އއ. ތޮއްޑޫގައި ގަވާއިދާ ހިލާފަށް ރީބްރޯޑްކާސްޓު ކުރަމުން ދިޔަ ދެ ފަރާތެއް ޖޫރިމަނާ ކޮށްފިއެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން އިން ޖޫރިމަނާކޮށްފައިވަނީ އއ. ތޮއްޑޫގައި ކޭބަލް ޓީވީގެ ހިދުމަތް ދެމުން އަންނަ ބްރައިޓް ކްލަބް އަދި ސޯސަން ކްލަބްއެވެ.

އެގޮތުން ބްރައިޓް ކްލަބް ޖޫރިމަނާކޮށްފައިވަނީ ޖުމްލަ 112000 ރުފިޔާއިންނެވެ. އެ ތަން ޖޫރިމަނާކޮށްފައި ވަނީ ލައިސަންސް ނެތި 28 ޗެނަލެއް ރީބްރޯޑްކާސްޓްކުރުމުންނާއި، ހައްގު ލިބިފައި ނެތް 28 ޗެނަލެއް ރީބްރޯޑްކާސްޓް ކުރުމުންނެވެ.

އަދި ސޯސަން ކްލަބު ޖޫރިމަނާކޮށްފައި ވަނީ އެއްލައްކަ ރުފިޔާއިންެނެވެ. އެއީ ލައިސަންސް ނެތި 25 ޗެނަލެއް ބްރޯޑްކާސްޓްކުމުންނާއި، އަދި ހައްގު ލިބިގެން ނުވާ 25 ޗެނަލެއް ރީބްރޯޑްކާސްޓްކުރުމުންނެވެ.

މި ދެ ކްލަބުގެ މައްސަލައިގައި ވެސް ޖޫރިމަނާ ކަނޑައަޅާފައިވަނީ ރީބްރޯޑްކާސްޓުކުރި ކޮންމެ ޗެނަލަކަށް 2،000 ރުފިޔާގެ މަގުންނެވެ.

ބްރޯޑް ކާސްޓިންގ ކޮމިޝަނުން ވަނީ، އެ ދެ ފަރާތުންވެސް ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި ޖޫރިމަނާ ފައިސާ ދެއްކުމަށް އަންގާފައެވެ

އެ ކޮމިޝަނުން ބުނީ، ޖޫރިމަނާ ކުރި ދެ ފަރާތަކީވެސް ދެ ކްލަބަކީވެސް ބްރޯޑްކާސްޓިން ގާނޫނާ ހިލާފަށް ބްރޯޑްކާސްޓް ކުރުމުގެ ލައިސެންސްނެތި ކޭބަލްޓީވީގެ ހިދުމަތް ދެމުން އަންނަ ދެފަރާތް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. llaamu

    ތ.ހިރިލަންދޫ ކައުންސިލުން މިހާތަނަށް ޗެނަލްތައް ދޫކުރަމުން އައީ ގަވައިދާ ޚިލާފަށް. މި.މައސްލަ އަމިއްލަ ފަރާތަކުން ހުށަވެސް ހެޅި. ނަވެސް އެ މައްސަލައެއް ނުހިނގާ. ހުއްދަ އޮތް ބަޔަކާ ހަވާލުކުރަންދެން މައްސަލަ ނުބަލާ ލަސްކުރީ ކާކުގެ ނުފޫޒުން ކަމެއް ނޭނގޭ.

  2. ކީއްވެތޭ

    ގަވާއިދާ ހިލާފަށް ރީބްރޯޑްކާސްޓު ކުރަމުން ދިޔަ ދެ ފަރާތެއް ޖޫރިމަނާކޮށްފި ނަމަ މިކަމަކީ އެއީ މަމެން އުފާ ކުރާ ކަމެކޭ އެގޮތަށް ރާއްޖޭގައި ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ލައްވާ މަސައްކަތް ކުރުވާ މީޙުން ޖޫރީމަނާ ކުރެވޭނެ ގޮތް އިމިގްރޭޝަނަށް ނެހެދެނީ އެއީ ކީއްވެތޭ ކީއްވެތޭ ކީއްވެތޭ.