ރިޔާސީ އިންތިހާބު ބޯމަތިވެފައިވަނިކޮށް ކުރީގެ ރައީސް ނަޝީދު އިންތިހާބުގައި ބައިވެރި ނުވާން ނިންމެވުމާ ގުޅިގެން ނިހާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ނަޝީދުގެ ނަންފުޅު ވޯޓު ކަރުދާހުގައި ނޯންނާނެ ކަމަށް ތަކުރާރުކޮށް ދަންނަވާފައިވާނެ ކަމަށެވެ. އަދި ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިއަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާނީ ސީދާ އެއްބުރުން ކަމުގައިވެސް ނިހާންގެ ޓްވީޓްގައިވެއެވެ.
މީގެ ކުރިންވެސް އެތަށް ޕޯޑިއަމްއެއްގައި ރައީސް ނަޝީދުގެ ނަންފުޅު ވޯޓުކަރުދާހުގައި ނޯންނާނެ ކަމަށް ނިހާން ވިދާޅުވެފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު ވެސް ވަނީ ރައީސް ނަޝީދުގެ ނަންފުޅު ވޯޓު ކަރުދާހުގައި ނޯންނާނެ ކަމަށް ވިދާޅުވެފައެވެ.
13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ރައީސް ނަޝީދު މި ފަހަކާ ޖެހެންދެންވެސް ބުނަމުން އައީ ރިޔާސީ އިންތިހާބުގައި އެމަނިކުފާނުގެ ނަންފުޅު އޮންނާނެ ކަމަށާއި ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށެވެ. ނަމަވެސް ގާނޫނީ ގޮތުން މަގު ބަންދުވެފައި ވުމުން ރިޔާސީ އިންތިހާބުގައި ވާދަނުކުރައްވަން ނަޝީދު ނިންމަވާފައިވާއިރު ނަޝީދުގެ ނިންމުމާއެކު މީގެ ކުރިން ނަޝީދާއި ހިޔާލުތަފާތުވެފައިވާ އިދިކޮޅު ފަރާތްތަކުގެ ތައުރީފް އެމަނިކުފާނަށް ލިބިފައިވާއިރު އިދިކޮޅު އެއް ކެންޑިޑޭޓެއްގެ އުއްމީދު އަނެއްކާވެސް މިވަނީ އާވެފައެވެ.
ރިޔާސީ އިންތިހާބުގައި ވާދަ ނުކުރައްވާނެކަން ނަޝީދު އިއުލާން ކުރެއްވީ ޖޮއިިންޓް ޕީޖީ ގްރޫޕަށް މިއަދު ފޮނުއްވި މެސެޖެއްގަ އެވެ.
ނަޝީދުގެ މެސެޖްގައި ވިދާޅުވެފައި ވަނީ، އެ މަނިކުފާނު އެގޮތަށް ނިންމެވީ އެމަނިކުފާނު ރިޔާސީ އިންތިހާބަށް ވާދަ ކުރައްވަން މަސައްކަތް ކުރައްވައިފި ނަމަ ރާއްޖޭގެ އިލެކްޝަންސް ކޮމިޝަނުން ގަބޫލު ކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓެއް ނެތި، އެކަމުގެ ސަބަބުން ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އެމްޑީޕީއަށް ގެއްލިދާނެތީ އެކަމަށް ފުރުސަތު ނުދެއްވުމަށެވެ. އަދި ނަޝީދު ވިދާޅުވީ، އެކަން އެމްޑީޕީގެ މެންބަރުންނާ ރަސްމީކޮށް ހިއްސާ ކުރައްވާނީ މާދަމާ އއ. އުކުޅަހުގައި ބާއްވާ އެ ޕާޓީގެ ކޮންގްރެސްގައެވެ.
