އޮންލައިން އިންޓަރނޭޝަނަލް މަނީ ޓްރާންސްފަރ ގެ ޚިދުމަތް ފަށަން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ތައްޔާރުވެއްޖެއެވެ.

ބީއެމްއެލް އިން ބުނީ، މި ހިދުމަތް އަންނަ ހަފްތާ ތެރޭގައި ތައާރަފް ކުރާނެ ކަމަށެވެ. ބީއެމްއެލް އިން ބުނީ، މި ޚިދުމަތަކީ ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމަށް ރިސޯޓްތަކުގެ މުވައްޒަފުންނަށާއި އަތޮޅުތެރޭގައި މަސައްކަތްކުރާ ފަރާތްތަކަށް މިހާރު ދިމާވާ ދަތިތަކަށް ވަރަށް ބޮޑު ލުއިކަމެއް ގެނެސްދޭނެ ޚިދުމަތެއް ކަމަށެވެ،

ބީއެމްމް އިން އިއްޔެ ވަނީ ބޭންކިންގ ޚިދުމަތްތަކާ ގުޅޭގޮތުން ރިސޯޓްތަކަށް އަމާޒުކޮށް ހަފްލާއެއް ބާއްވާފައެވެ. މި ހަފްލާ ބާއްވާފައި ވަނީ ކުރުނބާ މޯލްޑިވްސްގައެވެ.

މއެ ހަފްލާގައި ރާއްޖޭގެ އެކި ރިސޯޓްތަކުގެ މެނޭޖްމަންޓްގައި އިސްކޮށް މަސައްކަތްކުރައްވާ ބޭފުޅުން ބައިވެރިވަޑައިގެންނެވިއެވެ. ބްރާންޗު ޚިދުމަތްތަކާއި ކާޑު އަދި އޮންލައިން ބޭންކިންގ ޚިދުމަތްތައް ހިމެނިގެން ރިސޯޓްތަކަށް ބީއެމްއެލް އިން ފޯރުކޮށް ދެމުންދާ ބޭންކިންގ ޚިދުމަތްތައް މި ހަފްލާގައި ދައްކުވައިދެވުނެވެ. އަދި އެ ހަފްލާ ތެރެއިން އޮންލައިން އިންޓަރނޭޝަނަލް މަނީ ޓްރާންސްފަރގެ ހިދުމަތާއި ގުޅޭގޮތުންވެސް މައުލޫމާތު ދީފައި ވެއެވެ.

ބީއެމްއެލް އިން އިއްޔެގެ ހަފްލާގެ ތެރެއިން، އެ ބޭންކުން ފަތުރުވެރިކަމުގެ ދާއިރާ އާ މި ވޭތުވެދިޔަ ދިގު މުއްދަތުގައި އޮތް ގާތް ގުޅުމާ އަދި ރިސޯޓްތަކަށް ފޯރުކޮށްދެމުންދާ ޚިދުމަތައްތަކާއި ގުޅޭގޮތުން ވަނީ ވާހަކަދައްކާފައެވެ.

އެގޮތުން ރިސޯޓް ތަރައްޤީ ކުރުމަށް އެންމެ ފުރަތަމަ ބޭނުންވާ މާލީ އެހީތެރިކަން ހޯދުމަށާއި ރިސޯޓްތަކުގެ އޮޕަރޭޝަންސްގައި ފައިސާގެ މުއާމަލާތްތައް ހިންގުމުގައި ލުއި ފަސޭހަކަން ލިބޭ ޚިދުމަތްތަކެއް ފޯރުކޮށް ދިނުމުގައިވެސް ހާއްސަވެގެންދާ ބޭންކަކީ ބީއެމްއެލްއެވެ،

ބީއެމްއެލްގެ ސީއީއޯ އެންޑްރޫ ހީލީ ވިދާޅުވީ، ރިސޯޓްތަކަށް ހާއްސަކޮށްގެން ބާއްވާ އެ ހަފްލާގައި ގިނަ ބޭފުޅުންނާ ބައްދަލުވެ އިންޓަރނޭޝަނަލް އޮންލައިން މަނީ ޓްރާންސްފާގެ ހިދުމަތާ ގުޅޭ މައުލާމާތު ހިއްސާކޮށްލެވިގެން ދިޔުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ބަލާތި

    ބީއެމްއެލް އިން އޮންލައިން އިންޓަރނޭޝަނަލް މަނީ ޓްރާންސްފަރގެ ޚިދުމަތް ތައާރަފްކުރަނީ ނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ އެކަމަކު ބީއެމްއެލް އިން ބަލަންވީ ބީއެމްއެލްގެ ބްރާންޗެއް ކޮންމެ ރިސޯރޓެއްގައި ވެސް ގާއިމް ކުރެވޭތޯ އެއިރުން ބޭންކް މެދުވެރިކޮށް ހުރިހާ މުވައްޒަފުންނަށް މުސާރަ ދެވޭ ގޮތް ހެދޭނެ ނޫންތޭ އެއިރުން ރާއްޖޭން ބޭރު މީހުން ވެސް އިންޑިއާ ބޭންކް އަދި ލަންކާ ބޭންކް ގައި އެކައުންޓް ބޭއްވުމުގެ ބަދަލުގައި ބާއްވަން ޖެހޭނީ ބީއެމްއެލް ގައި ނޫންތޭ އެކައުންޓް.

    • މޫސަ

      ފުރަތަމަ ރިޒޯޓެއްނޫން މީހުން އުޅޭ ރަށްރަށުގަ ބުރާންޗު ހުޅުވަންވީ....

  2. މީހާ

    ފޮނުވާ އަދަދުގެ ދެބައި ކޮށްފަ އެއްބައި ބޭންކް ޗާޖް ތޯއްޗެ ނަގާނީ.