ކުރިއަށް އޮތް ތިންމަސް ދުވަހުގެ ތެރޭގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަކީ އެކަށީގެންވާ ފެންވަރު ރަނގަޅު ހޮސްޕިޓަލަކަށް ބަދަލުކުރެއްވުމަށް 50 މިލިއަން ރުފިޔާ ކަނޑައަޅާފިއެވެ.
ސަރުކާރުގެ އިސް އޮފިޝަލަކާއި ހަވާލާދީ "ކުޅުދުއްފުށި އޮންލައިން" އިން ރިޕޯޓުކޮށްފައި ވަނީ ކުރިއަށް އޮތް ތިންމަސް ދުވަހުގެ ތެރޭގައި އެކަށީގެންވާ ފެންވަރު ރަނގަޅު ހިދުމަތްތަކެއް ލިބޭ ހޮސްޕިޓަލަށް އެތަން ބަދަލުކުރުމަށް ހެލްތް މިނިސްޓްރީއަށް ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީން އަބުދުލްގައްޔާމް އަންގަވާފައިވާ ކަމަށެވެ.
އަދި ހޮސްޕިޓަލަށް އެ ފެންވަރަށް ތަރައްގީ ކުރުމުގެ މަސައްކަތްތައް ފަށައިގަތުމަށް 50 މިލިއަން ރުފިޔާގެ ބަޖެޓެއް ސަރުކާރުން ހަމަޖައްސައިދީފައިވާކަމަށް ނަން ހާމަ ކޮށްފައި ނުވާ އެ އޮފިޝަލް ވިދާޅުވި ކަމަށް ވެއެވެ.
ރައީސް އަންގަވާފައިވާގޮތަށް ކުޅުދުއްފުށީ ހޮސްޕިޓާ ތަރައްގީކޮށް، އާ ހިދުމަތްތައް ގާއިމްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އެގޮތުން ސީޓީ މެޝިން ބެހެއްޓުމާއި އެމްއާރުއައި މެޝިން ބެހެއްޓުމަށް މަރާމާތުގެ މަސައްކަތް ކުރުން ފަދަ ކަންތައްތައް ކުރަމުންދާ ކަމަށް އެ އޮފިޝަލު ވިދާޅުވެފައިވެއެވެ. މަރާމާތުގެ މަސައްކަތް ކުރަމުން ގެންދަނީ ސަރުކާރުގެ ސީދާ ބެލުމުގެ ދަށުން ހައުންސިންގ މިނިސްޓްރީންގެ މުވައްޒަފުން ކަމަށް ވެއެވެ.
މީގެ އިތުރުން ހިތާއި ނާރުގެ އަދި ކިޑްނީގެ ބަލިތަކަށް ހިދުމަތް ދިނުން ފަދަ ޓާޝަރީ ފެންވަރުގެ ހިދުމަތްތައް އަވަސް މުސްތަގުބަލެއްގައި ފެށިގެންދާނެ ކަމަށް ވިދާޅުވެފައި ވެއެވެ.
ކުޅުދުއްފުއްޓަކީ ސަރުކާރުން ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންދާ ރަށެކެވެ. އެރަށުގެ ހޮސްޕިޓާ ޓާޝަރީ ފެންވަރަށް ތަރައްގީ ކުރާއިރު އެ ރަށުގައި އެއާޕޯޓެއް އެޅުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.
ނެގިގާގަޑަށް ބޮލިއަރުވަނީތޯ
ވޯޓް ކައިރިވަނީދޯ ދެން ކުޅުދުއްފުށީގަބީ މޮޔަޔައިންދެކެނީތާ
ކިތައްމެ ކަމެެއް ކުޅުދުއްފުއްޓަށް އައްޑުވަށް ކޮށްދިނަސް އެމީހންގެ ވޯޓެެއް رئيس يامين އަކަށް ނުދޭނެ. އެމީހުންނަކީ ތަރައްޤީ ގެ އެއްކަމެއް ކޮށް ނުދިނަސް ބިރަކާނުލާ މަޖާކުރަން ދަސްކޮށްދޭ ކެނެރީގެ ކަލޭގެއަށް ވިކި ހުސްވެފައިތިބި ބައެއް. އެމީހން ބޭނުންވާނީ އޭނާގެ ނުބައި ސިޔާސަތު.
ތިލސްޓަށް ތިނަދޫ ދިއްދޫ އިތުރުކޮށްލާ.
ކަލޯ އެހައް ހުޅުމާލެ ހޮސްޕިޓަލަށް ލޮލުގެ ޑޮކްޓަރެއް ހޯދަބަލަ 7 މަސްވީ ޑޮކްޓަރަކު ނެއްތާ.
ކުޅުދުއްފުށީ މީހުން ހާދަ ކައްނެތޭ.
ފެންވަރުގައި މަގުހަދާ ދިނީމައި ނުކެރޭ ކުނިގަޑެއް ކަހާލަށް.