ނަޝީދު އެމްޑީޕީގެ ރިޔާސީ ޓިކެޓް ދޫކޮށްލެއްވުމުން ދެން ދެން ރިޔާސީ ޓިކެޓް ހަވާލު ކުރާނީ އެ ޕާޓީގެ ޕީޖީ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހާއި ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ،
ކެނެރީގެ ނަޝީދުގެ ނަން ވޯޓް ކަރުދާހުގައި ނޯންނާނެއޭ އަދި އިދިކޮޅު ކޯލިޝަން އިން ކޮމަން އެއް ކެންޑިޑޭޓެއް ވެސް ނުނެރޭނެއޭ ރީކޯ މޫސާ އަށް ލަނޑު ދީފައި ތިޔާ ޒާތަށް ކެނެރީގެ ނަޝީދަށް މިފުރަމާލޭގައި ކުރި ނުހޯދޭނެއޭ ތަމެން ނުދަންނަން ދޯ ލޮނު ޒިޔާރަތް ކޮޅަށް ރާޅާ އަޅަން އުޅުނު އާލާތުން ކުޅެލައިފިނަމަ ތަމެންނަށް ސަލާމަތް ނުވެވޭނެ ކަން މިހާރު ތިޔާ އޮތީ ތަމެންނަށް އޭގެ އަހުވަ ދައްކާފައޭ މުޅި ސާރކަލް ވަށާޖެހޭއިރު އެމްޑީޕީ އެއްވެސް ނޯންނާނެއޭ ދެން އިދިކޮޅު ޕާރޓީ އަކަށް އޮންނާނީ ހަމަ އެކަނި ޖޭޕީ އޭ އެމްޑީޕީ ވެސް އުވާލެވޭނެއޭ އަދި އަދާލަތު ވެސް އުވާލެވޭނެއޭ ތަމެން ނަށް ކުރެވުނު ކަމެއް ކުރަންވީ އުވާނުލެވޭނެ ކަމަށް ހީކޮށް ކުޅަދާނަ އެއް ނޫނޭ ތަމެންނަށް ކާމިޔާބު ވާން މީ މަމެންގެ ވެރިކަން މީ މަމެންގެ ގައުމު ތަމެން އެމްޑީޕީ އަށް ވެސް އަދި އަދާލަތަށް ވެސް މިނޫން އިތުރު އެއްވެސް ޗޮއިސް އެއްވެސް އޮވެގެން ނުވާނެ އަދި އިތުރު އެއްވެސް އެކްސްކިއުޒެއް ވެސް އޮވެގެން ނުވާނެއޭ މިމަގުން މިކަން ހިނގަން ޖެހޭނެއޭ. އަދި ކަން ނިމޭއިރު މިހާރު ޖޭޕީ ގެ ޑެޕިއުޓީ ލީޑަރުންގެ ގޮތުގައި ތިބި ލީޑަރުން ވެސް ނުބައިތިއްބާނަމޭ ކަނޑާ ބޭރު އަރުވާލާނަމޭ އަދި ޖޭޕީގެ ކައުންސިލް އެއްކޮށް ނަގާ ހޫރާލާ އެމްޑީޕީގެ ގައުމީ މަޖްލީސް އެއީ ޖޭޕީގެ ކައުންސިލް ކަމުގައި ހަދާނަމޭ ތަމެން ދެން ބަލަން ތިބޭތި ނެކްސްޓް ޗެޕްޓަރ މަމެން ރީޑް ކުރަން މިފަށަނީ. އެމްޑީޕީ ގެ ފަރާތުން އިބޫ އަދި ޖޭޕީގެ ފަރާތުން އެހެން ކެންޑިޑޭޓެއް ނެރެގެން އިބޫ މެންނަށް ރަނގަޅަށް ރާކަނި މަސް ކާން ދޭނަން ވޯޓް އިން މިހާރު ޑރ. ވަހީދު އެހުރި ސްޓޭޖަށް ވުރެން ވެސް ދަށް ސްޓޭޖްއަކަށް އިބޫ މެންގެ ސިޔާސީ ޕްރޮފައިލް ދުއްވާލާނަމޭ ވޯޓް ލާމީހުންގެ %3 ވެސް އިބޫ އަށް ވޯޓް ނުދޭނެއޭ އެއީ މަމެންނަށް ޔަގީން ކަމެކޭ.
ތަ ގރ ހަނޑާބަލަ
ވިދާޅުގޮތަށް ދިމާވުމުން ނިހާނަކީ ހުރިހާވައްތަރެއްގެދޮންކޭލަށްނިސްބަތްވާ ވަލީވެރިއެއްކަންއެނގިއްޖެ.
ރީކޯވެސްކަހާސާފުކޮށްކުނިގަނޑެއްހެންހެންވޭރުންބޭރުކޮށްލާނަން ނަޝީދުއާ ރީކޯއާ ހުރިތަފާތު ދެލޯބާޅިންނަކަށްނުވެސްފެނޭވިއްޔަ.
