މީހުން އެގޮތަށް ބޭނުންހާ ގޮތެއް ހަދައިގެންނުވާނެ! އެއްވެސް ރައްޔިތަކަށް ނުޙައްގުން އަނިޔާ ވެރިވެގެންނުވާނެ! މިހާރު މިގައުމު މިއޮތީ ނާމާންކަމެއްގެތެރޭ! އަދިރި ގަނޑެއްގެތެރޭ! މިސަރުކަރުން މިވަނީ ރާއްޖެ މިއިން ދުވަހަކު ހަލާކު ނުވާވަރަށް ހަލާކުކޮށްފަ! އިންޑިޔާގެ އަތްމައްޗަށް ގައުމު ބޮޑެތި މުއައްސަސާތައް ދޫކޮށްފަ! މިރާއްޖޭގެ މާލީ މުޢާމަލާތްތަކާ ގުޅޭ ހުރިހާކަމެއް އިންޑިޔާގެ އެޖެންޓުންގެ އަތްދަށަށް ގެންގޮސްދީފަ މިސަރުކާރުން މިވަނީ!! ރާއްޖެގެ މައި އެއަރޕޯޓާ އެމްއޭސީއެލްގެ އެންމެ އިސްފަރާތްތަކުގެ ގޮތުގައި ތިބި ދިވެހިން ބޭރުކޮށް ބޮޑު މުސާރައަށް އިނގިރޭސިވިލާތުގެ ދެ މީހުން ގެނަސްވަނީ އެތަނަށްލާފަ!! ގައުމުގެ ދަރަނި 9 ބިލިއަން ޑޮލަރަށްވުރެން މައްޗަށް ގެންގޮސްފި!! އިގްތިސޯދު ދުޅަހެޔޮކުރަން އެއްކަމެއްވެސް ނުކުރެވޭ!! ގައުމު މިހާރުމިވަނީ ޑީފޯލްޓަކަށްގޮސް ބަނގުރޫޓްވުމާ ގާތުގަ!! ގާނޫނުއަސާސީއާއި ޚިލާފު އެއްބަސްވުންތައް އިންޑިޔާއާއެކު ހަދާ އިންޑިޔާ ސިފައިން ރާއްޖޭގެ ތިން ސަރަޙައްދެއްގައި ގާއިމުކޮށްފި!! ރައްޔިތުންނޭ ވިސްނާ ފިކުރުކުރޭ! މަޑުން ނުތިއްބަވާ!!

    18
    2
  4. އިސްޢާފް ސަލީމް

    ކޮންމެ މަހަކު މުވައްޒިފުންނަށް މުސާރަދިނުމަށް ލޯނު ނަގަންޖެހޭ ސަރުކާރެއްގައި ތިވަރު ގޯހެއްނޫނެވެ. ސަރުކާރެއް ދޯހަޅިވެ ، ބޮއްސުންލައިގެންދާނީ މިހާވަރަކަށެވެ.

  5. ތަސްމީން

    ކަޑައެޅިގެން އެއް ޑީ ހެއްދެވީ ބޮޑުދޮގެއް