ކުރީގެ ރައީސް ނަޝީދަށް ވަރަށް ބޮޑަށް ޝުކުރާއި ތައުރީފު ދަންނަވަމެވެ. އަދި ރައީސް ޔާމީން ތިޔަ އުފުއްލަވަމުން ގެންދަވާ ބުރަޔަށާއި ތިޔަ ގާއިމް ކޮއްދެއްވި ހަރުދަނާ ފުރިހަމަ ނިޒާމް ތަކަށްޓަކަޔާއި، ފުރިހަމަ ކޮއްދެއްވަވާފައިވާ ގިނަގުނަ ޚިދުމަތްތަކާއި މަޝްރޫޢު ތަކާއި އަދި ކުރިޔަށް ތަރައްގީ ކުރައްވަމުން ބާރު ސްޕީޑްގަ ގެންދަވާ އިގްތިސޯދީ، އުމްރާނީ އަދި ރައްޔިތުންގެ ފާގަތިކަމާއި ތިޔާގިކަމާއި ދުޅަހެޔޮކަން އިތުރުކުރެއްވުމަށްޓަކާ ގެންދަވާ ގިނަގުނަ މަޝްރޫޢު ތަކަށްޓަކަޔާއި، އަދިކުރިޔަށް ރޭވިފައި ހުރި ގިނަގުނަ ބޮޑެތި މަޝްރޫޢު ތަކަށްޓަކަޔާއި، ރާއްޖޭގެ ޖީ.ޑީ.ޕީ ޑަބަލްކޮއްދެއްވަވާ، ބޮޑެތި ދަރަނިތަށް އަދާކޮއްދެއްވަވާ އަދި ގައުމުގެ ރިޒާވް 800 މިލިޔަން ޑޮލރަށް އިތުރުކޮއްދެއްވަވާ، ގިނަގޮންޖެހުން ތަކާއިއެކުވެސް ވައުދުތަށް ފުއްދަވައި ރައްޔިތުންގެ ލޯބި ހޯއްދަވާފައިވާތީ ރައީސް ޔާމީނަށް މަރުހަބާޔާއި ޝުކުރުދަންނަވަން.
ވޯޱްގައި ބައި ބައިވެރިނުވާން ނިއްމީއެއްނޫން ބައިވެރި ނުވެވުނީ ކޮބާތަ އީޔޫ ލަދުން ބޯހަލާކް"
ނިހާނޫ އަނެއްކާ އިލްހާމް ވީތޯ
ނަޝީދު ނިންމަވައިފި، ދެން ވާނީ ކިހިނެއް ތޯ ބަލާއިރު މަމެން ޕިންކީން ވެރިކަމުގައި ތިބެމެ ރާއްޖޭގެ ރިސޯރޓްސް ތަކުގައި މަހަކު 20 ހާސް ޑޮލަރާއި 500 ޑޮލަރާއި ދެމެދު ހުރިހާ ވަޒީފާ ތަކަށް ރާއްޖޭން ބޭރުން މީހުން ގެންނަން އިމިގްރޭޝަން އިން އެއްވެސް ރިސްޓްރިކްޝަނެއް ނެތި ވާރކް ވިސާ ދޭތީވެ ރާއްޖޭގެ އެއްވެސް ރިސޯރޓަކުން މަހަކު 200 ޑޮލަރަށް ވުރެން މަތިން މުސާރަ ދޭ އެއްވެސް މުސާރަ އަކަށް މީހަކު ގެންނަން ހުއްދަ ދީގެން ނުވާނެއޭ އަދި ވާރކް ވިސާ ދީގެންނުވާނެއޭ މިގޮތަށް މިކަން އަވަހަށް ސަރުކާރުގެ އިކޮނޮމިކް ކައުންސިލުން އިއުލާން ކޮށްލަންވީއޭ ޔަގީނޭ ދިވެހިން ވާނެ ކަން މިކަން ފެށުމުން މިކަން ކުރެވޭނެއޭ ފުރަތަމަ 3 މަސް ދުވަހު ރިސޯރޓް އޯނަރުން އަދި މަޓީން ފޫކަހާނެއޭ އެކަމަކު ފަހުން އެމެން ހަމައަށް އެޅިގެން ދާނެއޭ މިހެން ވެއްޖެނަމަ ވަޒީފާގެ ވައުދު ފުއްދުނީ ނޫންތޭ ދިވެހިންނަށް ވަޒީފާ ދީގެންނޭ ރިސޯރޓްސް ތައް ރަނގަޅުވާނީ ލަންކާ އިންޑިއާ އަދި ދޮން މީހުން ބޭރުއަރުވާލަންވީއޭ މިކަން ސަރުކާރުން ލޯމަރާލައިގެން ނުތިބޭތި ނުތިބޭތި ހެޔޮނުވާނެ ސަރުކާރުން ނުފުރޮޅާ އެންމެ ގަލެއް ވެސް އޮވެގެން ނުވާނެއޭ ރައްޔިތުންގެ ހައްގުގައި އަދި ރާއްޖެ ލިޓިލް ސިންގަޕޯރ އަށް ހެދުމުގައި.
ރައީސް ޔާމީން އަކީ ރައްޔިތުންގެ ލޯބިލިބިފައިވާ މިޖީލުގެ ތަރަށްގީގެ ބާނީ ﷲ ގެ ރަހުމަތުން 2018ޔަގީން